Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރުން ހަމަނުވާ ޕާޓީތައް އުވާލަން ނޯޓިސް

އެމްއާރުއެމް، އެމްޓީޑީ، ޑީއާރުޕީ އަދި އެމްއެލްއެސްޑީއަށް މީހުން ހަމަކުރަން ދިން ފުރުސަތު މިމަހު ހަމަވާނެ

2 ޖޫން 2022 | ބުރާސްފަތި 14:52

4 ޕާޓީއަކަށް މީހުން ހަމަކުރަން ދިން މުއްދަތު މިމަހު ހަމަވާނެކަމަށް އީސީން ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 ޖޫން 2022 | ބުރާސްފަތި 14:52
އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން -- ފޮޓޯ : ޔޫސުފް ސޮފްވާން

އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން -- ފޮޓޯ : ޔޫސުފް ސޮފްވާން

4 ޕާޓީއެއްގައި މެމްބަރުން ހަމަނުވާތީ މެމްބަރުން ހަމަކުރަން އެ ޕާޓީތަކަށް ދިން މުއްދަތު މި މަހު ހަމަވާނެ ކަމަށާއި، ގިނަ ޕާޓީތަކަކުން މެމްބަރުން ހަމަކުރާނެކަމަށް ލަފާކުރެވޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުގެ ރައީސް "ރާއްޖެ އެމްވީ"އަށް ވިދާޅުވީ، ޕާޓީތަކަށް މެމްބަރުން ހަމަކުރަން ނޯޓިސް ފޮނުވީ މާޗު މަހު ކަމަށެވެ. އަދި ތިން މަސް ދުވަހުގެ މުއްދަތެއް އެ ޕާޓީތަކަށް ދިންކަމަށާއި، މި މުއްދަތުގެ ތެރޭގައި 4 ޕާޓީންވެސް ގިނަ އަދަދެެއްގެ ފޯމު ހުށަހެޅިކަމަށެވެ.

Advertisement - newsAdvertisement

ފުއާދު ވިދާޅުވީ ޕާޓީތަކުން ފޯމުތައް ހުށަހެޅިނަމަވެސް، އޭގެތެރެއިން އެޕްރޫވްވާނެ އަދަދެއް ވިދާޅުވަން ދަތި ކަމަށެވެ. ނަމަވެސް ގިނަ ޕާޓީތަކުން މެމްބަރުންގެ އަދަދު ހަމަކުރާނެކަމަށް ލަފާކުރެއްވޭކަމަށް އޭނާ ވިދާޅުވިއެވެ.

މުއްދަތު ދިން ޕާޓީތަކަށް މެމްބަރުން ހަމަނުކުރެވިއްޖެނަމަ އެ ޕާޓީތައް އުވާލާނެއެވެ. މިހާރު އީސީއަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއް މުއްދަތުގެ ތެރޭގައި ޕްރޮސެސްކޮށް ނިންމާނެކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

ގާނޫނުގައި ބުނެފައިވާގޮތުގައި، ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3000 މެމްބަރުން ތިބެން ޖެހޭނެއެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި އެމްއާރުއެމްއާއި ޑީއާރުޕީއާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީ)އާއި މޯލްޑިވްސް ތަރޑްވޭ ޑެމޮކްރެޓިކްސް (އެމްޓީޑީ)ގައި 3000 މެމްބަރުން ހަމައެއްނުވެއެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް ގިނަނަމަވެސް، ގިނަ ޕާޓީތަކުގައި 10،000 މެމްބަރުންވެސް ހަމައެއް ނުވެއެވެ. ގާނޫނުގައި ބުނާގޮތުން ދައުލަތުން ބަޖެޓް ދޭނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. މި އަދަދު ހަމަވާ ޕާޓީތަކުގެ ތެރޭގައި ހިމެނެނީ 4 ޕާޓީއެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ.

މެމްބަރުން ހަމަކުރަން ބައެއް ޕާޓީތަކުން ސައްހަނޫން ފޯމުތައް ހުށަހަޅާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ. މިކަމާގުޅިގެން އީސީން ވަނީ، ސައްހަނޫން ކޮންމެ ފޯމަކަށް، އެ ޕާޓީއެއް 10،000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައެވެ. އަދި ރަޖިސްޓްރާ ވެސް ފުރަތަމަ ފަހަރަށް 5،000 ރުފިޔާއިން، އަދި އެކަން ތަކުރާރުވެއްޖެނަމަ 10،000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އޮކްޓޯބަރު މަހާ ހަމައަށް އެކަންކަން އިސްލާހުނުވެއްޖަނަމަ، ފޯމުގައި ސޮއިކުރާ ހެކިވެރިންވެސް ޖޫރިމަނާކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް