Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޓެކްސީ އަގުތައް ބޮޑުވުން

ޓެކްސީތަކުން ބޭނުން އަގެއް ނަގަން އާއްމުން މިހާރު "އޯކޭ" ވީ؟

25 މެއި 2022 | ބުދަ 02:39

ޓެކްސީތަކުން ބޮޑު އަގު ނަގާތީ ހުށަހަޅާފައިވަނީ މިހާތަނަށް އެންމެ 57 މައްސަލަ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 މެއި 2022 | ބުދަ 02:39
ވެހިކަލްތަކެއް ބްރިޖް ހައިވޭގައި

ވެހިކަލްތަކެއް ބްރިޖް ހައިވޭގައި

މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީތަކަށް ދަތުރުތަކުން ނެގޭނެ އަގުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ. ޑްރައިވަރުންނަށް މިނިސްޓްރީން ކަނޑައަޅައިފައި އޮންނަ ވަރަށް ވުރެ އެންމެ ރުފިޔާއެއްވެސް އިތުރަށް ނުނެގޭނެއެވެ. ޓެކްސީތަކުން އަމިއްލަ އަގުތަކެއް ކަނޑައަޅައި އެ އަގުތައް ނަގާނަމަ އެ ކުރެވެނީ ގަވާއިދާ ޚިލާފު ކަމެކެވެ. މިގޮތަށް ގަވާއިދާ ޚިލާފުވާ އެތައް ޓެކްސީއެއް މިއަދު މާލެ މަގުމަތީގައި އެބަ ދުއްވައެވެ.

ހުޅުމާޅެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށި ފަހުން ޓެކްސީ އަގު ބޮޑު ވާހަކަ އަބަދުވެސް އިވެއެވެ. އޭރު ސަރުކާރުން ވަކި އަގެއް ކަނޑައަޅައިފައި ނެތުމުން ބައެއް ޓެކްސީތަކުން ދަތުރަކަށް 150 ރުފިޔާ ވެސް ނެގިއެވެ. މިކަންކަން ބޮޑުވެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާލެއާއި ދެވަނަ ފިޔަވައްސާ ދެމެދު ދަތުރުތަކަށް ނެގޭނީ 90 ރުފިޔާ ކަމަށް ކަނޑައަޅައިފައެވެ. ނަމަވެސް އަދިވެސް ބައެއް ޓެކްސީތަކުން މި ނިންމުމަށް އަމަލެއް ނުކުރެއެވެ. ނަގާނެ ވަރު އެނގޭނީ ޓެކްސީތަކަށް ކަމަށްބުނެ ހިތަށް އެރި އަގެއް ދަނީ ނަގަމުންނެވެ.

މާލެއާއި އެއާޕޯޓާ ދެމެދު ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަކީ ދަތުރަކަށް 60 ރުފިޔާއެވެ. ނަމަވެސް މާލެ އާއި އެއާޕޯޓާ ދެމެދު ދަތުރު ކުރާ ގިނަ މީހުން ޓެކްސީ ދަތުރަށް 75 ރުފިޔާ އަދިވެސް ދައްކައެވެ.

ރާއްޖޭގައި ޓެކްސީ އެޕްތައް ވެސް ގިނައެވެ. އެ އެޕްތަކުން ޓެކްސީތައް ދަތުރު ކޮށްދޭނެ އަގުތައް ދަތުރަށް އެދޭއިރު ހާމަ ކުރެއެވެ. އެއީ ރައްކާތެރި ގޮތެއް ކަމަށް ބަލައި ގިނަ ބަޔަކު މިހާރު ޓެކްސީތައް ނަގަނީ މި އެޕްތައް މެދުވެރިކޮށެވެ. ނަމަވެސް އެޕްތަކުން ނަގާ ޓެކްސީތަކުން ވެސް ގިނަފަހަރު ނަގަނީ ބޮޑު އަގެވެ. އެޕްތަކުން ނަގާ ޓެކްސީތަކުން މިކަން ކުރަނީ އެ ޓެކްސީ ރަޖިސްޓްރީކޮށްފައި ހުންނަ ސެންޓަރަށް ވެސް އޮޅުވާލައިގެންނެވެ.

ޓެކްސީތަކުގެ އަގުތައް ބޮޑުވުމުގައި މިއަދު ހަމައެކަނި ޓެކްސީ ޑްރައިވަރުންވެސް ކުށްވެރި ނުކުރެވޭނެއެވެ. އެއީ އެ މީހުންނަށް އެ އަގުތަކުގައި ދަތުރު ކުރެވެނީ އާއްމުންގެ ތެރެއިންވެސް ގިނަ ބަޔަކު އެކަމަށް "އޯކޭ" ވާތީއެވެ. އެ ބުނާ އަގެއް އެ މީހުންނަށް ދޭތީއެވެ.

ބޮޑު އަގު ނަގާ ޓެކްސީތައް ރިޕޯޓް ކުރަން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓެކްސީ ސެންޓަރުތަކުން ވެސް ވަނީ އަންގާފައެވެ. ނަމަވެސް އެކަން ކުރެވެނީ ވަރަށް މަދު ބަޔަކަށެވެ. ގިނަ މީހުން އެއީ މާބޮޑު ކަމެއް ކަމުގައި ނުދެކި ދޫކޮށްލަނީއެވެ. މީގެ ސަބަބުން ޓެކްސީތަކަށް އެ ލިބެނީ އަގުތައް ބޮޑު ކުރަން އިތުރު ބާރެކެވެ.

ޓެކްސީތަކަށް ބޮޑު އަގު ނެގެނީ އާއްމުން އެކަމަށް ފުރުސަތު ދޭތީއޭ ވެސް ބުނެވިދާނެއެވެ. އެއީ ރިޕޯޓް ކުރަން އުސޫލުތަކެއް ކަނޑައަޅައި އެ މައްސަލަތައް ބަލަން ކޮމިޓީތައް އެކުލަވާލައިފައިވާއިރު ގިނަ ބަޔަކު އެކަމަށް ހިތްވަރުދީ ޓެކްސީތަކުން ބޭނުން އަގެއް އެއްވެސް ޝަކުވާއެއް ނެތި ދޭތީއެވެ. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ގޮތުގައި ބޮޑު އަގުގައި ޓެކްސީ ކުރާ ފަރާތްތަކުގެ ޝަކުވާ ހުށަހެޅުމަށް އޮންނަ އުސޫލުގެ ތެރެއިން މިހާތަނަށް އެ މިނިސްޓްރީއަށް ހުށަހަޅައިފައި ވަނީ އެންމެ 57 މައްސަލައެވެ. މިއީ އާއްމުންގެ ތެރޭގައި އެ ވާހަކަތައް ދެކެވޭ ވަރަށް ބަލައި ވަރަށް ކުޑަ އިންސައްތައެކެވެ.

ޓެކްސީތަކުން އެދޭ އަގުތައް ދިނުމަކީ ކުރިއަށް އޮތްތާންގައި އެ އަގުތައް އިތުރަށް ބޮޑުކުރަން ޑްރައިވަރުންނަށް ދެވޭ ހިތްވަރެކެވެ. އަތްނުފޯރާފަށަށް އަގު އެރުމުން އަނެއްކާވެސް ގޯސް ކުރާނީ ސަރުކާރާއި މިނިސްޓްރީއެވެ. ފަރުދީ ޒިންމާއެއް އޮތް ކަން ވެސް ހަނދާނުގައި ނުހުންނާނެއެވެ. ނަމަވެސް ކޮންމެ ފަރުދެއްގެވެސް މިކަމުގައި ޒިންމާއެއް އޮތްކަން ހަނދާން ކުރަން ޖެހޭނެއެވެ. މިއަދު ރިޕޯޓްކޮށް މައްސަލަތައް ހައްލު ނުކޮށްފިނަމަ ތިބެން ޖެހޭނީ މާދަމާ މިއަށްވުރެ ވެސް އަގުބޮޑުވާނެކަން ހަނދާނުގައި ބަހައްޓައިގެންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

26 އޯގަސްޓު 2017

ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!

26 އޯގަސްޓު 2017
 ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!
24 އޯގަސްޓު 2017

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

24 އޯގަސްޓު 2017
ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!
20 އޯގަސްޓު 2017

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!
13 އޯގަސްޓު 2017

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!
27 ޖުލައި 2017

ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

27 ޖުލައި 2017
ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު މިލްކުކުރައްވަން ބޭނުންފުޅުވާ ފ. ހިމިތީގެ ހަގީގަތް އެނގޭތަ؟

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު މިލްކުކުރައްވަން ބޭނުންފުޅުވާ ފ. ހިމިތީގެ ހަގީގަތް އެނގޭތަ؟
25 ފެބުރުއަރީ 2017

"ވީއެކްސް" ނާވް އެޖެންޓް – އުތުރު ކޮރެޔާގެ ލީޑަރުގެ ބޭބެ މަރާލުމަށް ބޭނުން ކުރި ވިހަ

25 ފެބުރުއަރީ 2017
"ވީއެކްސް" ނާވް އެޖެންޓް – އުތުރު ކޮރެޔާގެ ލީޑަރުގެ ބޭބެ މަރާލުމަށް ބޭނުން ކުރި ވިހަ
08 ޖެނުއަރީ 2017

ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.

08 ޖެނުއަރީ 2017
ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް