Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަދަނީ އިޖުރާޢަތުގެ ޤާނޫނު

ފަނޑިޔާރުންނަށް އަމާޒުކޮށް މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ ތަމްރީން ފަށައިފި

ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވީ ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 މެއި 2022 | ހޮނިހިރު 08:39
ފަނޑިޔާރުންނަށް އަމާޒުކޮށް މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ ތަމްރީން ފެށުން

ފަނޑިޔާރުންނަށް އަމާޒުކޮށް މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ ތަމްރީން ފެށުން

ފަނޑިޔާރުންނަށް އަމާޒުކޮށް މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ ތަމްރީން ޕްރޮގްރާމް ފަށައިފިއެވެ.

ހޮނިހިރު ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވީ ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އެވެ.

މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި، ޤާނޫނު ދެނެގަނެ އެ ޤާނޫނު އޭގެ އެންމެ ފުރިހަމަ ގޮތުގައި ނެގެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުއްވާލައްވާފައިވެއެވެ. އަދި ޤާނޫނުގެ ޙުކޫމަތު ނެގެހެއްޓުމަކީ ޙުކުމަކުން ޤާނޫނު ނެގެހެއްޓުން ނޫންކަމާއި، އޭގެބަދަލުގަ އެއީ ޤާނޫނުގައި އޮތް ގޮތަށް ޙުކުމްތައް ބިނާކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން، އެންމެ ފުރިހަމަ ގޮތުގައި ޤާނޫނޫ ތަންފީޒު ކުރެވޭނީ ޙިކުމަތްތެރިކަމާއެކު ވިސްނާ ފިކުރު ކޮށްގެން ކަމަށާއި، ބޭރުގެ ނުފޫޒުތަކުން އެއްކިބާވެގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުއްތަމަފަނޑިޔާރު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އަމަލުކުރަން ފެށުނު އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މައްސަލަތައް ހިންގުމުގެ ބޭނުންތެރިކަމަށްވެސް އަލިއަޅުވާލައްވާފައެވެ.

ޑީޖޭއޭއިން މައުލޫމާތު ދޭ ގޮތުގައި މި ފެށުނު މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ ތަމްރީން ޕްރޮގްރާމްއަކީ މި ޕްރޮގްރާމްގެ ފުރަތަމަ ބުރެވެ. އެގޮތުން މި ބުރުގައި މާލޭގެ ކޯޓުތަކުގެ 22 ފަނޑިޔާރުން ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.

މި ޕްރޮގްރާމް ގައި ބައިވެރިންނަށް އިރުޝާދާއި ތަމްރީން ދެއްވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު ޙުސްނުއް ސުޢޫދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު އަދި ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އަޙްމަދު ޢަބްދުލްމަތީން އެވެ.

ޑީޖޭއޭއިން މައުލުމާތު ދޭ ގޮތުގައި މި ޕްރޮގްރާމްގެ ދެވަނަ ބުރު 15 މެއި 2022 ގައި ކުރިއަށް ގެންދެވޭނެއެވެ. އެގޮތުން އެއީ މެޖިސްޓްރޭޓުންނަށް އަމާޒުކޮށް، ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތަމްރީން ބުރެއް ކަމަށް އެ އިދާރާއިން ބުނެއެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނުގެ މަޤްސަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހި ކުރުވުމެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާނީ 16 ޖޫން 2022 ގައެވެ.

ފަނޑިޔާރުންޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް

ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް

03 ފެބުރުއަރީ 2025
ކޭސް މެނޭޖްމަންޓް ސިސްޓަމާއެކު އަވަސްކަމާއެކު އަދުލު އިންސާފު ލިބިގެންދާނެ - ރިޒްނާ

ކޭސް މެނޭޖްމަންޓް ސިސްޓަމާއެކު އަވަސްކަމާއެކު އަދުލު އިންސާފު ލިބިގެންދާނެ - ރިޒްނާ

27 އެޕްރީލު 2024
ކްރިމިނަލް ކޯޓުގެ ހިންގުން ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް އަދި ހަތަރު މަހެއްހާ ދުވަސް ނަގާނެ: ޑީޖޭއޭ

ކްރިމިނަލް ކޯޓުގެ ހިންގުން ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް އަދި ހަތަރު މަހެއްހާ ދުވަސް ނަގާނެ: ޑީޖޭއޭ

04 އެޕްރީލު 2024
މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ އަންނަ މަހު 8ގައި

މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ އަންނަ މަހު 8ގައި

21 މާރިޗު 2024

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު