Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޮލިމްޕިކް ސްކޮލާޝިޕް

އޮލިމްޕިކް ސްކޮލާޝިޕެއް ޓީޓީ ތަރި ދީމާއަށް ލިބިއްޖެ

މިއީ ރާއްޖޭގެ ޓީޓީ އަށާއި ކުޅިވަރަށް ލިބުނު ބޮޑު ކާމިޔާބީއެއް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2022 | އަންގާރަ 12:08
ރާއްޖޭގެ ޓީޓީގެ ތަރި ފާތިމަތު ދީމާ އަލީ

ރާއްޖޭގެ ޓީޓީގެ ތަރި ފާތިމަތު ދީމާ އަލީ

ފެރިހުގައި 2024 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސްއަށް ކޮލިފައިވުމަށް އެހީވުމުގެ ގޮތުން ކުރިޔަށްގެންދާ އޮލިމްޕިކް ސްކޮލާޝިޕްގެ ފުރުސަތު ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީއަށް ލިބިއްޖެއެވެ.

އޮލިމްޕިކް ސްކޮލާޝިޕަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އެތުލީޓުންގެ ތެރެއިން ހުނަރާއި ހޯދާފައިވާ ކާމިޔާބީތަކަށް ބަލައި އޮލިމްޕިކްސްއަށް ކޮލިފައިވުމުގެ ފުރުސަތު އޮންނަ އެތުލީޓުންނަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އައިއޯސީ) އިން ދޭ މަލީ އަދި ފަންނީ އެހީތެރިކަމެކެވެ.

ދީމާއަށް މި ފުރުސަތު ލިބުމާއި ގުޅިގެން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ) "ރާއްޖެ.އެމްވީ"އަށް ވިދާޅުވީ، މިއީ ޓީޓީއަށް ރާއްޖޭގެ ކުޅިވަރަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ދީމާއަށް މި ފުރުސަތު ލިބުނީ މިދިޔަ ހަތަރު އަހަރު ތެރޭގައި ދީމާގެ އާއިލާގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާ ޚާއްސަކޮށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) ގުޅިގެން ކުރިޔަށް ގެންދިޔަ ތަމްރީންތަކުގެ ސަބަބުން ކަމަށެވެ. އަދި ދީމާއަށް ލިބުނު މި ސްކޮލަޝިޕްގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބޭނެކަމަށް ގަބޫލުކުރަައްވާ ކަމަށް އައްޔަ ފާހަގަކުރެއްވިއެވެ.

ދީމާގެ ތަމްރީނުތައް މިވަގުތު ކުރިޔަށް ގެންދަނީ ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައެވެ. ކުުޅިވަރާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު ލިބުނު މި ފުރުސަތުގައި ދީމާ ތަމްރީންތައް ތައިލެންޑްގައި ކުރިޔަށް ގެންދާތާ މިހާރު ތިން މަސް ވަނީ ވެފައެވެ. ޓީޓީއެމްއިން ބުނީ ތަމްރީނުތަކަށްފަހު ދީމާ އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހު ރާއްޖޭގައި ބާއްވާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް އެ މުބާރާތުގެ 10 ދުވަސް ކުރިން ކަމަށެވެ.

އައްޔަ ވިދާޅުވީ ދީމާއަށް ސްކޮލަޝިޕް ލިބުމާއެކު މިހާރު ކުރަމުން އަންނަ މަސައްކަތަކީ ފެންވަރު ރަނގަޅު އައު ޓްރެއިނިންގ ސެންޓަރެއް ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތް ކުރަނީ ދީމާގެ އާއިލާއާ ގުޅިގެން ކަމަށާއި، ޓްރެއިނިންގ ސެންޓަރުގެ އިތުރުން އިންޓަނޭޝަނަލް ސްކޫލެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. ސަބަބަކީ ދީމާގެ ކިޔެވުމުގެ ކަންކަމަށް އުނދަގޫ ނުވާނެ ކަހަލަ ގޮތަކަށް ކަންކަން ހަމަޖެއްސުން ކަމަށް އައްޔަ ވިދާޅުވިއެވެ.

އުމުރުން އެންމެ ހަގު އުމުރުގައި ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓަކީ ދީމާއެވެ. އޭނާ ވަނީ މީގެ ކުރިން ދުނިޔޭގެ ޖޫނިއާ ރޭންކިންގެ އަށްވަނަ އަށްވެސް ޖެހިލާފައެވެ. ދީމާ އަންނަނީ ބައިނަލްއަގްވާމީ ފެންވަރުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފަމުންނެވެ.

މީގެ ކުރިން 2019 ވަނަ އަހަރު މޮރިޝިއަސްގައި ކުރިޔަށްދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއަށް ތިން ރަން މެޑަލް ދީމާ ހޯދައިދީފައިވާއިރު، އެ މުބާރާތާއެކު ދީމާ ވެގެން ގޮސްފައިވަނީ އައިއޯއައިޖީގައި ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓަށެވެ. މީގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދާ އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައިފައެވެ.

ފާތިމަތު ދީމާ އަލީޓީޓީ އެސޯސިއޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއަށް ރައީސް ސާލިޙު މަރުޙަބާ ވިދާޅުވެއްޖެ

ދީމާގެ ކާމިޔާބީއަށް ރައީސް ސާލިޙު މަރުޙަބާ ވިދާޅުވެއްޖެ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް

އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް

15 މެއި 2024
ޤައުމީ ރޭންކިންގެ އެއް ވަނަ ދީމާ އާއި ޝައްފާނަށް

ޤައުމީ ރޭންކިންގެ އެއް ވަނަ ދީމާ އާއި ޝައްފާނަށް

11 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު