Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހައިކޯޓުގެ 2 ފަނޑިޔާރަކު ވަކިކުރުން

ފަނޑިޔާރުން ވަކިކުރުމަށް ނިންމީ ކުރިންވެސް އަމަލުކޮށްފައިވާ އިޖުރާއަތުގެ ދަށުން؟

ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެކަމަށް ބަޔާންކޮށްފައެއްނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 މެއި 2022 | ބުދަ 13:03
ހައިކޯޓުގެ ފަނޑިޔާރު އަބްދުالله ހަމީދާއި އަބްދުއްރައޫފް އިބްރާހީމް

ހައިކޯޓުގެ ފަނޑިޔާރު އަބްދުالله ހަމީދާއި އަބްދުއްރައޫފް އިބްރާހީމް

ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޒު އަބްދުއް ރައޫފް އިބްރާހީމާއި އަލްއުސްތާޒު އަބްދުﷲ ހަމީދު ވަކި ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާނީ ކުރިންވެސް އަމަލުކުރަމުން އައި އިޖުރާއަތުގެ ދަށުންކަމަށް އެ ކޮމިޝަނުން މިވަނީ ބުނެފައެވެ.

އެ ދެ ފަނޑިޔާރުން ވަކި ކޮށްފައިވަނީ އިޖުރާއަތުތަކާ ޚިލާފަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބުދަ ދުވަހު ނިންމާފައިވާއިރު، އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ޖޭއެސްސީން ބުނީ، މީގެ ކުރިންވެސް ހަމަ މިކަމާ ދާދި އެއްގޮތް މައްސަލައެއްގައިވެސް އެ އިޖުރާއަތުގެ މަތިން މެޖިސްޓްރޭޓަކު މަގާމުން ވަކިކުރެއްވުމަށް ޖޭއެސްސީން ނިންމިކަމަށެވެ.

ނަމަވެސް އެ ފަހަރު މަޖިލީހުން ނިންމީ ޖޭއެސްސީގެ ނިންމުން ރަނގަޅުކަމަށެވެ.

ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދުގެ މައްސަލައިގައިވެސް މިފަދަ ގޮތަކަށް ކަން ހިނގާފައިވާކަމަށް ޖޭއެސްސީން ބުނެއެވެ. އެގޮތުން އެ މައްސަލަ ނިންމައި ކޮމިޝަނަށް ފޮނުވިފައިވަނީ 15 އޭޕްރީލް 2020ގައެވެ. ނަމަވެސް އެ ރިޕޯޓުގައި ހުރި ބައެއް ކަންކަމާމެދު ސުވާލު އުފެދޭތީ އެ މައުލޫމާތުތައް އިތުރަށް ސާފު ކުރުމަށް ތަހުގީގު ކޮމިޓީއަށް ރިޕޯޓު ފޮނުވީއެވެ.

ޖޭއެސްސީން ބުނާ ގޮތުގައި އެކަންކަން ސާފު ކުރުމަށްފަހު 2020 ނޮވެމްބަރު 9 ވަނަ ދުވަހު، މައްސަލަ ނިމުނުގޮތުގެ އިސްލާހު ކުރެވުނު ރިޕޯޓު ވަނީ ކޮމިޝަނަށް ހުށައަޅާފައެވެ. އަދި ކޮމިޝަނުގެ ޖަލްސާއިން ވަނީ އެ މެޖިސްޓްރޭޓް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމައި، އެކަން މަޖިލީހަށް އަންގާފައެވެ.

މަޖިލީހުން ވަނީ އެ މެޖިސްޓްރޭޓް މަގާމުން ވަކިވެސް ކޮށްފައެވެ. ޖޭއެސްސީން ބުނާ ގޮތުގައި މި ދެ މައްސަލައިގައިވެސް އިޖުރާއަތުތައް އެއްގޮތެވެ. އެގޮތުން ފަނޑިޔާރުން ޖަވާބުދާރީވެ ވަޑައިގެންނެވުމުން އެކުލަވާލި ތަހުގީގު ރިޕޯޓުގައި ހިމެނޭ ބައެއް ކަންކަން އޮޅުން ފިލުވުމަށް އަނބުރާ އެ ރިޕޯޓު އޭރު ކޮމިޓީއަށް ފޮނުވިއެވެ.

ޖޭއެސްސީން ބުދަ ދުވަހު ވަނީ އެކަމާގުޅޭ ބަޔާނެއްވެސް ނެރެފައެވެ. ޖޭއެސްސީން ބުނާ ގޮތުގައި ގާނޫނުގައި ބަޔާންކުރަނީ މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން ނުވަތަ މައްސަލަ ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުރުމުގެ ކުރިން ތަހުގީގު ރިޕޯޓެއް ތައްޔާރުކޮށް، ލިޔުމުންނާއި އަނގަބަހުން ޖަވާބުދާރީވުމަށް ފުރުސަތު ދޭން ޖެހޭނެކަމަށެވެ.

ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަބްދުﷲ ހަމީދާމެދު ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލައިގައި، މައްސަލައިގެ ތަހުގީގު ރިޕޯޓް ހިއްސާކޮށް އެރިޕޯޓަށް ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު ދީފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

އެ ފުރުސަތުގެ ބޭނުން ފަނޑިޔާރުން ހިފައި ޖަވާބުދާރީވެސް ވެވަޑައިގެންފައިވާ ކަމަށާއި، މައްސަލައާ މެދު ގޮތެއް ނިންމުމުގެ ކުރިން ބާއްވަންޖެހޭ ފަހުގެ އަޑުއެހުމަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ވެސް އެ ދެ ފަނޑިޔާރުންނަށް ދެވިފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ، ކޮމިޝަންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި، މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެކަމަށް ބަޔާންކޮށްފައި ނުވާކަމަށެވެ.

މައްސަލައިގެ ސީޣާއާ ނުގުޅޭ ކަންތައްތަކަކަށް ރިއާޔަތްކޮށްފައިވާ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ޖޭއެސްސީން ބުނީ، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު ޢަބްދުﷲ ހަމީދާމެދު ކޮމިޝަނުން ބަލަން ނިންމި ސުލޫކީ މައްސަލައިގެ އިބާރާތުގައި އޮންނަނީ، މައްސަލަ ރައްދުވާ ފަނޑިޔާރުން ގާނޫނުއަސާސީއާއި ގާނޫނާ ޚިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގެންފައިވާ ކަމަށެވެ.

މައްސަލައިގެ މައިގަނޑު ނިންމުމަކީ ވިހިހާސް ރުފިޔާގެ ޑައުން ޕޭމަންޓަކަށް ކުރީގެ ހައުސިންގ މިނިސްޓްރީ މެދުވެރިވެ، މި ދެ ފަނޑިޔާރުން ގާނޫނުއަސާސީއާ ޚިލާފަށް މާލެއިން ފްލެޓް ހޯދާފައިވާތީ، އެކަން އެ ގޮތުގެ މަތިން ހިނގާފައިވާކަން ސާބިތުވާ ކަމެވެ. މައްސަލައިގެ ސީޣާއިން ނުވަތަ މައުޟޫއިން ބޭރުން އެއްވެސް ކަމެއް ތަހުގީގުކުރެވި ގޮތް ނިންމާފައި ނުވާކަމަށް ޖޭއެސްސީން ބުނެއެވެ.

މައްސަލަ ތަހުގީގުކުރަން ދެ ކޮމިޓީއެއް ހަދައި ކޮމިޓީގެ ނިންމުން ބަދަލުވެފައިވާ ކަމަށް ބުނާ ވާހަކަވެސް ޖޭއެސްސީން ދޮގު ކުރެއެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރި ކޮމިޓީގައި ހިމެނޭ މެމްބަރަކު ކޮމިޓީން ވަކިވުމުން އެ މެމްބަރުގެ ބަދަލުގައި ކޮމިޓީއަށް އެހެން މެމްބަރަކު އައްޔަނުކުރެވުނުކަން ޖޭއެސްސީން ފާހަގަ ކުރެއެވެ.

ވުމާއެކު، މި މައްސަލަ ކުރިއަށް ގެންގޮސް، ތަހުގީގުކޮށް، ކޮމިޝަނުން ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއަތުތައް ފުރިހަމަވާގޮތަށް ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ފަނޑިޔާރުން ވަކިކުރުން، އުފާކުރަންޖެހޭފަދަ ބޮޑު ކާމިޔާބެއް!

ދެ ފަނޑިޔާރުން ވަކިކުރުން، އުފާކުރަންޖެހޭފަދަ ބޮޑު ކާމިޔާބެއް!

19 ނޮވެމްބަރު 2019
އިންތިހާބުކުރާ ވެރިމީހާ އަޒުލުކުރެވޭއިރު، ފަނޑިޔާރުންނަށް އިސްތިސްނާއެއް ނެތް!

އިންތިހާބުކުރާ ވެރިމީހާ އަޒުލުކުރެވޭއިރު، ފަނޑިޔާރުންނަށް އިސްތިސްނާއެއް ނެތް!

15 ނޮވެމްބަރު 2019
ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެ ހުރެ ކޮން ނަޒާހާތްތެރިކަމެއްގެ ވާހަކައެއްތޯ؟

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެ ހުރެ ކޮން ނަޒާހާތްތެރިކަމެއްގެ ވާހަކައެއްތޯ؟

10 ނޮވެމްބަރު 2019
ފަނޑިޔާރުންގެ އަހުލާގު ބަޔާން ކުރި ހުކުމް ހަނދާންކޮށްލަމާ!

ފަނޑިޔާރުންގެ އަހުލާގު ބަޔާން ކުރި ހުކުމް ހަނދާންކޮށްލަމާ!

14 މެއި 2019
ދިވެހިންނަށް މިފަހަރު ލިބުނު އީދު ހަދިޔާ – ރައީސް މައުމޫނާއި އިސްފަނޑިޔާރުންގެ ޖަލު ހުކުމް!

ދިވެހިންނަށް މިފަހަރު ލިބުނު އީދު ހަދިޔާ – ރައީސް މައުމޫނާއި އިސްފަނޑިޔާރުންގެ ޖަލު ހުކުމް!

13 ޖޫން 2018

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު