Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަންކީ ޕޮކްސް

މަންކީ ޕޮކްސްގެ ކޭސްތައް ފެނުނު ޤައުމުތަކުގެ ތެރޭގައި ދުބާއީވެސް

20 މެއި 2022 | ހުކުރު 17:49

މަންކީ ޕޮކްސްގެ ކޭސްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުން އެބަގެންދަން: ދުބާއީ ހެލްތު އޮތޯރިޓީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 މެއި 2022 | ހުކުރު 17:49
ދުބާއީ

ދުބާއީ

މަންކީ ޕޮކްސް ކިޔާ ބަލީގެ ކޭސްތައް ފެނުނު ޤައުމުތަކުގެ ތެރޭގައި ދުބާއީ ވެސް ހިމެނިއްޖެއެވެ.

ދުބާއީގެ ހެލްތު އޮތޯރިޓީން ނެރުނު ސަކިއުލަރއެއްގައި ބުނެފައިވަނީ މަންކީ ޕޮކްސްގެ ކޭސްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުންދާ ކަމަށެވެ. އަދި އެމީހުންގެ ފުށުން އެހެން މީހުންނަށް ބަލި އެރުން ހުއްޓުވުމަށްޓަކައި ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މަންކީ ޕޮކްސް އެންމެ ގިނައިން ފެނިފައިވަނީ މެދުތެރެއާ ހުޅަނގު އެފްރިކާގެ ސަރަހައްދުތަކުންނެވެ. މަންކީ ޕޮކްސް އަކީ އިންސާނުންގެ ހަށިގަނޑުން މީގެކުރިން ފެނިފައިވާ ސްމޯލް ޕޮކްސްއާ އެއްގޮތްކަމެއް ހުންނަ ވައިރަލް އިންފެކްޝަންއެކެވެ. އެންމެ ފުރަތަމަ މަންކީ ޕޮކްސްގެ ކޭހެއް ރިކޯޑްކުރެވިފައިވަނީ 1970ގެ އަހަރުތަކުގެ ތެރޭގައި ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. ފާއިތުވި 10 އަހަރުތެރޭގައި ހުޅަނގު އެފްރިކާގެ ގައުމުތަކުން މަންކީ ޕޮކްސްގެ ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ.

މިވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި، ބޮލުގެ ރިއްސުމާއި ހަންގަނޑުން ބިހިތަކެއް ނެގުމެވެ. ބިހިތައް އެންމެ ފުރަތަމަ ނަގަން ފަށާނީ މޫނުގައެވެ. އެއަށްފަހު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިގެންދެއެވެ.

އެންމެ ފަސޭހައިން އިންސާނެއްގެ ފުށުން އިންސާނަކަށް ބަލި އަރާނީ، ބަލީގެ ސަބަބުން ނަގާފައި ހުންނަ ފޮޅު އަދި ކުރަމަގާލި ލާފަހުންނަ ތަންތަނުގައި ޖެހުމުންނެވެ. އަދި ބަލި ޖެހިފައިވާ މީހަކު ކެއްސައި ކިނބިހި އެޅުމުގެ ތެރެއިންވެސް ފެތުރުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން ބަލި ޖެހިފައިވާ މީހެއްގެ އަންނައުނު، ބެޑުޝީޓު، ރަޖާ، ތުވާލި ފަދަ އެއްޗެތިން ބަލި އެރުމުގެ ފުރުސަތު އޮންނަކަމަށްވެއެވެ.

ސިއްހީ މާހިރުން ވިދާޅުވާގޮތުގައި މަންކީ ޕޮކްސް ޖެހިފައިވާ ޖަނަވާރެއްގެ މަސް ރަނގަޅަށް ނުކައްކައި ކައިފިނަމަވެސް ބަލި ޖެހޭނެއެވެ. އަދި ބަލިޖެހިފައިވާ ޖަނަވާރެއްގެ ހަން ނުވަތަ ކެހެރިގަނޑުގައި އަތްލާ ހެދުމުންވެސް ބަލި އަރައެވެ.

މަންކީޕޮކްސް ގެ ކޭސްތައް މިހާތަނަށް 10 ގައުމަކުން ފެނިފައިވެއެވެ. މިގައުމު ތަކުގައި ބަލީގެ 107 ކޮންފަރމް ކޭސް އެބަތިއްބެވެ. ބަލި އުޅޭކަން ފާހަގަ ވެފައިވާ ގަމުތަކުގެތެރޭގައި އިގިރޭސި ވިލާތް 9 ކޭސް، ޕޯޗުގަލް 34ކޭސް، ސްޕެއިން 32ކޭސް ، ފްރާންސް 1 ކޭސް، ބެލްޖިއަމް 2 ކޭސް، ސްވީޑްން 1 ކޭސް. އިޓަލީ 3ކޭސް، ކެނެޑާ 22 ކޭސް، އެމެރިކާ2ކޭސް ، އަދި އޮސްޓްރޭލިޔާ 1 ކޭސް އެވެ. ނަމަވެސް ބަލިޖެހިފައިވާ މީހުންގެ އަދަދު ތައް އެކިފަރާތް ތަކުން ދޭލެއް ތަފާތެވެ.

ދުބާއީގަ މިބަލިޖެހިފައިވާ މީހުން ތިބި އަބަދެއް އަދި ސާފެއް ނުވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2020

ކޮވިޑް 19: އެފްރިކާ ބަައްރުން ވައިރަސް ފެނުނު 3 ވަނަ ޤައުމަކަށް ނައިޖީރިއާ

28 ފެބުރުއަރީ 2020
ކޮވިޑް 19: އެފްރިކާ ބަައްރުން ވައިރަސް ފެނުނު 3 ވަނަ ޤައުމަކަށް ނައިޖީރިއާ
24 އޮކްޓޯބަރު 2019

އެސެކްސް އިން ފެނުނު ލޮރީއެއްގެ ތެރޭގައި މަރުވެފައި އޮތް 39 ޗައިނާ މީހުން ފެނިއްޖެ

24 އޮކްޓޯބަރު 2019
އެސެކްސް އިން ފެނުނު ލޮރީއެއްގެ ތެރޭގައި މަރުވެފައި އޮތް 39 ޗައިނާ މީހުން ފެނިއްޖެ
27 ސެޕްޓެމްބަރު 2019

ސައުދީ އަރަބިއްޔާ ހުރިހާ ޤައުމުތަކުގެ ފަތުރުވެރިންނަށް ހުޅުވާލަނީ

27 ސެޕްޓެމްބަރު 2019
ސައުދީ އަރަބިއްޔާ ހުރިހާ ޤައުމުތަކުގެ ފަތުރުވެރިންނަށް ހުޅުވާލަނީ
16 އެޕްރީލު 2019

މި އަހަރުގެ ފުރަތަމަ ތިން މަހު މީސްލްސް ކޭސްތައް ރިޕޯޓްކުރެވުނު އަދަދު ތިންގުނަ އިތުރު: ޑަބްލިއުއެޗްއޯ

16 އެޕްރީލު 2019
މި އަހަރުގެ ފުރަތަމަ ތިން މަހު މީސްލްސް ކޭސްތައް ރިޕޯޓްކުރެވުނު އަދަދު ތިންގުނަ އިތުރު: ޑަބްލިއުއެޗްއޯ
07 ޑިސެމްބަރު 2018

ހުރިހާ ވެލައެއްގެ ބަނޑު ތެރެއިން ވެސް މައިކްރޯ ޕްލާސްޓިކް ފެނުނު: ދިރާސާ

07 ޑިސެމްބަރު 2018
ހުރިހާ ވެލައެއްގެ ބަނޑު ތެރެއިން ވެސް މައިކްރޯ ޕްލާސްޓިކް ފެނުނު: ދިރާސާ
27 ޖޫން 2018

މެލޭޝިއާގެ ކުރީގެ ބޮަޑުވަޒީރު ނަޖީބާ ގުޅުން ހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް އަރާ ކަމަށް ފުލުހުން ބުނެފި

27 ޖޫން 2018
މެލޭޝިއާގެ ކުރީގެ ބޮަޑުވަޒީރު ނަޖީބާ ގުޅުން ހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް އަރާ ކަމަށް ފުލުހުން ބުނެފި
29 އެޕްރީލު 2018

ޕެރޫއިން ފެނުނު ކަށްވަޅު: ކުޑަކުދިން ކަތިލައިފައި އޮއްވާ ފެނުނު އެންމެބޮޑު ވަޅުގަނޑު

29 އެޕްރީލު 2018
ޕެރޫއިން ފެނުނު ކަށްވަޅު: ކުޑަކުދިން ކަތިލައިފައި އޮއްވާ ފެނުނު އެންމެބޮޑު ވަޅުގަނޑު
11 ޖެނުއަރީ 2018

އިންޑިއާއިން އެހެން ޤައުމުތަކުގެ ޓެރިޓަރީއަށް ލޮލެއް ނާޅަން: މޯދީ

11 ޖެނުއަރީ 2018
އިންޑިއާއިން އެހެން ޤައުމުތަކުގެ ޓެރިޓަރީއަށް ލޮލެއް ނާޅަން: މޯދީ
06 ނޮވެމްބަރު 2017

އަނެއްކާވެސް ޤައުމުތަކުގެ ވެރިންގެ މާލީ ސިއްރުތައް ފަޅާ އަރައިފި – މިފަހަރު ޕެރަޑައިސް ލީކްސް!

06 ނޮވެމްބަރު 2017
އަނެއްކާވެސް ޤައުމުތަކުގެ ވެރިންގެ މާލީ ސިއްރުތައް ފަޅާ އަރައިފި – މިފަހަރު ޕެރަޑައިސް ލީކްސް!
18 ޖޫން 2017

އެމެރިކާގެ މަނަވަރުން ގެއްލުނު ސިފައިންގެ 7 މީހުން ފެނުނުއިރު މަރުވެފައި!

18 ޖޫން 2017
އެމެރިކާގެ މަނަވަރުން ގެއްލުނު ސިފައިންގެ 7 މީހުން ފެނުނުއިރު މަރުވެފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް