Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތު އޭޝިޔަން ޖޫނިއަރ ޓީޓީ މުބާރާތް

އަންހެން ޑިވިޝަންގެ ފުރަތަމަ މެޗު ރާއްޖެއިން ކާމިޔާބުކޮށްފި

މި މެޗު ރާއްޖެ ޓީމުން ކާމިޔާބުކުރީ 3-1 ގޭމުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 9 މެއި 2022 | ހޯމަ 13:14
މުބާރާތުގައި އައިޝަތު ރަފާ ނާޒިމް

މުބާރާތުގައި އައިޝަތު ރަފާ ނާޒިމް

ރާއްޖޭގައި މިއަދު ފެށި ސައުތު އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ޖޫނިއަރ ޓީމު ކުޅުނު މެޗު ކާމިޔާބުކޮށްފިއެވެ.

ރާއްޖޭގެ އަންހެން ޖޫނިއަރ ޓީމު ފުރަތަމަ މެޗުގައި ވާދަކުރީ ޕާކިސްތާނާއެވެ. މި މެޗު ރާއްޖެ ޓީމުން ކާމިޔާބުކުރީ 3-1 ގޭމުންނެވެ. ފުރަތަމަ ގޭމުގައި ޕާކިސްތާނުގެ ހައިކާއާ ދެކޮޅަށް ނިކުމެ ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ގޭމް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ރަފާ ސެޓުތައް ކާމިޔާބުކުރީ 11-9، 11-8 އަދި 11-9ންނެވެ.

ދެވަނަ ގޭމުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ބައްދަލުކުރީ ޕާކިސްތާނުގެ ޒަމާން ހާންއާއެވެ. މި ގޭމް ދީމާ ކާމިޔާބުކުރީ 11-5، 11-8 އަދި 11-1ން ސެޓުތައް ކާމިޔާބުކޮށްގެންނެވެ.

ތިންވަނަ ގޭމުގައި ރާއްޖޭގެ މިސްކާ އިބްރާހިމް ބައްދަލުކުރީ ޕާކިސްތާނުގެ ކުލްސުމްއާއެވެ. މި ގޭމު ޕާކިސްތާނުން ކާމިޔާބުކުރީ ރާއްޖެއިން ދެސެޓު ހޯދާފައި ވަނިކޮށް ފަހަތުން އަރައެވެ. ހަތަރުވަނަ ގޭމުގައި ދީމާ ވަނީ އަލުން ކުޅެން ނިކުމެ މެޗު ކާމިޔާބުކޮށްފައެވެ. ޕާކިސްތާނުގެ ހައިކާއާ ވާދަކޮށް ދީމާ ގޭމު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ކާމިޔާބުކުރީ 11-7، 11-5 އަދި 11-3ންނެވެ.

ޓީޓީ އެސޯސިއޭޝަން

އިތުރަށް ކިޔާލަން

18 ޖޫން 2022

ގައުމީ ޓީޓީ ޓީމު ފުރަތަމަ ފަހަރަށް ޔޫރަޕުގެ ތަމްރީނަށް

18 ޖޫން 2022
ގައުމީ ޓީޓީ ޓީމު ފުރަތަމަ ފަހަރަށް ޔޫރަޕުގެ ތަމްރީނަށް
05 ޖޫން 2022

ފުރަތަމަ ފަހަރަށް އަތޮޅުތެރޭގައި ޓޭބަލް ޓެނިސް ސެންޓަރެއް ހުޅުވައިފި

05 ޖޫން 2022
ފުރަތަމަ ފަހަރަށް އަތޮޅުތެރޭގައި ޓޭބަލް ޓެނިސް ސެންޓަރެއް ހުޅުވައިފި
10 މެއި 2022

ރާއްޖޭގެ ތައްޔާރީތަކަށް ތައުރީފް، އިތުރު ފުރުޞަތުތައް ލިބުން ގާތް!

10 މެއި 2022
ރާއްޖޭގެ ތައްޔާރީތަކަށް ތައުރީފް، އިތުރު ފުރުޞަތުތައް ލިބުން ގާތް!
10 މެއި 2022

ރާއްޖޭގެ އަންހެން ޓީމު ކެޑޭޓުބައިގެ ސެމީ ފައިނަލަށް

10 މެއި 2022
ރާއްޖޭގެ އަންހެން ޓީމު ކެޑޭޓުބައިގެ ސެމީ ފައިނަލަށް
10 މެއި 2022

ރާއްޖޭގެ ފިރިހެން ޓީމުތަކަށް ރަނގަޅު ތަޖުރިބާއެއް

10 މެއި 2022
ރާއްޖޭގެ ފިރިހެން ޓީމުތަކަށް ރަނގަޅު ތަޖުރިބާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު