Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
މީހުން
ޓޫޓޫ ޒާހިރު

ދިވެހި އަސްކަރިއްޔާ ޒަމާނީ ކުރެއްވުމުގެ އާރުކާޓީ

ސިފައިންގެ ޗީފް އޮފް ސްޓާފްގެ މަގާމު 11 ނޮވެމްބަރު 1996ން 18 ނޮވެމްބަރު 2018ށް ފުރުއްވި

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 20 މާރިޗު 2022 | އާދީއްތަ 13:01
މޭޖަރ ޖެނެރަލް މުހައްމަދު ޒާހިރު

މޭޖަރ ޖެނެރަލް މުހައްމަދު ޒާހިރު

ދިވެހި ސިފައިންގެ ޗީފް އޮފް ސްޓާފްގެ މަގާމު 11 ނޮވެމްބަރު 1996ން ފެށިގެން 18 ނޮވެމްބަރު 2018ށް ފުރުއްވި މޭޖަރ ޖެނެރަލް މުހައްމަދު ޒާހިރު ދިވެހީންގެ ގިނަ ބަޔަކަށް އެނގި ދަސްވެ މަޝްހޫރުވެފައިވަނީ އަދި އެހެން ނަމަކުންނެވެ. ގިނަ ބަޔަކު ދަންނަ ނަމަކީ ޓޫޓޫ ޒާހިރެވެ. ނުވަތަ ޓޫޓޫއެވެ. މިނަމަކީ މަޖީދިއްޔާ ސްކޫލުގައި ތައުލީމު ހާސިލްކުރެއްވިއިރު ލިބިވަޑައިގެންނެވި ނަމެކެވެ. ޒާހިރަކީ ރާއްޖޭގައި ވަރަށް އާއްމު ނަމެކެވެ. އެހެންވީމާ ޒާހިރުގެ އިންޑެކްސް ނަމްބަރާއި ގުޅުވައިގެން ސްކޫލުގެ އެކުވެރިން ނަމެއް ކިޔަން ފެށީއެވެ. މުހައްމަދު ޒާހިރުގެ އިންޑެކްސް ނަމްބަރަކީ 222 އެވެ. އެ ނަމްބަރުވެސް ކުރުކޮށްފައި ޓޫޓޫ ޒާހިރޭ ކިޔަން ފެށުނީއެވެ. މަޖީދިއްޔާއިން ސާނަވީ ތައުލީމު ފުރިހަމަ ކުރައްވައިގެން 1972 ގައި ސިވިލް ސާރވިސްގެ އެކި މަގާމުތަކަށް ނުކުމެވަޑައިގެންނެވިއިރު ޓޫޓޫގެ ނަން ވަނީ ހަރުލައިފައެވެ.

ސިފައިންގެ ޚިދުމަތާއި ޒާހިރު ގުޅިވަޑައިގެންނެވީ ސިވިލް ސާރވިސްގެ އެކި މަގާމުތަކުގައި ގާތްގަޑަކަށް ހައެއްކަ އަހަރު ހޭދަކުރެއްވުމަށްފަހު 1978 ގައެވެ. އޭރު ސިފައިންގެ ޚިދުމަތުގެ ނަމަކީ ނެޝަނަލް ސިކިއުރިޓީ ސާރވިސް ނުވަތަ އެންއެސްއެސްއެވެ. އެންއެސްއެސްއާ ގުޅިވަޑައިގަތީ އެންމެ ފުރަތަމަވެސް ސާރޖެންޓެއްގެ ރޭންކުގައެވެ. އޮފިސަރެއްގެ ގޮތުގައި ޒާހިރު ކަމިޝަން ކުރެވުނީ އޭގެ ދެއަހަރު ފަހުން 1980 ވަނަ އަހަރުއެވެ. އޭގެ 16 އަހަރު ފަހުން އެންއެސްއެސްގެ އެންމެ އިސް މަގާމުކަމަށްވާ ޗީފް އޮފް ސްޓާފްގެ މަގާމަށް މުހައްމަދު ޒާހިރު އައްޔަން ކުރެެއްވިއިރު ހުންނެވީ ބްރިގޭޑިއަރގެ ރޭންކުގައެވެ. މޭޖަރ ޖެނެރަލް ކަމަށް ޕްރޮމޯޓް ކުރެެއްވީ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނަވަނިކޮށް 21 އެޕްރީލް 2004 ގައެވެ.

ޗީފް އޮފް ސްޓާފްގެ މަގާމުގެ އިތުރަށް ޒާހިރުވަނީ އެމްއެންޑީއެފްގެ އެޑްވައިޒަރީ ކައުންސިލްގެ ޗެެއަރމަންކަންވެސް ކުރައްވައިފައެވެ. މި ކައުންސިލަކީ އެމްއެންޑީއެފްގެ ޚިދުމަތުގައި ތިއްބަވާ އެންމެ ސީނިއަރ އޮފިސަރުންގެ މައްޗަށް އެކުލެވޭ އަސްކަރީ ކައުންސިލެކެވެ. އެމްއެންޑީއެފުން ރިޓަޔަރ ކުރައްވައި ޗީފް އޮފް ސްޓާފްގެ މަގާމުން ޒާހިރު ވަކިވެވަޑައިގެންނެވީ 18 ނޮވެމްބަރު 2008 ގައެވެ. އޭގެފަހުން ޒާހިރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. މިލިޓަރީ މެނޭޖްމަންޓުން ބަދަލުވެވަޑައިގެންނެވީ ހޮސްޕިޓަލިޓީ މެނޭޖްމަންޓަށެވެ. ޒާހިރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ ބަނޑޮސް އައިލެންޑް ރިސޯޓުގައެވެ. އެތާގައި 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށްވެސް ހުންނެވީ ޗީފް އެގްޒެކަޓިވް، ސީއީގެ މަގާމުގައެވެ.

މުހައްމަދު ޒާހިރު ވަނީ އިނގިރޭސިވިލާތާއި އެމެރިކާގައި މަތީ ތައުލީމް ހާސިލް ކުރައްވައިފައެވެ. އިނގިރޭސިވިލާތުގެ ލަންޑަނުގެ ހެންޑަން ޕޮލިސް ކޮލެޖާއި އެމެރިކާގެ މޮންޓަރޭގައި ހުންނަ ނޭވަލް ޕޯސްޓްގްރޭޖުއޭޓް ސްކޫލުންނެވެ. އަދި އެމެރިކާގެ ޖޯން އެފް ކެނެޑީ ސްކޫލް އޮފް ގަވަރމަންޓުންނެވެ. އެމްއެންޑީއެފްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޑެޕިއުޓީ ޗީފް އޮފް ސްޓާފްގެ މަގާމުވެސް އަދާކުރެއްވިއެވެ. އޭގެ ކުރިން އެމްއެންޑީއެފްގެ އެކި ޔުނިޓްތަކުގެ ކޮމާންޑިން އޮފިސަރުކަންވެސް ކުރެއްވިއެވެ. ސިފަވަންތަ އަޚުލާގައި ސިފަވަންތަ ތައުލީމުގެ މަތީގައި އެމްއެންޑީއެފް އަލުން ތަރުތީބު ކުރުމާއި އެމްއެންޑީއެފްގެ އެކި ގޮފިތައް ގުޅައިލެވޭ ނިޒާމު ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ބަލައިގެންފައިވާ ޒަމާނީ ހަރުދަނާ ނިޒާމު ކަމުގައި ހެދުމުގެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް އޮފިސަރަކީ މޭޖަރ ޖެނެރަލް މުހައްމަދު ޒާހިރެވެ.

ވަކިވަކި ޔުނިޓްތަކުގެ ކޮމާންޑިން އޮފިސަރުކަން ކުރެއްވުމުގައި ވަކި ޔުނިޓެއް ޚާއްސަކުރާ ކަމަށްވެއްޖެނަމަ އެ ޔުނިޓަކީ އެންއެސްއެސްގެ ޓްރޭނިން ޔުނިޓެވެ. މިހާރު އެެއީ ޑިފެންސް އިންސްޓިޓިއުޓް ފޯރ ޓްރޭނިން އެންޑް އެޑިއުކޭޝަނެވެ. އެތަނުގެ މަސައްކަތްތަކާއި ޕޮލިސީތައް ބައްޓަންކުރައްވައި މުއައްސަސާއެއްގެ ސިފަ ގެންނެވުމުގެ މޭސްތިރިއަކީ ޒާހިރެވެ. މިރޮނގުންނާއި އެހެނިހެން ރޮނގުރޮނގުންވެސް ދިވެހި އަސްކަރިއްޔާ މިޒަމާނުގެ ފުރިހަމަ ސުލޫކާއި އިލްމާއި ހުނަރު ލިބިފައިވާ އަސްކަރިއްޔާއަކަށް ހެެއްދެވުމަށް ޒާހިރު ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގު އެމްއެންޑީއެފްގެ އޭރުގެ އޮފިސަރުންނާއި މިހާރުގެ އޮފިސަރުންވެސް ވަޒަންކުރެއެވެ. ޒާހިރުގެ މިޒާޖާއި ކަންކަން ކުރެެއްވުމުގެ އާޖުފާޖަށްޓަކައި ހުރިހާ ދިމާލަކުންވެސް އިހުތިރާމް ލިބިވަޑައިގެންފައިވެއެވެ.

މޭޖަރ ޖެނެރަލް (ރިޓަޔާރޑް) މުހައްމަދު ޒާހިރަށް ސިފައިންގެ ޚިދުމަތުގެ ހުރިހާ ބާވަތެއްގެ ޝަރަފަކާއި މެޑެއްޔަކާއި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. މިރާއްޖޭގައި ދެވޭ ސިފައިންގެ އެންމެ މަތީ މެޑަލް ކަމަށްވާ މެޑަލް އޮފް އޮނަރވެސް 2008 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. ޒާހިރުގެ އަސްކަރީ ހަޔާތުގައި އެންމެ ފާހަގަކުރެވޭ ދުވަހަކީ 3 ނޮވެމްވަރު 1988 އެވެ. އެއީ ޕްލޯޓް ޖަމާއަތަށް ނިސްބަތްވާ ތަމަޅަ ހަނގުރާމަވެރިން މާލެއަށް އެރި ދުވަހެވެ. ޒާހިރުގެ އަނބިކަނބަލަކީ ސީއެޗްއެސްއީގެ ކުރީގެ ޕްރިންސިޕަލް ފާތިމަތު އާމިރާއެވެ. ޒާހިރަށް ހަތަރު ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅަކު ލިބިވަޑައިގެންފައިވާއިރު މިތަނުން އެއްބޭފުޅަކީ އެމްއެންޑީއެފްގެ އޮފިސަރެކެވެ. ލެފްޓިނަންޓް ކާނަލް ހުސައިން ފައިރޫޝްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

30 މެއި 2024
ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

09 ޖެނުއަރީ 2024
ޒަމާނީ އައިޑީ ކާޑުގެ މޭސްތިރިޔާ

ޒަމާނީ އައިޑީ ކާޑުގެ މޭސްތިރިޔާ

13 ޖޫން 2022
އަދަބީ ގޮތުން ދިވެހި ބަހަށް ޝައުގުވެރި ޖީލެއް ބިނާކޮށްދެއްވި އެދުރެއް

އަދަބީ ގޮތުން ދިވެހި ބަހަށް ޝައުގުވެރި ޖީލެއް ބިނާކޮށްދެއްވި އެދުރެއް

23 މެއި 2022
ދިވެހި ލަވައިގެ ދެޒަމާން ގުޅުވައިދޭ ފާލަން

ދިވެހި ލަވައިގެ ދެޒަމާން ގުޅުވައިދޭ ފާލަން

14 އެޕްރީލު 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު