Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ފިޔަވަޅުއެޅ

އީޔޫއިން ރަޝިއާ އާ ދެކޮޅަށް އަޅަން ނިންމި ދަތިކުރުމުގެ ފިޔަވަޅުތަކަށް ތާއީދުކުރަން ހަންގޭރީއަށް އުނދަގޫ

އީޔޫއިން އެކުލަވާލާފައިވާ ޕެކޭޖަށް ތާއިދުކުރަމީ މިވަގުތު ހަންގޭރީއަށް ކުރެވޭނެ ކަމެއް ނޫން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 6 މެއި 2022 | ހުކުރު 15:34
ހަންގޭރީގެ ބޮޑުވަޒީރު ވޮކްޓޯ އޯރބަން

ހަންގޭރީގެ ބޮޑުވަޒީރު ވޮކްޓޯ އޯރބަން

ޔޫކްރެއިން ރަޝިއާ ހަނގުރާމައާ ގުޅިގެން ރަޝިއާ އާ ދެކޮޅަށް އަޅަން ނިންމައިފައިވާ އައު ދަތިކުރުމުގެ ފިޔަވަޅުތަކަށް ތާއީދުކުރަން ހަންގޭރީއަށް އުނދަގޫކަމަށް އެގައުމުގެ ބޮޑުވަޒީރު ވޮކްޓޯ އޯރބަން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ބޮޑުވަޒީރު އޯރބަން ވަނީ ރަޝިއާގެ ތެލަށް އެމްބާގޯ އިއުލާނުކުރުން ހިމެނޭހެން އީޔޫއިން އެކުލަވާލާފައިވާ ޕެކޭޖަށް ތާއިދުކުރަމީ މިވަގުތު ހަންގޭރީއަށް ކުރެވޭނެ ކަމެއް ނޫންކަމަށްވިދާޅުވެފައެވެ.

ބޮޑުވަޒީރު ވަނީ ރަޝިއާގެ ތެޔޮ އެގައުމަށް އިމްޕޯޓްކުރުން މަނާކޮށް އެމްބާގޯ އިއުލާން ކުރުމަކީ ހަންގޭރީގެ އިގުތިސާދަށް "އެޓޮމިކް ބޮމެއް" ވައްޓާލުން ފަދަކަމެއް ކަމަށް ސިފަކުރައްވާފައެވެ. އެހެން ނަމަވެސް ހަންގޭރީއަށް ތައީދު ކުރެވޭނެ ފަދަ ފިޔަވަޅުތަކެއް އެކުލެވޭ ޕެކޭޖަކާ ގުޅޭގޮތުން މަޝްވަރާތައް ކުރަން އެގައުމުން އޮތީ ތައްޔާރަށް ކަމަށް އޯރބަން ވިދާޅުވިއެވެ.

ބުދަ ދުވަހު ޔޫރަޕިއަން ޔޫނިއަން އިން ވަނީ ރަޝިއާ އާ ދެކޮޅަށް އެޅުމަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެކުލެވޭ ޕެކޭޖެއް ހުށަހަޅާފައެވެ. ނަމަވެސް މި ފިޔަވަޅުތަކުގެ ތެރޭގައި ގައުމުތަކުން ރަޝިއާގެ ތެލަށް އެމްބާގޯ އިއުލާން ކުރަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ގިނަ ގައުމުތަކަކުން ދަނީ ފާޅުކުރަމުންނެވެ. އަދި މީގެ ސަބަބުން އީޔޫގެ މި ޕެކޭޖަށް ތާއިދުކުރަން ގައުމުތަކުން ދަނީ ފަސްޖެހެމުންނެވެ.

ހަންގޭރީ އަދި ސްލޮވޭކިއާ އަށް އަންނަ އަހަރު ނިމެންދެން ރަޝިއާގެ ތެލަށް އެމްބާގޯ އިއުލާން ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ޑިޕްލޮމެޓުން ބުނި ނަމަވެސް ހުޅަނގުގެ އިރުމަތީ ގިނަ ގައުމުތަކަކުން ދަނީ ކުއްލި އަކަށް އެފަދަ ނިންމުމެއް ނިންމައިފި ނަމަ އެކަމަށް ހޭނޭނެ ވަގުތު ގައުމުތަކަށް ނުލިބިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ހަންގޭރީގެ ބޮޑުވަޒީރު ވަނީ އެގައުމުން މިފަދަ ނިންމުމެއް ނިންމާ ނަމަ އެކަމަށް އިތުރު ބޮޑު އިންވެސްޓްމަންޓެއް ކުރަން ފަސް އަހަރު ދުވަސްވަރު ބޭނުންވާނެ ކަމަށް ވިދާޅުވެފައެވެ. ހަންގޭރީއަށް އެތެރެކުރާ ތެލުގެ 65 އިންސައްތަ ހިއްސާކުރަނީ ރަޝިއާއިންނެވެ. އެހެންކަމުން އެފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރަން އެއް އަހަރު ނުވަތަ އެއް އަހަރާ ފަސް މަސް ދުވަހަކީ އެކަށޭނަ މުއްދަތެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރު ވަނީ އީޔޫ އިތުރު ހުށަހެޅުމެއް ހުށަހަޅަންދެން އެގައުމުން މަޑުކުރާނެ ކަމަށް ވިދާޅުވެފަވެ. އަދި އެގައުމުން ކޮންމެހެން އީޔޫއާއެކު މިކަމުގައި ދެބަސް ވުމަކަށް ދާން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ މަޝްވަރާކޮށް ދެފަރާތަށްވެސް އެއްބަސްވެވޭ ފަދަ ގޮތަކަށް އެކަން ކުރަން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ރަޝިއާގެ އޯތޮޑޮކްސް ޗާޗް ބްލެކްލިސްޓް ކުރަންވެސް އެގައުމުން ތާއިދު ނުކުރާނެ ކަމަށާއި ސަބަބަކީ އެއީ ދީނީ މިނިވަންކަމާ ގުޅިފައިވާ ކަމަކަށް ވާތީކަމަށް އެގައުމުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހަންގޭރީން ޔޫކްރެއިނަށް އެއްވެސް ހަތިޔާރެއް ފޯރުކޮށް ނުދޭނެކަމަށް ބުނެފައިވާ ބުނުންވެސް އޯރބަން ވަނީ ތަކުރާރުކުރައްވާފައެވެ. އޭނާ ވަނީ ޔޫކްރެއަށް ފޯރުކޮށްދޭ ހަތިޔާރުތައް ހުޅަނގު ޔޫކްރެއިންގެ ބޯޑަރު ހުރަސްކޮށް ހަންގޭރީގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދަށް އަމާޒުވުމަކީ ގާތްކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަހަންގޭރީރަޝިއާޔޫރަޕިއަން ޔޫނިއަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު