Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަނޑިޔާރުން ވަކިކުރުން

ހައި ކޯޓުގެ ފަނޑިޔާރުން ވަކިކުރަން އެމްޑީޕީގެ ޕީޖީން 3 ލައިން ވިޕެއް

ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމް 31 މޭގައި ވަނީ އިސްތިއުފާ ދެއްވާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 1 ޖޫން 2022 | ބުދަ 08:32
ހައިކޯޓުގެ ފަނޑިޔާރު އަބްދުالله ހަމީދު އަދި އަބްދުއްރައޫފް އިބްރާހިމް

ހައިކޯޓުގެ ފަނޑިޔާރު އަބްދުالله ހަމީދު އަދި އަބްދުއްރައޫފް އިބްރާހިމް

ހައިކޯޓުގެ ފަނޑިޔާރުން ވަކިކުރަން އެމްޑީޕީގެ ޕީޖީން 3 ލައިން ވިޕެއް ނެރެފިއެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ވިޕެއް ނެރެފައިވާއިރު، ޖުޑިޝަރީ ކޮމިޓީން ފަނޑިޔާރުން ވަކިކޮށްފައިވަނީ އިޖުރާއަތުތަކާ ޚިލާފަށްކަމަށް ނިންމި ނިންމުން ބަލައިނުގަތުމަށްވެސް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ވަނީ ނިންމާފައެވެ. ޕާލިމެންޓަރީ ގްރޫޕުން މިހެން ނިންމާފައިވާއިރު ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމް 31 މޭ 2022 އިން ފެށިގެން ފަނޑިޔާރުކަމުގެ މަޤާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

Advertisement - newsAdvertisement

އަލްއުސްތާޛް އަބްދުއް ރައޫފް އިބްރާހިމް އަދި އަލްއުސްތާޛް އަބްދުﷲ ހަމީދު ވަކި ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމީ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމީ ރަނގަޅަށް ނޫން ކަމަށެވެ.

ޖުޑީޝަރީ ކޮމިޓީން ނިންމާފައިވަނީ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބަލާފައިވަނީ އިޖުރާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ކަމަށާއި، އެ މައްސަލަ ޖޭއެސްސީން އަލުން ބެލުމަށް އެންގުމަށެވެ.

މި މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވިއިރު ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީން ނިންމި ގޮތާމެދު ގިނަ ސުވާލުތަކެއްވެސް އޮތީ ފެންމަތިވެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް އެ ފަނޑިޔާރުންގެ ފަރާތުން ސިޓީއެއްވެސް ފޮނުއްވާފައިވާއިރު، ޖުޑީޝަރީ ކޮމިޓީގައިވެސް އެ ސިޓީއާ ގުޅޭގޮތުން ވަނީ ވާހަކަދެކެވި، ސިޓީގައި ބަޔާން ކޮށްފައިވާ ކަންކަން ސާފުކުރުމަށް ނިންމާފައެވެ.

ފަނޑިޔާރުންގެ ފަރާތުން ފާހަގަކުރައްވާ ގޮތުގައި އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކީ ކޮން މައްސަލައެއްކަން އެންގުމާއި، އެމައްސަލައިގެ ދިފާޢު ހުށަހެޅުމާއި، ދިފާޢު ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ލިބުމުގެ ޙައްޤަކީ ޢަދްލު އިންޞާފުގެ ހަމަތަކުން މައްސަލައެއް ބެލުމުގައި ކަށަވަރުކުރަންޖެހޭ އެންމެ އަސާސީ ކަންތައްތަކެވެ.

އެހެންނަމަވެސް، މި މައްސަލަ ޖޭއެސްސީން ފަހުން ނިންމާފައިވަނީ އެ ޙައްޤަށް އުނިކަން އަންނަ ގޮތަކަށް ކަމުގައި އެ ދެފަނޑިޔާރުން ވިދާޅުވެއެވެ.

ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަބްދުﷲ ހަމީދާމެދު ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލައިގައި، މައްސަލައިގެ ތަހުގީގު ރިޕޯޓް ހިއްސާކޮށް އެރިޕޯޓަށް ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު ދީފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

މިއީ، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުޙައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމެއް ދެމެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމަށްފަހު، ހަމަ އެދުވަހު ފަނޑިޔާރު ޢަލީ ސަމީރު އޭރުގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބައްދަލުކުރައްވައި, ސަރުކާރުން ދޫކުރި ފްލެޓްތަކެއް ޚާއްޞަ އަގުތަކެއްގައި ބައްލަވައިގަތުމުގެ މަޝްވަރާކޮށް، އެކޯޓުގެ ބައެއް ފަނޑިޔާރުންނަށް ޚާއްސަ އަގުތަކެއްގައި ފުލެޓް ލިބިފައިވާކަމަށް ބުނެ ކާކުކަން ނޭނގޭ ގޮތަށް ޖޭއެސްސީއަށް ހުށައެޅުނު މައްސަލައެކެވެ.

ތަޙްޤީޤު ކޮމިޓީން ފުރަތަމަ ތައްޔާރުކުރި ރިޕޯޓުގައި ފަނޑިޔާރު ރައޫފުއާއި ފަނޑިޔާރު ހަމީދުގެ މައްޗަށް ހުށަހެޅުނު މައްސަލަ ސާބިތު ނުވާކަމަށްވެސް އޮތީ ނިންމާފައެވެ.

އޭރު އެ މައްސަލަ ޖޭއެސްސީން ނިންމިއިރު ބުނެފައިވާ ގޮތުގައި، އަރަބިއްޔާ ކޮށިން އެ ދެ ފަނޑިޔާރުންނަށް ފުލެޓް ލިބިފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާ އެކުގައި މަޝްވަރާތަކެއް ކުރެވިގެންނެވެ.

ފްލެޓާއި ގުޅޭ ހުށަހެޅުއްވުމުގައި ޢާންމު ރައްޔިތަކާ ތަފާތު ހެޔޮ އަގެއް ފުލެޓް އަގުގެ ގޮތުގައި ނެތްކަން ފާހަގަވާކަމަށްވެސް ޖޭއެސްސީން ފުރަތަމަ ނިންމި ރިޕޯޓުގައި ބުނެފައިވެއެވެ. ވުމާއެކު، ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ އިއްތިފާޤުން އޭރު ނިންމީ، ޤާނޫނު މަނާކުރާ އިނާޔަތެއް ބަލައިގަތް ކަމަށް ބަލާނެ ތަނެއް ނެތްކަމަށެވެ.

މީގެއިތުރުން، ތަޙުޤީޤު ކޮމިޓީން އެކުލަވައިލި ފުރަތަމަ ރިޕޯޓުގައި ކޮމިޓީން ނިންމާފައިވާ ނިންމުންތައް ބަދަލުކޮށް، ދެވަނަ ރިޕޯޓެއް އެކުލަވާލައި ގޮތް ނިންމާފައިވަނީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީކަމަށް ފަނޑިޔާރުން ފާހަގަކުރައްވައެވެ. އެއީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 29ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމެއްކަމަށް އެ ފަނޑިޔާރުން ވިދާޅުވެއެވެ.

ތަޙުޤީޤު ކޮމިޓީގެ ފުރަތަމަ ރިޕޯޓުގައި ބަޔާން ކޮށްފައިވަނީ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށެވެ. އަދި ފަހުން އެކުލަވާލި ކޮމިޓީން ނިންމީ މައްސަލަ ސާބިތުވާ ކަމަށާއި، ފަނޑިޔާރު ރައޫފުގެ މަޤާމު ދަށް ކުރެއްވުމަށެވެ. އަދި ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމީ ފަނޑިޔާރު ހަމީދު 14 ދުވަހަށް ސަސްޕެންޑް ކުރުމަށެވެ. ކޮމިޓީން އަޅަން ނިންމި ފިޔަވަޅުވެސް ބަދަލުކޮށް، އެއަށްވުރެ ހަރުކަށި ފިޔަވަޅެއް އެޅުމަށް ޖޭއެސްސީން ފަހުން ނިންމިއެވެ.

ހައި ކޯޓުރައްޔިތުންގެ މަޖިލިސްޖުޑިޝަރީ ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު