Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓޭބަލް ޓެނިސް ޓީމު

ގައުމީ ޓީޓީ ޓީމު ފުރަތަމަ ފަހަރަށް ޔޫރަޕުގެ ތަމްރީނަށް

މިއީ ގައުމީ ޓީޓީ ޓީމު ޔޫރަޕުގެ ގައުމަކަށް ތަމްރީނަށް ދާ ފުރަތަމަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖޫން 2022 | ހޮނިހިރު 07:03
ކްރޮއޭޝިއާއަށް ފުރި ގައުމީ ޓީޓީ ޓީމު

ކްރޮއޭޝިއާއަށް ފުރި ގައުމީ ޓީޓީ ޓީމު

ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް (ޓީޓީ) ޓީމު ޔޫރަޕުގައި ތަމްރީނުކުރުމަށް ފުރައިފިއެވެ.

މިއީ ރާއްޖޭގެ ގައުމީ ޓީޓީ ޓީމު ޔޫރަޕުގައި ތަމްރީނުކުރާ ފުރަތަމަ ފަހަރެވެ. ތަމްރީނުތަކަށް ޓީޓީ ޓީމު ގޮސްފައިވަނީ ކްރޮއޭޝިއާއަށެވެ. މިއީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ރާއްޖެ އައި ކްރޮއޭޝިއާގެ ޒޮރާންއާ ކުރެވުނު މަޝްވަރާގެ ތެރެއިން ހަމަޖެހުނު ދަތުރެއް ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވިއެވެ. ޒޮރާންގެ އެހީތެރިކަމާއެކު ވަނީ ދާދި ފަހުން ރާއްޖޭގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ މުބާރާތަށް ރާއްޖޭގެ ޓީމަށް ޓްރެއިނިން ކޮށްދިނުމަށް ކްރޮއޭޝިއާގެ ދެ ކުޅުންތެރިން ގެނެސްފައެވެ.

ރާއްޖެއިން ތަމްރީނަށް ދިޔަ ޓީމުގައި ހިމެނެނީ ހަތަރު ކުޅުންތެރިންނެވެ. އެއީ އަައިޝަތު ރަފާ ނާޒިމް، މަލާކް ބިންތް މުއިއްޒު، މިޝްކާ މުޙައްމަދު އިބްރާހިމްގެ އިތުރުން ޖުމާނާ ނިމާލްއެވެ. މިނިސްޓަރު މަޚްލޫފް ވަނީ މި ކުޅުންތެރިންނާ ބައްދަލު ކުރައްވާފައެވެ. މިކަމާ ގުޅިގެން ޓީޓީ އެސޯސިއޭޝަނުން ބުނީ މިއީ ޒުވާން ކުޅުންތެރިންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ. އަދި މި ތަމްރީނު ދަތުރުގައި ކްރޮއޭޝިއާގެ 15 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ގައުމީ ޓީޓީ ޓީމައެކު ކޭމްޕުކުރާނެ ކަމަށެވެ. މީގެ އިތުރުން ޓީޓީ އެސޯސިއޭޝަނުން ވަނީ މި ފުރުސަތު ހޯދައިދެއްވި ކަމަށްޓަކައި މިނިސްޓަރު މަޚްލޫފަށް ޝުކުރު އަދާކޮށްފައެވެ.

ގައުމީ ޓީޓީ ޓީމު ޔޫރަޕުގެ ތަމްރީނުތަކަށް ފުރިއިރު، ރާއްޖެއިން ވަނީ ޓީީޓީގައި ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އެއާއެކު ސަރުކާރާއި ޓީޓީ އެސޯސިއޭޝަނާ ގުޅިގެން އަންނަނީ ޓީޓީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުގެ ތެރެއިން ދާދި ފަހުން ވަނީ ރާއްޖޭގައި ބައިނަލްއަގުވާމީ ޓީޓީ މުބާރާތެއް ވެސް ބާއްވާފައެވެ.

ޓީޓީ އެސޯސިއޭޝަން އަހުމަދު މަޚްލޫފްކުޅިވަރާ ބެހޭ ވުޒާރާ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
21 ޖުލައި 2024

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
28 ޑިސެމްބަރު 2023

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި
04 ޑިސެމްބަރު 2023

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު