Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
މީހުން
އަޝްރަފް އަލީ

އަދަބީ ގޮތުން ދިވެހި ބަހަށް ޝައުގުވެރި ޖީލެއް ބިނާކޮށްދެއްވި އެދުރެއް

މިވަގުތު ހުންނެވީ އެވިޑް ކޮލެޖްގެ އާރޓްސް އެންޑް ލިޓްރޭޗަރގެ ޑީން ކަމުގައި

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 23 މެއި 2022 | ހޯމަ 10:00
އަޝްރަފް އަލީ

އަޝްރަފް އަލީ

ގިނަ ބަޔަކު އޭނާ ދަންނަނީ އަޝްރަފް ސަރގެ ގޮތުގައެވެ. އެތައް ދަރިވަރުންތަކަކަށް އުނގަންނައި ދެއްވުމުގައި އެތައް އަހަރެއް ހޭދަކުރައްވާފައިވާ އަޝްރަފް އަލީ އަކީ އަދަބީ އެކި މުނާސަބަތުތަކުގައި ފަނޑިޔާރުކަން ކޮށްދެއްވާފައިވާ ދިވެހި ބަހުގެ އުސްތާޒެކެވެ.

އަޝްރަފްގެ ތައުލީމީ ހަޔާތް ފެއްޓެވީ ގއ. ނިލަންދޫގެ އެދުރު ދައިތައެއްގެ ކައިރިންނެވެ. އެއަށްފަހު 1986 ވަނަ އަހަރު ނިލަންދޫ ސްކޫލު ހުޅުވުމާއި ގުޅިގެން އެ ސްކޫލުން ގްރޭޑް ތިނަކުން ޖާގަ ލިބި ތައުލީމުގެ ފުރަތަމަ ހަރުފަތްތައް ގިރާކުރަން ފެއްޓެވިއެވެ. ނިލަންދޫގައި ކިޔަވާ ވިދާޅުވުމަށްފަހު އިތުރަށް ތައުލީމް ހާސިލްކުރެއްވުމަށް އަޝްރަފް މާލެއަށް ވަޑައިގެންނެވީ 1990 ވަނަ އަހަރެވެ. އެ އަހަރު ޕްރައިމަރީ ސްކޫލުގެ ހަރުފަތްތައް އާލިޔާ ސުކޫލުން ފެއްޓެވިއެވެ. އާލިޔާ ސްކޫލުންވެސް ފުރަތަމަ ފުރުސަތު ލިބިވަޑައިގެންނެވީ ގުރޭޑް ތިނަކުންނެވެ. އެ އަހަރުގެ ކިޔެވުން ނިމުނުއިރު އޭނާ އަކީ މުޅި ސުކޫލުގައިވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯއްދެވި ދަރިވަރަށް ވުމުން އެ ދުވަސްވަރު އެޑިޔުކޭޝަނުން ގެންގުޅޭ ޑަބަލް ޕްރޮމޯޝަން ދިނުމުގެ ސިސްޓަމްގެ ތެރެއިން އޭނާ ޕްރޮމޯޓްވީ ގުރޭޑް ފަހަކަށެވެ. އާލިޔާ ސްކޫލުގެ ތައުލީމީ ހަޔާތް އަޝްރަފް ނިންމަވާލެއްވީ ތޫނުފިލި ދަރިވަރެއްގެ ގޮތުގައެވެ.

އާލިޔާ ސްކޫލުން ގްރޭޑް 10 އަކަށް ކިޔަވާނެ ދަރިވަރުން މަދުވުމާއި ގުޅިގެން އެ ފުރުސަތު އާލިޔާ ސްކޫލުން ލިބިފައެއް ނުވެއެވެ. އަޝްރަފް ޖީސީއީ އޯލެވެލް ފުރިހަމަކުރައްވާފައިވަނީ އީޕީއެސް ސްކޫލުންނެވެ. އީޕީއެސް ސުކޫލަށް ބަދަލުވި އަހަރު އަޝްރަފް ވަނީ އެ ސުކޫލުގެ އަދަބީ ޖަމިއްޔާ "ލިޓަރަރީ އެންޑް ކަލްޗްރަލް ސޮސައިޓީ"ގެ އިންތިޒާމް ސެކްރެޓަރީ ކަމަށް އިންތިހާބުވެވަޑައިގެންފަ އެވެ. އަޝްރަފް ވިދާޅުވާ ގޮތުގައި އެ މަޤާމު ލިބުމަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވީ އޭރު އީޕީއެސް ސުކޫލުގައި ކިޔަވައިދެއްވަމުން ގެންދެވި އަޝްރަފްގެ އުސްތާޒު އަބްދުﷲ ސޯދިގު އެވެ.

އޯލެވެލް ނިންމުމަށްފަހު 1997 އަހަރު އަޝްރަފްގެ ފުރަތަމަ ވަޒީފާއަކީ، އިމިގްރޭޝަންގައި އެއާޕޯޓުން ފުރާ މީހުންގެ ޕާސްޕޯޓުގައި ތައްގަނޑު ޖެހުމެވެ. އިމްގްރޭޝްންގެ މާލޭ އޮފީހުގެ ކައުންޓަރުގެ އިސްތިޤްބާލުގައިވެސް ދުވަސްކޮޅަކު ހުންނަން ޖެހިވަޑައިގަތެވެ. އެއަށްފަހު އޭނާ ބަދަލުކުރެއްވީ ފުރާ ގިމަތައިގެ ބަޔަށެވެ. ނަމަވެސް އެތަނުގައި އިންނަން ޖެހުނު ޖެހުމަކީ އަޝްރަފް އެ މަސައްކަތަށް ފޫހިވި އެއް ސަބަބެވެ. އަބަދު އެއް މަސައްކަތެއް ކޮށްލަ ކޮށްލަ ހުރުން އެއީ އަޝްރަފް އެހާ ގަޔާވި މަސައްކަތަކަށް ނުވިއެވެ. އިމިގްރޭޝަންގައި މަސައްކަތް ކުރައްވާތާ އެއް އަހަރުވެފައިވަނިކޮށް މުދައްރިސުން ތަމްރީން ކުރާ ކޯސްތަކެއް އިއުލާންކުރުމާ ގުޅިގެން، އެކޯހަށް ކުރިމަތިލައްވާ އެ ކޯހުން ޖާގަ ހޯދެއްވިއެވެ. ކަންދިމާކުރި ގޮތުން އެ ކޯހުގައި ބައިވެރިވި އެންމެ ހަނގު ދަރިވަރަކީވެސް އަޝްރަފްއެވެ. 1999 ވަނަ އަހަރު އެ ކޯސް ފުރިހަމަ ކުރައްވާ، މަޖީދިއްޔާ ސްކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި ވަޒީފާ އަދާކުރައްވަން ފެއްޓެވިއެވެ. އަޝްރަފް ވިދާޅުވާ ގޮތުގައި އެ ދުވަސްވަރު ސަނަދު ހާސިލްކުރާ ދަރިވަރުންނަށް ސަރުކާރުން އޮންނަނީ ވަޒީފާ ކުރިން ހަމަޖައްސާފައެވެ. ނަމަވެސް އެ މީހަކު އިޚްތިޔާރު ކުރަން ބޭނުންވާ ތިން ސްކޫލެއް ދެއެވެ. ސަބަބެއް ކަމަށް އަޝްރަފް ފާހަގަކުރެއްވީ އޭރު ޤައުމަށް އެންމެ ބޭނުންވެފައި އޮތީ ދިވެހި މުދައްރިސުން ކަމަށްވާތީއެވެ. ކިޔަވައިދެއްވުމުގެ އިތުރުން 2000 ވަނަ އަހަރު އަޝްރަފްވަނީ މަޖީދިއްޔާ ސްކޫލުގެ ގުރޭޑް ނުވައެއްގެ ވިލަރެސްވެރިޔާގެ ގޮތުގައި އާއި ހަމަ އެ އަހަރު މަޖީދިއްޔާ ސުކޫލުގެ އެއް ހައުސް ކަމުގައިވާ "ބުލޫ ހައުސް"ގެ ކަންކަން ސްކޫލް ތެރެއިން ބަލަހައްޓަވާފައެވެ. ހަމަ އެދުވަސްވަރު އާލިޔާ ސުކޫލުގެ "ދަރިވަރުންގެ ރޫހު"ގެ ވިލަރެސްވެރިޔާ ކަމާއި އަދި ސްކޫލުގެ އިދާރީ ހިންގުމުގައިވެސް އަޝްރަފް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފަ އެވެ. އޭގެ ފަހުން 2001 ވަނަ އަހަރު މަޖީދިއްޔާގެ އަދަބީ ޖަމިއްޔާ "އެކުވެރިންގެ ގުޅުން"ގެ ވިލަރެސްވެރިޔާގެ ގޮތުގައި ވެސް އަޝްރަފް ހުންނެވިއެވެ. އެއަށްފަހު 2002 ވަނަ އަހަރު މަޖީދިއްޔާ ސްކޫލް ދެބައިކޮށް ދަރުމަވަންތަ ސްކޫލް އުފެއްދުމާއި ގުޅިގެން އަޝްރަފް ބަދަލުކުރެއްވީ އެ ސްކޫލުގެ ދިވެހި ޑިޕާޓްމަންޓްގެ ހެޑް އޮފް ޑިޕާޓްމަންޓް (އެޗްއޯޑީ)ގެ މަޤާމަށެވެ. އޭގެ ފަސް މަހެއް ފަހުން އޭނާ ބަދަލުކުރެއްވީ ދަރުމަވަންތަ ސްކޫލުގެ ސުޕަވައިޒަރެއްގެ މަޤާމަށެވެ. އެގޮތުގައި އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކުގެ އިސް ބައެއް މަޤާމުތަކަށް ގެނެވުނު ބަދަލެއްގައި ސުޕަވައިޒަރުން ލީޑިން ޓީޗަރުންނަށް ބަދަލުކުރެއްވުމާއި ހިސާބުން 2011 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އަޝްރަފް ހުންނެވީ ދަރުމަވަންތަ ސްކޫލުގެ ލީޑިން ޓީޗަރެއްގެ މަޤާމުގަ އެވެ. އަޝްރަފަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކަށް ބަލާއިރު، ޓީޗިން އެކްސެލެންސް އެވޯޑުގެ ސެކަންޑްރީ ސުކޫލުތަކުގައި ކިޔަވައިދެއްވާ އަހަރުގެ އެންމެ ރަނގަޅު ލީޑިން ޓީޗަރުގެ އެވޯޑް އާއި، ޒުވާނުން ބާރުވެރިކުރުވަން ކުރައްވާ މަސައްކަތްތަކާއި ގުޅިގެން 2011 ވަނަ އަހަރު ޖޭސީއައި އެވޯޑްވެސް ލިބިވަޑައިގެންފަ ވެއެވެ.

ދިވެހި ބަހަށް އޮތް ލޯތްބާ ޝައުގެއްގެ ބޮޑު ކަމުން އެ ދާއިރާއަށް ޚިދުމަތް ކުރެއްވުމުގެ ގަދަ އަޒުމުގައި އެކި ހަރުފަތްތައް ގިރާ ކުރައްވަމުން ގެންދެވިއެވެ. އެގޮތުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ކަމަށް އައްޔަން ކުރެއްވި ހިސާބުން އަޝްރަފްގެ މަސައްކަތުގެ ދުވެލި އިތުރަށް ބާރުކުރެއްވި އެވެ. އެ މަޤާމުގައި ހުންނަވައިގެން އޭނާ ވަނީ ދިވެހި ބަސް ކުރިއެރުވުމަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އެތައް ދިރާސާތަކެއް ކުރައްވާފައެވެ. އެއީ އެތައް ދަރިވަރުންތަކެއްގެ އެދުރެކެވެ. ދިވެހި ބަހަށް ދަރިވަރުން ޝައުގު އުފެއްދުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވި މުދައްރިސެއް ވެސް މެއެވެ. އަޝްރަފް ދެކިވަޑައިގަންނަވާ ގޮތުގައި ދިވެހިބަސް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުދިބޮޑު އެންމެހާ ރައްޔިތުން ކުރުމަކީ ލާޒިމު ޒިންމާއެކެވެ. ނުވަތަ ވަތަނީ ޒިންމާއެކެވެ. އަޝްރަފްގެ ދައުރު ހަމަވެ މަޤާމުން ވަކިވެވަޑައިގެން ނަމަވެސް އަދިވެސް އޭނާގެ ޚިދުމަތެއް ނުހުއްޓަވައެވެ. ދިވެހި ބަސް އުގަންނައިދެއްވާ ދިވެހި އަދަބިއްޔާތަށް ދަރިވަރުން ފައްކާކޮށް އައު ޖީލެއް އުފެއްދުމުގެ ޝައުގާއެކު އަދިވެސް ހުންނެވީ ޚިދުމަތުގައެވެ. އަޝްރަފް މިވަގުތު ހުންނެވީ އެވިޑް ކޮލެޖްގެ އާރޓްސް އެންޑް ލިޓްރޭޗަރގެ ޑީން ކަމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

09 ޖެނުއަރީ 2024
ދިވެހި ލަވައިގެ ދެޒަމާން ގުޅުވައިދޭ ފާލަން

ދިވެހި ލަވައިގެ ދެޒަމާން ގުޅުވައިދޭ ފާލަން

14 އެޕްރީލު 2022
ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

02 އެޕްރީލު 2022
ދިވެހި އަސްކަރިއްޔާ ޒަމާނީ ކުރެއްވުމުގެ އާރުކާޓީ

ދިވެހި އަސްކަރިއްޔާ ޒަމާނީ ކުރެއްވުމުގެ އާރުކާޓީ

20 މާރިޗު 2022
އޮއްސިގެން އެދިޔައީ، ފަސްދޮޅަހުގައި ފާއްދާލި، އަދަބީ "އޮރިޖިނަލް" ތަރިބައިގެ އެންމެ އަލި "ކޮޕީ" އެވެ!

އޮއްސިގެން އެދިޔައީ، ފަސްދޮޅަހުގައި ފާއްދާލި، އަދަބީ "އޮރިޖިނަލް" ތަރިބައިގެ އެންމެ އަލި "ކޮޕީ" އެވެ!

13 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު