Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
މީހުން
ފާތިމަތު ރައޫފު

ދިވެހި ލަވައިގެ ދެޒަމާން ގުޅުވައިދޭ ފާލަން

ފާތިމަތު ރައޫފު ނިސްބަތްވަނީ މަޝްހޫރު މަސްއޮޑި އާއިލާއަށް

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 14 އެޕްރީލު 2022 | ބުރާސްފަތި 17:57
ފާތިމަތު ރައޫފު

ފާތިމަތު ރައޫފު

ދިވެހި ލަވަޔާއި މިއުޒިކަށް ކިރިޔާވެސް ޝައުގުވެރިކަމެއް ހުރި ދިވެއްސަކުވިއްޔާ އެމީހަކަށް މަސްއޮޑި އާއިލާ އެނގޭނެއެވެ. އޮޅިފައެއް ނޯންނާނެއެވެ. މަސްއޮޑި އާއިލާޔަކީ ދިވެހި ލަވަޔާއި މިއުޒިކުގެ ދާއިރާގައި އިތުރު ތައާރަފަކަށް ބޭނުންވާވަރަށްވުރެ މަޝްހޫރު އާއިލާއެކެވެ. މިދާއިރާގައި ރާއްޖޭގެ އެންމެ މަޝްހޫރު ފަންނާނުން އުފަންވީ އެއާއިލާއިންނެވެ. މަސްއޮޑި އިބްރާހިމް ޚަލީލާއި ހަސަން ޚަލީލާއި އިބްރާހިމް ހަމްދީއެވެ. ޝަކީބާއި މަހުމޫދާއެވެ. ފާތިމަތު ރައޫފާއި ޝަފީގާ އަދި އުނޫޝާއެވެ. މިހެންގޮސް އަދިވެސް ކިތަންމެ ކިތަންމެ ފަންނާނުންނެވެ. އަޅުގަނޑަށް އެއާއިލާއިން އަބަދުވެސް އެއަޑަކަށް އެންމެ ޝައުގުވެރިކަން ދެވޭ ރަންއަޑުގެ ވެރިޔަކީ ފާތިމަތު ރައޫފެވެ. އުމުރުން އެންމެ ތޭރަ އަހަރުން ފެށިގެން ފާތިމަތު ރައޫފު އަންނަނީ ލަވަކިޔަމުންނެވެ.

މިހާރު އުމުރުން 62 އަހަރުވީ ފާތިމަތު ރައޫފު ސްޓޭޖެއްގެ މަތީގައި އެންމެ ފުރަތަމަ ލަވައެއް ކިޔާފައިވަނީ ބައްޕަގެ އެދުމުގެ މަތިންނެވެ. އޭގެފަހުން މިއަދާ ހަމަޔަށް ފާތިމަތު ރައޫފުގެ އަޑުން އެތައް ސަތޭކަ ލަވައެއް ރިކޯޑްކުރެވިފައިވެއެވެ. އޭނާ އެންމެ ބޮޑަށް ވިދާލީ އޮލިމްޕިއަންސް ބޭންޑުންނެވެ. އެބޭންޑުގެ އެންމެ ވިދުންގަދަ ތަރިއަކީވެސް އެއީއެވެ. އޮލިމްޕިއަންސް ބޭންޑަކީ މައިގަޑުގޮތެއްގައި އާއިލީ ބޭންޑެކެވެ. ހަތްދިހައިގެ އަހަރުތަކާއި އަށްޑިހައިގެ އަހަރުތަކުގައި އެއަށްވުރެ ވަކި މަޝްހޫރު އަދި މަގްބޫލު ބޭންޑެއް މާލެޔަކު ނެތެވެ. ފާތިމަތު ރައޫފު އެންމެ ފުރަތަމަ ވަޒީފާ އަދާކުރީ ދިވެހިރާއްޖޭގެ އަޑުގައެވެ. ސަރުކާރުގެ ޚިދުމަތުން 2017 ގައި ރިޓަޔަރ ކުރިއިރު ޚިދުމަތް ކުރަމުން ގެންދިޔައީ ނެޝަނަލް ސެންޓަރ ފޯރ ދި އާރޓްސްގައެވެ.

ދިވެހި ލަވަޔާއި މިއުޒިކްގެ ދާއިރާގައި ފާތިމަތު ރައޫފުގެ ކުލަގަދަ ޚިދުމަތް ފާހަގަކުރައްވައި ސަރުކާރުގެ ފަރާތުން 1983 ވަނަ އަހަރު އޭނާއަށް ގައުމީ އެވޯޑް ދީފައިވެއެވެ. ފާތިމަތު ރައޫފަކީ މި އިނާމު ލިބުނު ދިވެހި ތިންވަނަ އަންހެން ލަވަކިޔުންތެރިޔާއެވެ. މީގެ އިތުރުން 1992 ގައި އުފެއްދި ދިވެހި ފިލްމު ދޮން މަންމަޔަށް ފާތިމަތު ރައޫފު ކިޔައިދީފައިވާ "ލޯބިން އުޖާލާ" މިލަވަޔަށް ގައުމީ ފިލްމުފެއަރ އެވޯޑުގައި އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑު ލިބިފައިވެއެވެ. ފާތިމަތު ރައޫފުގެ ލަވަތަކުގެ ތެރެއިން "އޯގާވެރިވޭ ލޯބިވާ" މި ލަވަޔަކީ އޭރުވެސް އަދި މިހާރުވެސް ދިވެހީންގެ ތެރޭގައި ވަރަށް މަގްބޫލު ލަވަޔެކެވެ. މިއީ ދިވެހި ފިލްމު އަމާނާތަށް 1998ގައި ފާތިމަތު ރައޫފު ކިޔާދީފައިވާ ވަރަށްވެސް ހިތްގައިމު ވަރަށްވެސް ރީތި ލަވައެކެވެ.

ސައުންޑް ޓްރެކްގެ ފަރާތުން ނެރުނު އަލްބަމެއްކަމަށްވާ ޒުލޭޚާޔަށް ފާތިމަތު ރައޫފު ކިޔާދީފައިވާ "ހީވޭ ލަދުގަންނަހެން" މިލަވަޔަށްފަހު އާއްމުކޮށް މާގިން އަލްބަމްތަކުން އޭނާގެ އައު ލަވަލަވަ އިވިފައި ނުވެއެވެ. މީގެ ސަބަބެެއް ކަމަށް އެނގިފައިވަނީ އައު ފަންނާނުންނަށް މިދާއިރާގައި ކުރިއަށް ދިޔުމަށް ޖާގަ ދިނުމުގެ ގޮތުން ފަރުދާގެ ކުރިމަތިން ފެނުން މަދުކޮށް ފަރުދާގެ ފުރަގަހަށް ޖެހިލީކަމުގައެވެ. އެކަން އެހެން އޮތަސް އޮލިމްޕިއަންސްގެ އެކި ހަރަކާތްތަކުން އަދި ސްޓޭޖް ޝޯތަކުން ފާތިމަތު ރައޫފު އޭގެ ފަހުންވެސް ވަނީ ފެނިފައެވެ. އަދި މަދުމަދުން ސްޓޯޑިއޯ ބައެއް އަލްބަމްތަކަށްވެސް ލަވަ ރިކޯޑުކޮށްދީފައިވެއެވެ. އޭނާގެ ރީތި އަޑަށް އޮތް ޑިމާންޑް ކުޑަނުވާތީ އައު ލަވަތަކަށް އޭނާގެ ފޭނުން އަބަދުވެސް އިންތިޒާރު ކުރެއެވެ.

މަދަހަ ކިޔުމަކީވެސް ފާތިމަތު ރައޫފުގެ ޝައުގެކެވެ. ޔާ ރަސޫލު ﷲ އަކީ ފާތިމަތު ރައޫފުގެ އެންމެ ފާހަގަކޮށްލެވޭ އެއް މަދަހައެވެ. "އާލަމް" ގެ ނަމުގައި 2019 ވަނަ އަހަރު ނެރެފައިވާ މަދަހަ އަލްބަމަކަށް ފާތިމަތު ރައޫފު ކިޔައިދީފައިވާ "ލެޔާއި ލޭގެ ގުޅުމީ" މި މަދަހަޔާއި "ފާލަމެކޭ އެޅުނު އާޚިރަތަށް" މި މަދަހަ ވަރަށްވެސް މަޝްހޫރުވެގެން ދިޔައެވެ. މީގެ ޅެންވެރިޔަކީ އީސާ ޝަރީފެވެ. މީގެ ތެރެއިން ބައެއް މަދަހަ ކިޔައިދީފަައިވަނީ މުމްތާޒު އާދަމާއި ހަސަން އާހިލާއިވެސް އެކީގައެވެ. ވަކި އަލްބަމަކަށް ނިސްބަތްނުވާ ގޮތަށް ޓީވީއަށްވެސް ފާތިމަތު ރައޫފް ވަނީ ގިނަގުނަ ލަވަތަކެއް ކިޔައިދީފައެވެ. މީގެ ތެރޭގައި 2003 ވަނަ އަހަރު ރިކޯޑު ކުރެވުނު "ތިޔަ ޚިޔާލު އާލާވަނީއޭ" މި ލަވަ ފާހަގަ ކުރެވެއެވެ. ޅެންވެރިޔަކީ އަނެއްކާވެސް އީސާ ޝަރީފެވެ.

ފާތިމަތު ރައޫފަކީ ދިވެހި ލަވަޔާއި މިއުޒިކުގެ އެޒަމާނާއި މިޒަމާން ގުޅުވައިދިން ފާލަމެކެވެ. އެހެންވީމާ އޭނާގެ ފޭނުންގެ ތެރޭގައި ކުރީގެ ލަވަތަކަށް ލޯބިކުރާ މީހުންނާއި މިޒަމާނުގެ ލަވަތަކަށް ލޯބިކުރާ މީހުންވެސް ހިމެނެއެވެ. ފަންނާނަކަށް ވުމަކީ ތަފާތު ސްޓައިލަކަށް ދިރިއުޅުން ބައްޓަންކުރަން ޖެހޭ ކަމެއް ނޫންކަމުގެ ނަމޫނާއަކީވެސް ފާތިމަތު ރައޫފެވެ. އޭނާގެ ދިރިއުޅުމަކީ ވަރަށްވެސް ސާދާ އާދައިގެ އާއިލީ ދިރިއުޅުމެކެވެ. "ނޭދެން ވަކިވާކަށް" މިއީ 2002 ވަނަ އަހަރު ފާތިމަތު ރައޫފު ކިޔައިދިން ލަވައެކެވެ. އެލަވައިގައި އެބުނާފަދައިން ލަވައިގެ ދުނިޔެއާ ފާތިމަތު ރައޫފު ވަކިވުމަކީ އޭނާގެ ފޭނުން އެދޭ ކަމެއް ނޫނެވެ. އެމީހުންގެ އެދުމަކީ ދޭތެރެޔަކުންވެސް ފާތިމަތު ރައޫފުގެ ހިތްގައިމު އަޑުން އައު މަދަހައެއް ނުވަތަ ލަވައެއްވިޔަސް އިވެމުން ދިޔުމެވެ.

ފާތިމަތު ރައޫފު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

09 ޖެނުއަރީ 2024
އަދަބީ ގޮތުން ދިވެހި ބަހަށް ޝައުގުވެރި ޖީލެއް ބިނާކޮށްދެއްވި އެދުރެއް

އަދަބީ ގޮތުން ދިވެހި ބަހަށް ޝައުގުވެރި ޖީލެއް ބިނާކޮށްދެއްވި އެދުރެއް

23 މެއި 2022
ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

02 އެޕްރީލު 2022
ދިވެހި އަސްކަރިއްޔާ ޒަމާނީ ކުރެއްވުމުގެ އާރުކާޓީ

ދިވެހި އަސްކަރިއްޔާ ޒަމާނީ ކުރެއްވުމުގެ އާރުކާޓީ

20 މާރިޗު 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު