Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހެންރީގެ ރައްދެއް ޞަލާޙުއަށް

"ފުރަތަމަ ރެއާލް ބަލިކުރޭ، އެއަށްފަހު ވާހަކަ ދައްކާ"

ކޯޓުއާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކީޕަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 މެއި 2022 | ހޯމަ 07:34
ތިއަރީ އޮންރީ

ތިއަރީ އޮންރީ

ވާހަކަ ދެއްކުމުގެ ކުރިން ފުރަތަމަ ކުރަންވީ ކަމަކީ ރެއާލް މެޑްރިޑް ބަލިކުރުން ކަމަށް ބުނެ އާސެނަލަށް ކުރިން ކުޅުނު ތިއަރީ އޮންރީ ލިވަޕޫލްގެ މުޙައްމަދު ޞަލާހުއަށް ރައްދުދީފިއެވެ.

އޮންރީ މިހެން ބުނެފައިވަނީ މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް އަތުން ލިވަޕޫލް ބަލިވުމާ ގުޅިގެންނެވެ. ފައިނަލްގައި ލިވަޕޫލް ވަނީ 0-1 ން ރެއާލް އަތުން ބަލިވެފައެވެ. ފައިނަލްގެ ކުރިން ޞަލާޙު ވަނީ އެކި ފަހަރު މަތިން ރެއާލަށް އަމާޒުކޮށް ބަސް ބުނެފައެވެ.

ސެމީ ފައިނަލުން މޮޅުވެ ފައިނަލްގެ ޖާގަ ކަށަވަރުކުރުމަށްފަހު ޞަލާޙު ބުނީ، މި ސީޒަނުގެ ފައިނަލްގައި އޭނާ ކުޅެން ބޭނުންވަނީ ރެއާލާ ދެކޮޅަށް ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ފައިނަލްގައި ރެއާލް އަތުން ބަލިވި ބަލިވުމަކީ އެޓީމުގެ އެންމެންމަށް ވަރަށް ބޮޑު ހިތް ދަތިކަމެއް ލިބުނު ކަމެއް ކަމަށާއި، މި ފަހަރުގެ ފައިނަލަކީ އޭގެ ބަދަލު ހިފުމަކަށް ވާނެ ކަމަށް ޞަލާޙު ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ސީޒަނުގެ ޕްރިމިއަރ ލީގުގެ ރަން ބޫޓު ހޯދުމަށްހު ވެސް ޞަލާޙުވަނީ ރެއާލަށް އަމާޒުކޮށް ބަހުގެ ހަމަލާއެއް ފޮނުވާލާފައެވެ. ރަންބޫޓާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ޞަލާޙު ބުނީ "ވީ އާރ ނޮޓް ޑަން ޔެޓް" ކަމަށެވެ. ޞަލާޙުގެ ބަހުގެ ހަމަލާތަކާ ގުޅިގެން ރެއާލް މެޑްރިޑްގެ ކަރީމް ބެންޒެމާ ވަނީ އޭނާއަށް ރައްދު ދީފައެވެ. ބެންޒެމާ ބުނީ ޞަލާޙު އޯވާކޮންފިޑެންޓުވެ ހުރެ ވާހަކަ ދެއްކިޔަސް އެކަމުން އޭނާއަށް އެއްވެސް ވަރަކަށް އުނދަގޫ ނުވާނެކަމަށެވެ. އަދި ލިވަޕޫލަށް ހީވާ ގޮތުގައި އެ މީހުން ފައިނަލުން މޮޅުވެއްޖެ ކަމަށެވެ. އަދި ޞަލާޙުއަށް އޭނާ ދައްކަން ބޭނުން ވާހަކައެއް ދެއްކި ދާނެ ކަމަށް ބެންޒެމާ ބުންޏެވެ.

މިކަމާ ގުޅިގެން އޮންރީ ބުނީ ފައިނަލްގެ ކުރިން ޞަލާޙު މާބޮޑަށް ރުޅި ގަދަވީކަމަށެވެ. އަދި ފައިނަލްގެ ކުރިން ފާޑު ފާޑުގެ ވާހަކަ ނުދެއްކުމަށް އޭނާ އަބަދުވެސް ބުނާ ކަމަށެވެ. އޭގެ ބަދަލުގައި ފުރަތަމަ ކުރަންވީ ކަަމަކީ ރެއާލް ބަލިކުރުން ކަމަށާއި، އެއަަށްފަހު މިއީ ބަދަލު ހިފުމެކޭ ބުނާށެކަމަށެވެ. އަދި ފައިނަލްގެ ކުރިން އެ ކަހަލަ ވާހަކަ ދައްކާނަމަ، ފައިނަލުން މޮޅުވާން ޖެހޭނެ ކަމަށް އޮންރީ ބުންޏެވެ.

މީގެ އިތުރުން އޮންރީ ބުނީ ހުރިހާ ވެސް ކަަމަކީ ބޯޅަ ދާގަނޑުގެ ތެރެއަށް ފޮނުވާލުންކަމަށެވެ. ރެއާލަށް އޮން ޓާގެޓަށް ލިބުނީ އެންމެ ބޯޅަ އެއް ކަމަށާއި، އެ ބޯޅަ އެމީހުން ގޯލަށް ވައްދާލި ކަން އޮންރީ ފާހަގަކުރިއެވެ. ނަމަވެސް ލިވަޕޫލަށް ލަނޑު ޖަހާނެ އެތައް ބައިވަރު ފުރުސަތުތަކެއް ލިބުނު ކަމަށާއި، އެމީހުންނަށް ކުރިމަތިވި ހުރަހަކީ ރެއާލްގެ ކީޕަރު ތިބައޫ ކޯޓުއާ ކަމަށެވެ. އޮންރީ ބުނީ ކޯޓުއާއަށް ދޭން ޖެހޭ ކްރެޑިޓް މީހުން ނުދޭކަން ސެމީ ފައިނަލްގައި ވެސް އޭނާ ބުނިންކަމަށެވެ. އަދި ކޯޓުއާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކީޕަރު ކަމަށާއި، މެންޗެސްޓަރ ސިޓީގެ އެޑާސަން އަށް ވުރެ ވެސް އޭނާ މޮޅު ކަމަށެވެ. އެކަން ފައިނަލްގައި ކޯޓުއާ ސާބިތުކޮށްދިން ކަމަށް އޮންރީ ބުންޏެވެ.

ތިއެރީ އޮންރީމުހައްމަދު ސަލާހުލިވަޕޫލްރެއާލް މެޑްރިޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު