Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެ ހުރެ ކޮން ނަޒާހާތްތެރިކަމެއްގެ ވާހަކައެއްތޯ؟

އެތައް ބައެއްގެ އަތުން ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތު ކުރެވޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2019 | އާދީއްތަ 12:08
ސަސްޕެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް

ސަސްޕެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް

ނިމިގެން ދިޔަ ހަފްތާގައި ރާއްޖޭގެ މީޑިއާ ތަކުގައި އެންމެ ތިލަވެގެން އުޅެނީ ކްރިމިނަލް ކޯޓުގެ ގާޒީ އަކަށް ހުންނެވި ގާޒި އަހުމަދު ހައިލަމްގެ ސަސްްޕެންޑް ކުރި ވާހައެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުއްވަމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުން ތިބޭ ވައިބަރ ގްރޫޕްއަކަށް ހައިލަމް ޝެއަރ ކުރި ފޮޓޯގައި ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީސްގެ ރައީސް މުހައްމަދު ނަޝީދު ކަރުގައި ވާޖަހާ ދަމާތަނެވެ. މިއީ ރާއްޖޭގެ މަތީ ކޯޓެއްގެ ގާޒީއަކަށް ހުންނެވި ހައިލަމް ނަސްރުގެ ތަހުނިޔާ ކިޔުއްވި ގޮތެވެ. އަނިޔާވެރި ކަމަށް ހިތްވަރުދޭ މޭރުމުން ދޭހަވާ އެ ފޮޓޯ ޝެއަރ ކުރެއްވި ތަނާއި އެކު އެއީ ޖޭއެސްސީން ހައިލަމް ސަސްޕެންޑް ކުރިއެވެ. އޭގެ އެއް ދުވަސް ފަހުން އެކަން ރޭކަލައިގެން އެކަން ކުރެވުނީތީވެ މޮޔަ ހީވެެގެން އަމިއްލަ ދިފާއުގައި ހައިލަމް ބަޔާނެއް ނެރުއްވިއެވެ.

އެއީ ސުލޫކީ މައްސަލައެކޭ ނުވަތަ ފަނޑިޔާރުންގެ ސުލޫކަށް އަސަރު ނުކުރާ ކަމެކޭ ނުވަތަ ޝަރީއަތަށް ނުފޫޒު ފޯރުވަން ކުރާ ކަމެކޭ ކިޔާފައި ރަށު ތެރޭގައި ވާހަކަތައް ދެކެވޭއެވެ. އެ ހުރިހާ ކަމެއް އެއް ފަރާތް ކޮށްލާފައި މި ދަނޑިވަޅުގައި ފަނޑިޔާރުގެ އަހުލާގު ބަޔާންކޮށް ސުޕްރީމް ކޯޓުން ނެރުނު ހުކުމުގެ މަތިން ހަނދާން އާކޮށްލުން މުހިއްމެވެ.

ފަނޑިޔާރުންގެ އަހުލާގު ބަޔާންކޮށްދެމުން ބުނެފައި ވަނީ, ފަނޑިޔާރުންނަކީ އާދައިގެ މީހުންނަށް ވުރެ ވެސް ބޮޑަށް ރިވެތި އަހުލާގީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެބައިމީހުންގެ އަމަލާއި ބަސްމަގު ސީދާ ކުރުމުގެ މައްޗަށް އަބަދުމެ ފާރަވެރިވެ، ފަރުވާތެރިވެ، އެކަމަށް ސަލާމުވާންޖެހޭ ބައެއް ކަމަށެވެ.

ފަނޑިޔާރުންގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ލާޒިމު ސިފައަކީ އަދާލަތުގެ ސިފައެވެ. އިލްމުވެރިން އަދާލަތުގެ ލަފްޒުން ގަސްދުކުރައްވާ މާނައަކީ ބޮޑެތި ފާފަތައް ކުރުމުންނާއި ކުދި ފާފަތައް ތަކުރާރުކޮށް ކުރުމުންނާއި މުރޫއަތްތެރިކަން ގެއްލޭފަދަ ހުއްދަ ކަންކަން ވެސް ކުރުމުން އެއްކިބާވެ އެކަންކަމުން ދުރުހެލިވުމުގެ ސިފަ ތަބީއީ ގޮތުން ވެސް ނަފްސުގައި ހަރުލާފައިވުމުމެވެ. ގާޒީނާއި ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ މުރޫއަތްތެރިކަމުގެ ސިފައަކީ ކަރާމާތާއި ޝަރަފާއި އެ މީހަކު ވަޒީފާ އަދާކުރާ ގިންތީގެ ކަރާމާތާއި މުޖުތަމައުގައި އޭނާއަށް ލިބިފައިވާ މަގާމާއި ގަދަރާ އެކަށިގެން ނުވާ ކޮންމެ ކަމަކުން އަމިއްލަ އިހްތިޔާރުން ދުރުހެލިވެ، ރައްކައުތެރިވުމެވެ.

އެފަދައިން ބަޔާންކޮށްފައިވާއިރު، އުފެދޭ ސުވާލަކީ ގާޒީ ހައިލަމްގެ އަހުލާގީ ގޮތުން ލާޒީމްކުރާ ސިފަހުރިތޯއެވެ. އަމިއްލަފުޅަށް އަނިޔާވެރިކަމަށް ހިތްވަރުދޭ ފޮޓޯތައްލާއިރު އެވަރު ނޭނގުމަކީ ފަނޑިޔާރަށް މުޖުތަމައުގައި ލިބިފައިވާ މަގާމާއި ގަދަރު ގެއްލުން ނޫން ދެން އެހެން ކޮން ކަމެއްތޯއެވެ.

ޕީޕީއެމްގެ އެކްޓިވިސްޓުން ތަކެއް ހިންގަމުން ފޭސްބުކް ޕޭޖަކަށް ލާފައިވާ ފޮޓޯ އެއް އެންމެ ފުރަތަމަ ޝެއަރ ކުރާ ހިސާބުން އެއިން ދޭހަވަނީ ވަކި ފަރާތަކަށް ނުވަތަ ވަކި ފިކުރަކަށް އޭނާގެ ހިތްލެނބުމެވެ. ނިޔާ ކަނޑައެޅުމުގައި ވަކި ފަރާތަކަށް ބުރަވާ ކަމެެކެވެ. އަދި ވަކި ފަރާތަކުން މަންފާ ހޯދަން މަސައްކަތް ކުރާމުންދާ ކަމުގެ ހެއްކެވެ. އެ ފިޔަވާޅައި އެކު ހައިލަމްގެ މަގާމާއި ގަދަރު އެވަނީ ގެއްލިފައެވެ. ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާ ކަމެވެ. އަމަލާއި ބަސްމަގު ގެއްލިފައިވާ ކަމެވެ.

ފަނޑިޔާރުންގެ އަހުލާގު އިތުރަށް ތަފްސީލުކޮށްދެމުން ހުކުމްގައި ބުނެފައި ވަނީ ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ އަދާލަތުގެ ޝަރުތު ނިޔާކުރަނީ ބަސްމަގު ސީދާކުރުމާ އެކު ހަރާމްކުރައްވާފައިވާ ނުވަތަ މަކުރޫހަ ކުރައްވާއިވާ ކަމަކަށް ނުވިޔަސް މުޖުތަމައުގެ އުރުފުގައި އެކަމަކީ ގާޟީއަކު ކުރުން އެކަށީގެންނުވާ ކަމެއް ކަމުގައި ބެލެވޭ ކޮންމެ ކަމަކުން ފަނޑިޔާރަކު ދުރުހެލިވާންޖެހޭނެ ކަމަށެވެ.

ފަނޑިޔާރު ކަމަށް ކޮންމެހެން ގެނެވިގެން ނުވާނެ ބައެއްގެ ވާހަކަ ވެސް އެ ހުކުމްގައި ބުނެފައިވެއެވެ. ފާސިގަކު ފަނޑިޔާރު ކަމަށް އިސްކޮށްގެން ނުވާނެ ކަމަށް ހުކުމްގައި ތަކުރާރުކޮށްފައިވެއެވެ. އެކަމަށް ދަލީލު ދެމުން، ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން މިސާލު ދައްކައި ގިނަ ވާހަކަތަކެއް ހުކުމްގައި ބަޔާންކޮށްފައިވެއެވެ. ފާސިގުން ދޮގުތެދު ނުބަލާނެ ކަމަށާއި ނަމަވެސް ގާޒީންނާއި ފަނޑިޔާރުންނަކީ އެންމެ ހުލްގު ހެޔޮ ރިވެތި މީހުންނެވެ. އެންމެ ފަހުގެ ރަސޫލާ އަދި ނަބިއްޔާ ސަލާމާއި ސަލަވާތް ލެއްވި މުހައްމަދުގެ ފާނު ރަސޫލުކަމާއި އަދި ނަބީކަމާއިގެން ފޮނުއްވުމުގެ މައިގަނޑު މަގުސަދުގެ ތެރެއިން އެއް މަގުސަދަކީ މީސްތަކުންގެ އަހްލާގު ރިވެތިކޮށް ފުރިހަމަކުރުންކަން އެކަލޭގެފާނުގެ ހަދީސްފުޅުތަކުން އެނގޭ ކަމަށް ސުޕްރީމް ކޯޓުން މީގެ އަހަރެއްހާ ދުވަސް ކުރިން ކުރި ހުކުމްގައިވެއެވެ.

އަދި މިހާތަނަށް ސާބިތުވެފައިނުވިޔަސް ހައިލަމް އަކީ މަގާމަށް ވަޑައިިގެންނެވީ ދުވަހުން ފަށައިގެން ރިޝްވަތު ނަންގަވަމުން ގެންދަވާ ބޭފޫޅެއް ކަމަށް މީހުންގެ ތެރޭގައި އަބަދުވެސް ވާހަކަ ދެކެވޭއެވެ. ވަކިން ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރާ މީހުން ދޫކޮށްލުމަށް ބޮޑެތި އަދަދުން ''ހަރާން'' ފައިސާ މިހާރުވެސް ނަންގަވަމުންދާ ބޭފުޅެއް ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވެއެވެ.

ގާޒި ހައިލަމް! މަނިކުފާނު ރިޝްވަތު ނަންގަވާ ބޮޑެތި ކުށްވެރިން ކޯޓުން މިނިވަން ކުރާ ވާހަކައަކީ ތުންތުން މަތިން އިވޭ ވާހަކަތަކެވެ. މިއަދު ކުއްލިޔަކަށް ދެރިން ހަތަރު ސަފްހާގެ ބަޔާނެއް ނެރެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅައި ތިމާގެ ނަޒާހަތްތެރިކަން ދައްކައި ''ޑްރާމާ'' ކުޅުއްވަން ނޫޅުއްވާށެވެ. ގާޒީ މަނިކުފާނުގެ ނަޒާހަތްތެރިކަން ވަރަށް ރަނގަޅަށް ހުރިހާ އެންމެންވެސް ދަނެއެވެ.

އަޑު ބާރުކޮށް މަނިކުފާނު ވިދާޅުވަމުން ތިގެންދަވަނީ، ތިމަން މަނިކުފާނަށް ނުފޫޒު ފޯރުވާމުންދާ ވާހަކައެވެ. އެ ފަރާތްތަށް ހާމަކުރައްވަން ކެރި ވަޑައިގެން ނޫޅުއްވަނީ ކީއްވެތޯއެވެ. މިއޮތް ހުރިހާ ދުވަހު ހަނު ހުންނެވުމަށް ފަހު މިއަދު ނިކުމެ ވަޑައިގެން ''ހިޔާލީ ފޯލާ'' ތަކެއް ނުދައްކަވާށެވެ. އިއްޒަތާއި ގަދަރު ހުރި މަގާމެއްގައި ހުންނަވައިގެން އެކްޓިވިސްޓެއް މަގާމަކަށް ގާޒީއަކު ވެއްޓުމުން ލަދުގަންނަން ޖެހޭއެވެ. އަމިއްލަ ފުޅަށް ލަދުގެ ކަންފުޅެއްވެސް ނެތީތޯއެވެ؟ ތަނަކުން ފެންނަހާ ފޮޓޯއެއް ޝެއަރ ކުރައްވަމުން ތިގެންދަވަނީ ނެންގެވި އަދަދު ކުޑަވުމުންތޯއެވެ.

އަބުރު ކަތިލަމުންދާ ކަމަށް ވިދާޅުވާއިރު، އަބުރު ކަތިލެވެމުން ތިދަނީ އަމިއްލަ ފުޅަށެވެ. ގާޒި މަނިކުފާނެވެ. މަނިކުފާނުވެސް އަދުލު އިންސާފުން ކަންތައް ކުރައްވަމުން ގެންދެވިނަމަ މިއަދު ތިމާޅީގައި ޖެހިވަޑައިގަންނަވާކަން ނުޖެހޭނެއެވެ. އަމިއްލައިން ފެހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރި ތިއޮށް ދަނީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަރުވާއަށް އައީ ކޮންރަށެއްގެ ކާކުތޯ ނާހައި މެހުމާންދާރީގައިހުރެ، ހިލޭ ބޭސްކޮށްގެންދާށެވެ!

ފަރުވާއަށް އައީ ކޮންރަށެއްގެ ކާކުތޯ ނާހައި މެހުމާންދާރީގައިހުރެ، ހިލޭ ބޭސްކޮށްގެންދާށެވެ!

25 މާރިޗު 2020
ޝިކާރަވެރިއެއްކަން އެނގިހުރެ ބޮޑު ގޮނޑިއާއި އޮފީސް ދިނުމުންވެސް ވަކިކުރާކަށް ނުވޭތޯ؟

ޝިކާރަވެރިއެއްކަން އެނގިހުރެ ބޮޑު ގޮނޑިއާއި އޮފީސް ދިނުމުންވެސް ވަކިކުރާކަށް ނުވޭތޯ؟

04 ފެބުރުއަރީ 2020
އިންސާނުންގެ ކަރުގައި ޗޭނުޖަހާ ދަމަން ހިތްވަރުދޭ ގާޒީއެއް މަގާމުގައި ހުރެގެން ނުވާނެ!

އިންސާނުންގެ ކަރުގައި ޗޭނުޖަހާ ދަމަން ހިތްވަރުދޭ ގާޒީއެއް މަގާމުގައި ހުރެގެން ނުވާނެ!

07 ނޮވެމްބަރު 2019
ފަނޑިޔާރުންގެ އަހުލާގު ބަޔާން ކުރި ހުކުމް ހަނދާންކޮށްލަމާ!

ފަނޑިޔާރުންގެ އަހުލާގު ބަޔާން ކުރި ހުކުމް ހަނދާންކޮށްލަމާ!

14 މެއި 2019
ދިވެހިންނަށް މިފަހަރު ލިބުނު އީދު ހަދިޔާ – ރައީސް މައުމޫނާއި އިސްފަނޑިޔާރުންގެ ޖަލު ހުކުމް!

ދިވެހިންނަށް މިފަހަރު ލިބުނު އީދު ހަދިޔާ – ރައީސް މައުމޫނާއި އިސްފަނޑިޔާރުންގެ ޖަލު ހުކުމް!

13 ޖޫން 2018

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު