Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ޗެއަރޕާސަން ބަހުސް 2022"

2023ގެ ރިޔާސީ ޓިކެޓް ރައީސް ސާލިހަށް ދިނުމަށް ފައްޔާޒު ތާއީދު، އިންތި ވިދާޅުވީ ޕްރައިމަރީއެއް އޮންނާނެ ކަމަށް

އެމްޑީޕީގެ އެތެރެއިން އިތުރު ޕާޓީއެއް އުފެދިގެން ނުދާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 11 މެއި 2022 | ބުދަ 19:10
ޗެއަރޕާސަން ބަހުސް 2022ގައި

ޗެއަރޕާސަން ބަހުސް 2022ގައި

ދެވަނަ ދައުރަކަށް ރައީސް ސާލިހަށް ރިޔާސީ ޓިކެޓް ދިނުމަށް "ގަދަޔަށް" ތާއީދު ކުރައްވާކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. 

ރާއްޖެޓީވީއިން ކުރިއަށްގެންދިޔަ "ޗެއަރޕާސަން ބަހުސް 2022"ގައި، ރައީސް ސާލިޙް އަށް ދެވަނަ ދައުރެއްގެ ޓިކެޓް ދިނުމަށް ތާއީދު ކުރައްވަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ރައީސް ސާލިޙަށް ޓިކެޓް ދިނުމަށް ގަދަޔަށް ތާއީދު ކުރައްވާ ކަމަށެވެ. ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ރިޔާސީ ޓިކެޓް ދިނުމަށް ޕްރައިމަރީއެއް އޮންނާނެ ކަމަށެވެ. އާނއެކޭ ނުވަތަ ނޫނެކޭ ބުނެ ޖަވާބު ދެއްވުމަށް ތަކުރާރުކޮށް ހޮސްޓް އެދުމުންވެސް އިންތި ވިދާޅުވީ، ޕްރައިމަރީއެއް އޮންނާނެ ކަމަށެވެ.

ޗެއަރޕާސަންގެ އިންތިޚާބަށްފަހު އެމްޑީޕީގެ އެތެރެއިން އިތުރު ޕާޓީއެއް އުފެދިގެން ނުދާނެ ކަމަށް ދެ ކެންޑިޑޭޓުންވެސް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އެމްޑީޕީން އެކަނި ނުކުމެ 2023ގެ އިންތިޚާބު ކާމިޔާބު ކުރެވޭވަރަށް އަދި ތައްޔާރު ނޫންކަމަށެވެ. އެހެންނަމަވެސް އިންތި ވިދާޅުވީ، އެމްޑީޕީން އެކަނި ނިކުމެވެސް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކަމަށް އިންތި ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ، ބަރުލަމާނީ ނިޒާމަށް ތައީދު ކުރައްވާ ކަމަށާއި، ނަމަވެސް ރާއްޖެއަށް އެ ނިޒާމު ގެނައުމަށް ތާއީދު ނުކުރައްވާކަމަށެވެ.

ފައްޔާޒު ވިދާޅުވީ، ޗެއާޕަރސަންގެ އިންތިޚާބަކީ 2018ގެ ފަހުން ބޭއްވޭ، އެމްޑީޕީއަށް އެންމެ މުހިންމު އިންތިޚާބު ކަމަށެވެ. އަދި މިހާރު އޮތް ސަރުކާރު ދިފާއުކޮށް ސަރުކާރަށް އެއްބާރުލުން ދީގެން ނޫނިީ 2023 ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ގެންނަން ޖެހޭނީ ސަރުކާރަށް ތާއީދުކޮށް ސަރުކާރަށް އެއްބާރުލުންދޭ މީހެއް ކަމަށެވެ.

އިންތި ވިދާޅުވީ، މިއީ ޕާޓީ ސަލާމަތް ކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. އެމަނިކުފާނު އިސް ކުރައްވާނީ، ނަޒާހަތްތެރިކަމާ ތެދުވެރިކަން ކަމަށާއި، އާންމު ރައްޔތިން ވީ ހާލެއްގައި މި ވޭތުވެދިޔަ ސަތާރަ އަހަރުވެސް ވެފައިވާނެ ކަމަށެވެ. ޕާޓީގެ އަސާސްތައް އެއީ ޕާޓީގެ އެންމެ މައި ތަނބު ކަމަށާއި، އެ ފުނޑާނުލާނެ މީހަކީ އެމަނިކުފާނު ކަމަށް އިންތި ވިދާޅުވިއެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލްމާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރާއްޖެޓީވީ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު