Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތު އޭޝިޔަން ޖޫނިއަރ ޓީޓީ މުބާރާތް

ރާއްޖޭގެ އަންހެން ޖޫނިއަރ ޓީމު ސެމީ ފައިނަލަށް

ރާއްޖެ ކުޅުނު ފުރަތަމަ ދެމެޗުވެސް ކާމިޔާބުކުރި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 9 މެއި 2022 | ހޯމަ 16:01
މުބާރާތުގައި ފާތިމަތު ދީމާ އަލީ ކުޅުމުގެ ތެރެއިން

މުބާރާތުގައި ފާތިމަތު ދީމާ އަލީ ކުޅުމުގެ ތެރެއިން

ރާއްޖޭގައި މިއަދު ފެށި ސައުތު އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ޖޫނިއަރ ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ސެމީގެ ޖާގައެއް ރާއްޖެ ޓީމުން ކަށަވަރުކުރީ ދެވަނަ މެޗުގައި ނޭޕާލް ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ގޭމުގައި ނޭޕާލްގެ ވިޔަންކާއާ ވާދަކޮށް ރާއްޖޭގެ ދީމާ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު 11-9 ން ދީމާ ކާމިޔާބުކޮށްފައި ވަނިކޮސް ދެވަނަ ސެޓު ވިޔަންކާ ވަނީ ފަހަތުން އަރާ 12-10 ން ކާމިޔާބުކޮށްފައެވެ. ފަހު ދެސެޓު ދީމާ ކާމިޔާބުކުރީ 11-8 އަދި 12-10 ންނެވެ.

ދެވަނަ ގޭމުގައި ރަފާ ނޭޕާލްގެ އިވާނާ އާއި ވާދަކޮށް ރަފާ ގޭމް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އަދި ފަހު ގޭމުގައި ރާއްޖޭގެ މިޝްކާ ވަނީ ފަހަތުން އަރާ ނޭޕާލްގެ ޝުޖަން ބަލިކޮށްފައެވެ. ފުރަތަމަ ސެޓު ޝުޖަން ކާމިޔާބުކުރީ 11-9 ންނެވެ. ނަމަވެސް މިޝްކާ ވަނީ 13-11 ން ދެވަނަ ސެޓު ކާމިޔާބުކޮށްފައެވެ. އަދި ފަހު ދެސެޓުވެސް އޭނާ ކާމިޔާބުކުރީ 11-5 ންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތަނާއި ބައްދަލުކޮށް ރާއްޖެ ވަނީ 3-1 ގޭމުން މެޗު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ދެގޭމު ރާއްޖެއިން ކާމިޔާބުކުރީ ދީމާ އާއި ރަފާ ކުޅެގެންނެވެ. ނަމަވެސް ތިންވަނަ މެޗުގައި ޕާކިސްތާނުގެ ކުލްސުމް ވަނީ ރާއްޖޭގެ މިޝްކާގެ މައްޗަށް ކުރި ހޯދާފައެވެ. ހަތަރު ގޭމު ކާމިޔާބުކޮށް ރާއްޖެ މެޗުން މޮޅުކޮށްދިނީ ދީމާއެވެ.

ޓީޓީ އެސޯސިއޭޝަން

އިތުރަށް ކިޔާލަން

18 ޖޫން 2022

ގައުމީ ޓީޓީ ޓީމު ފުރަތަމަ ފަހަރަށް ޔޫރަޕުގެ ތަމްރީނަށް

18 ޖޫން 2022
ގައުމީ ޓީޓީ ޓީމު ފުރަތަމަ ފަހަރަށް ޔޫރަޕުގެ ތަމްރީނަށް
05 ޖޫން 2022

ފުރަތަމަ ފަހަރަށް އަތޮޅުތެރޭގައި ޓޭބަލް ޓެނިސް ސެންޓަރެއް ހުޅުވައިފި

05 ޖޫން 2022
ފުރަތަމަ ފަހަރަށް އަތޮޅުތެރޭގައި ޓޭބަލް ޓެނިސް ސެންޓަރެއް ހުޅުވައިފި
10 މެއި 2022

ރާއްޖޭގެ ތައްޔާރީތަކަށް ތައުރީފް، އިތުރު ފުރުޞަތުތައް ލިބުން ގާތް!

10 މެއި 2022
ރާއްޖޭގެ ތައްޔާރީތަކަށް ތައުރީފް، އިތުރު ފުރުޞަތުތައް ލިބުން ގާތް!
10 މެއި 2022

ރާއްޖޭގެ އަންހެން ޓީމު ކެޑޭޓުބައިގެ ސެމީ ފައިނަލަށް

10 މެއި 2022
ރާއްޖޭގެ އަންހެން ޓީމު ކެޑޭޓުބައިގެ ސެމީ ފައިނަލަށް
10 މެއި 2022

ރާއްޖޭގެ ފިރިހެން ޓީމުތަކަށް ރަނގަޅު ތަޖުރިބާއެއް

10 މެއި 2022
ރާއްޖޭގެ ފިރިހެން ޓީމުތަކަށް ރަނގަޅު ތަޖުރިބާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު