Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޝަޝީ ކަޕޫރު

ކުރީގެ ފިލްމީތަރި ޝަޝީ ކަޕޫރު މަރުވެއްޖެ

ޝަޝީ މަރުވިއިރު އުމުރަކީ 79 އަހަރު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2017 | ހޯމަ 15:24
ޝަޝީ ކަޕޫރު

ޝަޝީ ކަޕޫރު

ކުރީގެ ފިލްމީ ތަރި އަދި ބޮލީވުޑްގެ ލެޖެންޑެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޝަޝީ ކަޕޫރު މަރުވެއްޖެއެވެ.

އޭނާ މަރުވެފައި ވަނީ ކިޑްނީގެ މައްސަލައަކަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

ޝަޝީ ކަޕޫރު މަރުވި އިރު އުމުރަކީ 79 އަހަރެވެ. ޝަޝީ ކަޕޫރު ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި 1970 ގެ އަހަރުތަކުގައި މަޝްހޫރުވެފައިވާ "ދީވާރު"، "ކަބީ ކަބީ" ފަދަ މަޝްހޫރު ފިލްމްތައް ހިމެނެއެވެ.

ޝަޝީ މަރުވީ ކިޑްނީގެ ބައްޔަށް ފަރުވާ ދެމުން ދަނިކޮށް ބޮމްބޭގެ ކޮކިލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގައެވެ.

ޝަޝީ ކަޕޫރު

ޝަޝީއަށް ވަނީ 2011 ވަނަ އަހަރުގެ ތެރޭގައި އިންޑިއާގެ ސަރުކާރުން ދޭ ޕަދުމާ ބުޝަން ސިވިލިއަން އެވޯޑު ލިބިފައެވެ. އަދި 2015 ވަނަ އަހަރުގެ ތެރޭގައި އޭނާ އަށް ވަނީ، ދާދާސާހެބް ފަލްކޭ އެވޯޑް އަރުވާފައެވެ.

ސަތޭކަ ފަސްދޮޅަހަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ޝަޝީ ވަނީ ހިންދީ ފިލްމުތަކުގެ އިތުރުން އިނގިރޭސި ފިލްމުތަކުން ވެސް ފެނިގެން ގޮސްފައެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ވެސް އިނގިރޭސި ދެ ފިލްމަކުންނެވެ. އެއީ 1998 ވަނަ އަހަރު ރިލީޒްކުރި "ޖިނާހް" އާއި "ސައިޑް ސްޓްރީޓްސް" ކިޔާ ފިލްމަކުންނެވެ. ޕާކިސްތާނު ވުޖޫދަށް ގެނައުމުގައި އިސްކޮށް އުޅުއްވި ބާނީ މުހައްމަދު އަލީ ޖިނާހްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި "ޖިނާހް" އަކީ ޝަޝީގެ އެންމެ ފަހުގެ މަސައްކަތެކެވެ. އޭގެ އިތުރުން އޭނާ ފެނިގެން ދިޔަ ބައެއް މަޝްހޫރު އިނގިރޭސި ފިލްމްތަކުގެ ތެރޭގައި "ޝޭކްސްޕުއާ ވައްލާހް" އާއި "ބޮމްބޭ ޓޯކީ"، "އަ މެޓަރ އޮފް އިނޮސެންސް"، "ހީޓް އެންޑް ޑަސްޓް" އަދި "އިން ކަސްޓޮޑީ" ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ހޮލީވޫޑްގެ މަޝްހޫރު ތަރި އަދި ބޮންޑްގެ ރޯލުން ވެސް ފެނިގެން ގޮސްފައިވާ ޕިއާސް ބްރޮސްނަންާ އެކު (1988) ވަނަ އަހަރު "ދަ ޑިސީވާސް" ގައި އޭނާ ވަނީ އެކްޓްކޮށްފައެވެ. އޭގެ ކުރިން 1996 ވަނަ އަހަރު މިނީ ސީރީޒެއް ކަމަށްވާ "ގުލިވާސް ޓްރެވެލްސް" ގައި ވެސް އޭނާ ފެނިގެން ގޮސްފައި ވެއެވެ. އެންމެ ފަހުން ޝަޝީ ކުޅެފައިވާ ހިންދީ ފިލްމަކީ 1991 ވަނަ އަހަރު އަމީތާބު ބައްޗަން އާއި ޖެކީ ޝްރޯފްއާ އެކު ފެނިގެންދިޔަ "އަކޭލާ" އެވެ. ފިލްމް ކުޅުމުގެ އިތުރުން އޭނާ ވަނީ ބައެއް ފިލްމްތައް ޕްރޮޑިއުސްކޮށް އަދި ދެ ފިލްމެއް ޑައިރެކްޓް ވެސް ކޮށްފައެވެ. އޭނާ ފާހަގަކުރެވިފައި ވަނީ އޭނާގެ ދައުރުގައި އެންމެ ކާމިޔާބު އެއް ތަރީގެ ގޮތުގައެވެ.

އޭނާ މަރުވި އިރު އަންހެން ދަރިއަކާއި ތިން ފިރިހެން ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. އެއީ ކުނާލް ކަޕޫރާއި ކަރަން ކަޕޫރު އަދި ސަންޖަނާ ކަޕޫރެވެ. ކަޕޫރު އާއިލާގެ އެހެން ފަންނާނުންނާ ތަފާތުކޮށް ޝަޝީގެ ދަރިން ފިލްމީ ދާއިރާ އިން މާ ބޮޑަށް ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް ހަޔާތުގެ ކުރީކޮޅު ކޮންމެވެސް ވަރަކަށް ފިލްމްތަކުން ފެނިގެން ގޮސްފައި ވެއެވެ. އެ ގޮތުން ކަރަން ވަނީ "ލޯހާ" ގައި ދަރުމެންދުރާ އާއި ސަތަރުގަން ސިންހާއާ އެކު މުހިންމު ރޯލަކުން ފެނިގެން ގޮސްފައެވެެ. ޝަޝީގެ އަންހެނުން ޖެނިފާ ކެންޑެލްއަކީ އިނގިރޭސިއެކެވެ. އޭނާ ވަނީ އުމުރުން 54 އަހަރުގައި 1984 ވަނަ އަހަރުގެ ތެރޭގައި ނިޔާވެފައެވެ. އޭނާ ވަނީ ޝަޝީއާ އެކު "ޝޭކްސްޕިއާ ވައްލާހް" ގައި ހަރަކާތްތެރިވެފައެވެ. ޝަޝީގެ އެހެން ބައެއް އިނގިރޭސި ފިލްމްތަކުގައި ވެސް އޭނާ ފެނިގެން ގޮސްފައި ވެއެވެ،. އޭނާ ވަނީ އިނގިރޭސި ފިލްމް "36 ޗައުރިންގީ ލޭން" އިން ބަފްޓާގެ ބެސްޓް އެކްޓްރެސް ރޯލް އަށް ވެސް ނޮމިނޭޓްވެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

29 އެޕްރީލު 2017
ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ

ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ

27 އެޕްރީލު 2017
ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

16 އެޕްރީލު 2017
ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި

ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި

15 އެޕްރީލު 2017
އައިޝްވަރިޔާގެ ބައްޕަ މަރުވެއްޖެ

އައިޝްވަރިޔާގެ ބައްޕަ މަރުވެއްޖެ

19 މާރިޗު 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު