Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްލޭނިންގ މިނިސްޓްރީގެ މަސައްކަތްތައް

ފެލިދޫގެ ރަށް ގިރުމުގެ މައްސަލަ: އީއައިއޭއާއި ޓެންޑަރިންގ ކުރިއަށް ގެންދެވޭނީ ކައުންސިލުން ޖަވާބެއް ދިނުމުން

މިނިސްޓަރ ހާޒިރު ކުރައްވާފައިވަނީ ވެލިދޫ ދާއިރާގެ މެންބަރު ކުރައްވާ ސުވާލަކާއި ގުޅިގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 މެއި 2022 | އަންގާރަ 04:47
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުން

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުން

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރިއަށްގެންދާ މަޝްރޫއުތަކާއި ގުޅޭގޮތުން މިނިސްޓަރު މުޙައްމަދު އަސްލަމް މަޖިލީހަށް ވަޑައިގެން މައުލޫމާތު ފޯރުކޮށްދެއްވައިފިއެވެ.

2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާއަށް އަންގާރަ ދުވަހު މިނިސްޓަރު ހާޒިރު ކުރައްވާފައިވަނީ ވެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ކުރައްވާ ސުވާލަކާއި ގުޅިގެންނެވެ.

މެމްބަރު ފަޒުލް ވަނީ ވ.ފެލިދޫ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމަށް ޕީ.އެސް.އައި.ޕީގައި ހިމެނިފައިވާއިރު، މަސައްކަތް ނުފެށި ލަސްވާ ސަބަބުތަކާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ފެލިދޫގެ ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުމަށް ކޮންސެޕްޓެއް ތައްޔާރުކޮށް 20 އޭޕްރީލް 2022 ގައި ރަށު ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ. އެ މަސައްކަތުގެ ދަށުން އީއައިއޭ މަރުޙަލާއާއި ޓެންޑަރިންގ މަރުޙަލާ ކުރިއަށް ގެންދެވޭނީ ރަށު ކައުންސިލުން ޖަވާބެއް ދިނުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާންމު ގޮތެއްގައި އީއައިއޭ އަދި ޓެންޑަރިންގ މަރުޙަލާއަށް 3 މަސް ދުވަސްވަރު ހޭދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން، އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން މަރަދޫ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޕްރޮޖެކްޓް މޮބިލައިޒް ކުރުމުގެ ކުރިން ކުރަންޖެހޭ ކަންކަން މިހާރު ކުރިއަށްދާ ކަމަށެވެ.

ޖުލައި މަސް ތެރޭގައި އެ މަސައްކަތް މޮބިލައިޒް ކުރާނެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ މިވަގުތު އެކަމާ ގުޅޭ މަސައްކަތްތައް ކުރިއަށްދަނީ އެކަށީގެންވާ ސްޕީޑުގައިކަމަށް ވިދާޅުވެފައެވެ.

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާވެސް ވަނީ އެ ދާއިރާގެ މަޝްރޫއުތަކާއި ގުޅިގެން މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ. އެކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ، މިލަންދޫ ބަނދަރުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ހިނގާނެ ކަމަށެވެ. އެއީ ބަޖެޓުގައިވެސް ހިމެނިފައިވާ މަސައްކަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރ. އިންނަމާދޫ ނަރުދަމާގެ މަސައްކަތާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތުގެ 80 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ މަސައްކަތް އެންމެ އެކަށީގެންވާ ސްޕީޑުގައި ކުރިއަށް ނުދާކަން ޤަބޫލު ކުރައްވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު