Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާޒިމާ ޝަކޫރުގެ ޝަރީއަތް

އާޒިމާގެ މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށައެޅި 2 އިސްތިއުނާފީ ގަޒިއްޔާވެސް ދައުލަތާ އެއްކޮޅަށް

އާޒިމާގެ މައްޗަށް މަނީ ލޯންޑަރިންގ އާ ގުޅޭ ދެ ދައުވާއެއް ކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 މެއި 2022 | ހޯމަ 09:45
އާޒިމާގެ ޝަރީއަތް- އިސްތިއުނާފްއާއި ގުޅޭގޮތުން ދެފަރާތުން ވަނީ ވާހަކަ ދައްކަވާފައި

އާޒިމާގެ ޝަރީއަތް- އިސްތިއުނާފްއާއި ގުޅޭގޮތުން ދެފަރާތުން ވަނީ ވާހަކަ ދައްކަވާފައި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރުކުރުމާއި ގުޅޭ ދެ ދައުވާއާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށައެޅިފައިވާ އިސްތިއުނާފު ގަޒިއްޔާތައް ދައުލަތާ އެއްކޮޅަށް ނިމިއްޖެއެވެ.

މި މައްސަލައިގައި ޙުކުމް ކުރެއްވުމަށް ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އެމަނިކުފާނުގެ ރައުޔު އިއްވަވާފައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށައެޅިފައިވާ މައްސަލަތަކަށް ބަލާއިރު، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހުށައެޅި އިސްތިއުނާފެއްގެ އިތުރުން، އާޒިމާގެ ފަރާތުން ހުށައެޅި އިސްތިއުނާފެއްވެސް ހިމެނެއެވެ.

ޕީޖީ އޮފީހުން ހުށައަޅާފައިވަނީ ހައިކޯޓުގެ އިޖުރާއީ ދެ ނިންމުމަކާއި ގުޅޭ އިސްތިއުނާފެކެވެ. އެގޮތުން ދައުލަތުން ހުށައެޅި އިސްތިއުނާފުގައި ދެ ނުކުތާއެއް ހިމެނެއެވެ.

ޤާނޫނީ ވަކީލާއިި ގުޅޭގޮތުން ދައުލަތުން ހުށައެޅި ނުކުތާ:

ދައުލަތުގެ ފުރަތަމަ ނުކުތާއަކީ، އާޒިމާގެ ވަކީލެއްގެ ގޮތުގައި އިންނެވި އެއް ފަރާތަކީ ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތު ކަމަށްވުމާއެކު، އެކަމަށް އިއުތިރާޒުކޮށް ދައުލަތުން ހައިކޯޓަށް ހުށައެޅި އިސްތިއުނާފުގައި، އޭނާއަށް ވަކާލާތު ކުރެވޭނެކަމަށް ހައިކޯޓުން ނިންމެވި ނިންމުމާއި ގުޅޭ ނުކުތާއެކެވެ.

ދައުލަތުން ބުނާ ގޮތުގައި ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 146 ވަނަ މާއްދާގެ (ނ) ގެ ދަށުން ބަލާއިރު، އެ މުއްދަތުގައި އިދާރާއަށް ހުށައެޅިފައިވާ ނުވަތަ އިދާރާއިން މަޝްވަރާ ކުރެވިފައިވާ މައްސަަލައެއްނަމަ، ވަކާލާތު ނުކުރެވޭނެއެވެ.

ވީއިރު، ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ ދަށުން ނިހާޔަތުއަށް މި މައްސަލައިގައި ވަކީލެއްގެ ގޮތުން ތަމްސީލު ނުކުރެވޭނެކަމަށް ދައުލަތުން ދެކުނު ނަމަވެސް، ހައިކޯޓުން ނިންމީ އޭނާއަށް ވަކާލާތު ކުރެވޭނެ ކަމަށެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވާ ގޮތުގައި މިފަދަ އިޖުރާއީ އިއުތިރާޒެއް މީގެ ކުރިން ސުޕްރީމް ކޯޓުގައި ނަގާފައިވެއެވެ (މުޙައްމަދު ނިޔާޒް ވ ޕީޖީ އޮފީސް). އެ މައްސަލަ ނިންމެވި ފަނޑިޔާރުންގެ ބެންޗުން ނިންމަވާފައިވަނީ އުސްތާޛު ނޫރުއްސަލާމްއަށް ވަކާލާތު ނުކުރެއްވޭ ކަމަށެވެ.  

މި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ހުސްނުއްސުއޫދު ދެކިވަޑައިގަންނަވައެވެ. އެގޮތުން ނިހާޔަތުއަށް ވަކާލާތު ކުރެވޭނެކަމަށް ހައިކޯޓުން ނިންމި އުސޫލު ރަނގަޅު ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

މަދަނީ މިންގަނޑާ ގުޅޭ ގޮތުން ދައުލަތުން ހުށައެޅި ނުކުތާ:

ދައުލަތުގެ ދެވަނަ އިސްތިއުނާފީ ނުކުތާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ނިންމާ ނިންމުންވެސް އިސްތިއުނާފު ކުރެވޭނެކަމަށް ހައިކޯޓުން ނިންމި ނިންމުމެވެ.

ދައުލަތުން ބުނާ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާއަށް ގެނައި އިސްލާޙަށް ރިއާޔަތްކުރާއިރު، އިސްތިއުނާފު ކުރެވޭނީ ކޮން ބާވަތެއްގެ ނިންމުމެއްކަން ވަނީ ބަޔާން ކޮށްފައެވެ.

އެެ މާއްދާގައި, ކޯޓަކުން ކޮށްފައިވާ ހުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް، ނުވަތަ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ބުނެފައިވަނީ، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެކަމަށް ނިންމާ ހުރިހާ ނިންމުމެއް, ދިފާއުން މަތީ މަރުހަލާގެ ކޯޓުގައި އިސްތިއުނާފު ކުރެވޭނަމަ، ކޮންމެ މައްސަލައެއް ނިމިގެންދާނީ ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުގެ މަރުހަލާއިން ކަމަށެވެ.

އެހާހިސާބުން މައްސަލަތައް ފުނިޖެހި, މަތީ މަރުހަލާގެ ކޯޓުތަކަށް "ފްލަޑް ގޭޓް"އެއް ހުޅުވިގެންދާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އެ ގެނައި އިސްލާޙުގެ ނަތީޖާއެވެ.

މި ނުކުތާވެސް ހައިކޯޓުން ނިންމީ ދައުލަތާއި ދެކޮޅަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމާފައިވަނީ ދައުލަތާ އެއްކޮޅަށެވެ.

އެކަމާ ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި ގޮތުގައި، ޖިނާއީ މައްސަލައިގައި ޝަރީއަތް ކުރިއަށް ގެންދެވިދާނެ ކަމަށް ނިންމާ ނިންމުންތައް އިސްތިއުނާފު ކުރެވިދާނެކަމަށް އެމަނިކުފާނު ދެކިވަޑައިނުގަންނަވައެވެ.

މަދަނީ މިންގަނޑާ ގުޅޭގޮތުން އާޒިމާގެ ފަރާތުން ހުށައެޅި އިސްތިއުނާފު:

އާޒިމާގެ ފަރާތުން ހުށައެޅުއްވި އިސްތިއުނާފަކީ އޭނާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރކުރުމާގުޅޭ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ހައިކޯޓުން ނިންމުމުން ހުށަހެޅުއްވި މައްސަލައެކެވެ.

އާޒިމާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެއްވި މައްސަލައާގުޅޭ 3 އިސްތިއުނާފީ ނުކުތާ ޝަރީއަތަށް އޭނާގެ ފަރާތުން ހުށައެޅުއްވިއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވާ ގޮތުގައި، ޝަރީއަތް ކުރިއަށް ގެންދާނެ ތަން އޮތްކަމަށް ކަނޑައަޅައި ކޯޓުން ނިންމާ ނިންމުމަކީ އިސްތިއުނާފު ކުރެވޭނެ ބާވަތުގެ ނިންމެވުންތަކެއް ނޫނެވެ. ވީއިރު، އެ އިސްތިއުނާފީ ނުކުތާތަކަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދުވެސް ތާއީދު ކުރައްވައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު