Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައި ސްޕީޑް ފެރީ ނިޒާމު

ހައި ސްޕީޑް ފެރީ ނިޒާމު: ފުރަތަމަ 11 ދުވަސް ތެރޭގައިވެސް 3000 ދަތުރުވެރިން

މެއި މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހުން ފެށިގެން ހދ އަތޮޅުގެ ދަތުރުތައް ވަނީ ފެށިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 މެއި 2022 | އަންގާރަ 08:02
ފެރީގެ ޚިދުމަތް ފެށުން- މެއި މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހުން ފެށިގެން ހދ އަތޮޅުގެ ދަތުރުތައް ވަނީ ފަށާފައި

ފެރީގެ ޚިދުމަތް ފެށުން- މެއި މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހުން ފެށިގެން ހދ އަތޮޅުގެ ދަތުރުތައް ވަނީ ފަށާފައި

ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ފުރަތަމަ ފިޔަވަހި ފަށާފައިވާއިރު، ފުރަތަމަ 11 ދުވަސް ތެރޭގައިވެސް 3000 ދަތުރުވެރިން ދަތުރުކޮށްފައިވާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޖޫން މަސް ނިމެންވާއިރަށް ހއ ނިންމައި، ޖުލައި މަސް ނިމެންވާއިރަށް ހއ ހދ އަދި ށ ގައި ފެރީގެ ޚިދުމަތް ފެށޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެ މަސައްކަތް ނިމުމަށްފަހު ދެކުނުގައި އެ ޚިދުމަތް ފެށުމަށް ވިސްނަވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އެ މަސައްކަތް އެންމެ އެކަށީގެންވާ ސްޕީޑުގައި ކުރިއަށް ނުދާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ދަތުރުފަތުރާ ނުލައި ލާމަރުކަޒީވެސް ނުކުރެވޭނެ ކަމަށާއި، ޤައުމު އެއްކޮށް ތަރައްޤީ ނުކުރެވެނެކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ތަރައްޤީއަކީ ހަމައެކަނި ކަނޑުން ވެލި ނަގައިގެން ބިން ހިއްކުން ނޫންކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ އެއް ރަށް އަނެއްރަށާ ގުޅި ލާމެހެންޖެހޭކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވާ ގޮތުގައި އެކަން ކުރެވޭނެ ގޮތަކީ ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމެވެ.

ހައިސްޕީޑް ފެރީ ނިޒާމަށް އަލިއަޅުވާލައްވާ މިނިސްޓަރު ވިދާޅުވީ، އެ ޕްރޮޖެކްޓުގެ ދަށުން ހދ އަތޮޅުގެ ރަށްތަކުގައި ފެރީ ތާވަލުކުރެވި، ދަތުރު ފެށިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ 11 ދުވަސް ތެރޭގައިވެސް 3000 ދަތުރުވެރިން ދަތުރުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބޭސްފަރުވާއަށް ދިއުމަށް ކޮށްފައިވާ ދަތުރުތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ބާޒާރު ކުރުމާއި، ޗުއްޓީ ހޭދަކުރުމަށްވެސް އެކި ފަރާތްތަކުން ދަތުރުކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ދަށުން، މެއި މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހުން ފެށިގެން ހދ އަތޮޅުގެ 13 ރަށް ހިމެނޭހެން 5 ރޫޓުގެ ދަތުރުތައް ވަނީ ފަށާފައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު