Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަހަށް ހަމަ އަގު ހޯދުން

މިފްކޯއަށް މިހާރު މަސް ގަންނަނީ ހަމަ އަގުގައެއްް ނޫން - މިނިސްޓަރު

ހަމަ އަގަކީ އެ އުފައްދާ މީހުންނަށް ޚަރަދުތައް ކެނޑުމަށް އެކަށީގެންވާ އާމްދަނީއަކަށްވާން ޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 18 މެއި 2022 | ބުދަ 06:41
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރު ޙުސައިން ރަޝީދު ޙަސަންއާ ސުވާލުކުރެއްވުން

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރު ޙުސައިން ރަޝީދު ޙަސަންއާ ސުވާލުކުރެއްވުން

މިފްކޯއަށް މިހާރު މަސް ގަންނަނީ ހަމަ އަގުގައި ނޫން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރު ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ކުރެއްވި ސުވާލަަށް ޖަވާބު ދެއްވުމަށް މަޖިލީހުގެ ތަޅުމަށް ވަޑައިގެން އިތުރު މެމްބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ހަމަ އަގަކީ ކޮބައިގަން އެނގެން ޖެހޭ ކަމަށެވެ. އެއަގަކީ އެ އުފައްދާ މީހުންނަށް ޚަރަދުތައް ކެނޑުމަށް އެކަށީގެންވާ އާމްދަނީއަކަށްވާން ޖެހޭ ކަމަށާއި، އެ އަަގަކީ، އެތަކެތި ގަނެ އޭގެން އިތުރު ޕްރޮޑަކްޓެއް އުފައްދައި އިތުރު މާކެޓުތަކަށް ވިއްކޭ އަގަކަށް ވާން ޖެހޭ ކަމަށެވެ. މިހާރު މިފްކޯއަށް މަސް ގަންނަނީ ހަމަ އަގުގައި ނޫން ކަމަށާއި، މިހާރުވެސް އެކްސްޕޯޓުކުރާ މަހުން އެވްރެޖްކޮށް 281 ޑޮލަރު މިފްކޯއަށް ގެއްލުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ކޮސްޓް އޮފް ޕްރޮޑަކްޝަނަށްވުރެ މާކެޓް އަގު ދަށް ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިދިޔަ މާޗު މަހުން ފެށިގެން މިފްކޯ އިން ވަނީ އެ ކުންފުނިން މަސް ގަންނަ އަގު 17 ރުފިޔާއާ ހަމަޔަށް ބޮޑު ކޮށްފައެވެ. މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަކީ ރައީސް ސާލިހުގެ ރިޔާސީ ވައުދެކެވެ. މިކަމަށް މަސައްކަތްތަކެއް ކުރައްވާ ކަމަށް މި އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ވަނީ ފާހަގަކުރައްވާފައެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން، ރަސްދޫ އައިސް ޕްލާންޓްގެ މަސައްކަތާ ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރަސްދޫގައި ސައުދީ ފަންޑުގެ އެހީގައި 255 ޓަނުގެ އައިސް ޕްލާންޓެއް ގާއިމް ކުރުމަށް ޓެންޑަރ ކުރެވި މުއްދަތު ހަމަވި އިރު ބިޑް ހުށައަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށެވެ. އެއީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑެއް ކަމުން ބިޑް ހުށައެޅުމުގެ ކުރިން ރަޖިސްޓްރީ ވާން ޖެހޭއިރު، ބިޑް ހުށައެޅި ފަރާތުން ކުރިން ރަޖިސްޓްރީ ވެފައި ނުވާތީ ބިޑް ޑިސްކޮލިފައި ވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ބިޑް ހުށައެޅުމަށް ދަތިތަކެއް ކުރިމަތިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ބޭރުން ތަކެތި ގެނަ އުމަށް ބުނެފައިވާތީ ދީފައިވާ 6 މަސް ދުވަހުގެ މުއްދަތުގައި އެކަން ނުކުރެވޭނެ ކަމަށް ޝައުގުވެރި ޕާޓީތަކުން ބުނެފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފައިނޭޝިއަލް އެލިޖިބިލިޓީ ކްރައިޓީރީއާ މަތި ކަމަށްވެސް ފާހަގަކޮށްފައިވާ ކަމަށާއި އެހެންކަމުން ދެވަނަ ފަހަރަށް ބިޑަށް ހުޅުވާލުމުގެ ކުރިން ބީލަން ކަރުދާހަށް ބަދަލު ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރެވި އެ ބަދަލުތައް ގެނެސް ސައުދީ ފަންޑަށް ހުށައެޅުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެބަދަލުތައް ގެނެސް އަލުން ބީލަމަށް ހުޅުވާލާފައި ކަމަށާއި، އެކަމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބިޑް ހުށައަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 8 ޖޫން އެެވެ.

މަސްވެރިންނަށް އައިސް ލިބޭނީ އައިސް ޕްލާންޓްތައް އެޅައި ނިމުމުންކަމަށްވެސް ފިޝަރީޒް މިނިސްޓަރު އިތުރަށް ފާހަގަކުރެއްވިއެވެ.

ކޫއްޑޫގެ މައްސަލަ ހައްލު ކުރުމަށް 23 މޭގެ ކުރިން ރައީސް އޮފީހަށް ފޮނުވުމަށް އަންގާފައިވާ ކަމަށާއި، އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު