Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޤައުމީ މަޖިލިސް ޖަލްސާ

އެމްޑީޕީގައި ތިބި އެހެން ޕާޓީތަކުގެ މެމްބަރުން ވަކި ކުރަން ފާސްކޮށްފި

އެމްޑިޕީ ދަފްތަރުގައި 94000 މެމްބަރުން ތިބޭއިރު އީސީގައި އޮންނަ އެ ޕާޓިގެ ދަފްތަރުގައި ތިބެނީ 54599 މެމްބަރުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 30 މެއި 2022 | ހޯމަ 11:48
އެމްޑީޕީ ޤައުމީ މަޖިލިސް ޖަލްސާ

އެމްޑީޕީ ޤައުމީ މަޖިލިސް ޖަލްސާ

މޯލްޑިވްސް ޑިމްޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައިތިބި މެމްބަރުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ނެތް މެމްބަރުން ޕާޓީން ވަކިކުރަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލިސްގެ ޖަލްސާގައެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރ، ފައްޔާޒު އިސްމާއިލް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭއްވި ފުރަތަމަ ޖަލްސާއެވެ.

އެމްޑީޕީގެ މެމްބަޝިޕް ސާފު ކުރުމުގެ ޤަރާރު ޤައުމީ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ މަތި އުތުރުގެ ޕްރޮވިންސްގެ ރައީސް އިބްރާހިމް ވަހީދު (އިބުރޭ) އެވެ. އެ ޤަރާރު ފާސްކޮށްފައިވަނީ ޤައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 90 މެމްބަރުންގެ ތެރެއިން 70 މެމްބަރުންގެ ވޯޓުންނެވެ.

މި ޤަރާރުގައި ބުނެފައިވާ ގޮތުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ބަލަމުން އަންނަ ޕާޓީގެ ދަފްތަރުގައި އެހެން ޕާޓިތަކުގެ މެމްބަރުން ތިބުމުގެ ސަބަބުން ޕާޓީގެ އިންތިޚާބުތަކާއި ޕްރައިމަރީތަކުގައި އެމްޑީޕީއާ ވާދަކުރާ ޕާޓީތަކުގެ މެމްބަރުންނަށް ވެސް ފަހިވާގޮތަށް ކެންޑިޑޭޓުން ހޮވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ޕާޓިއަށް މާލީ އެއްވެސް މަންފާއެއް ނުކުރާ ގޮތަށް ހަމައެކަނި އިންތިޚާބުތަކުގައި ވޯޓުލާން އެތައް ހާސް ބަޔަކު ތިބި ކަމަށް ވެސް އެ ޤަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

އެމްޑީޕީގެ ދަފްތަރުގައި 94،000 އަށްވުރެ ގިނަ މެމްބަރުން ތިބޭ ކަމަށް ދައްކާއިރު އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެ ޕާޓީގެ ދަފްތަރުގައި ތިބެނީ 54،599 މެމްބަރުންނެވެ. އީސީގެ ދަފްތަރުގައި ނެތް 39،911 މީހުން އެ ޕާޓީގެ އިންތިޚާބުތަކުގައި ވޯޓުލާ ކަމަށްވެއެވެ.

އިބުރޭ ހުށަހެޅި ޤަރާރުގައި ބުނެފައިވާ ގޮތުގައި އީސީގެ ދަފްތަރުގައި ނެތް 39،911 މީހުންނަށް ޕާޓިީގެ ދަފްތަރުގައި ޖެހުމަށް 3 މަސް ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އަދި އެމްޑީޕީގެ އެއްވެސް މަޤާމެއްގައި އެފަދަ މެމްބަރެއް ހުރި ނަމަ އީސީގެ ދަފްތަރުގައި ރަޖިސްޓްރީވާން އެއް މަސް ދުވަހުގެ މުއްދަތެއް ދޭން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވެވޭނީ 30 ޖޫން 2022 ގެ ނިޔަލަށް އީސީގެ އެމްޑީޕީ ދަފްތަރުގައި ހިމެނޭ މެމްބަރުންނަށް ކަމަށާއި މެމްބަރުން ހިމަނައިގެން އުފައްދާ ގޮފިތަކުގެ ރައީސުންވެސް ވާން ޖެހޭނީ އެ ދަފްތަރުގެ މެމްބަރުންނަށް ކަމަށް އެ ޤަރާރުގައި ވަނީ ބުނެފައެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމްޑީޕީ ޤައުމީ މަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި

އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
ރޭވުންތެރިކަމާއި އެކު އެމްޑީޕީގެ ބޮޑު އެއްވުމަށް ހުރަސް އަޅާ، އެއްވުމަށް ފުރުސަތު ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރާތީ އެއްވުން ފަސްކޮށްފި

ރޭވުންތެރިކަމާއި އެކު އެމްޑީޕީގެ ބޮޑު އެއްވުމަށް ހުރަސް އަޅާ، އެއްވުމަށް ފުރުސަތު ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރާތީ އެއްވުން ފަސްކޮށްފި

10 ނޮވެމްބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު