ކ. މާލެ
|
4 މެއި 2022 | ބުދަ 18:12
ޤައިދީން އަނބުރާ މުޖުތަމައަށް ގެނެސް، ޖަލުތައް އިސްލާޙު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައި
ޤައިދީން އަނބުރާ މުޖުތަމައަށް ގެނެސް، ޖަލުތައް އިސްލާޙު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައި
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަމުންދަނީ ކަންކަން ތަރުތީބުކުރެވިގެން
 
ކަރެކްޝަނަލް ސަރވިސްގައި ހިއުމަން ރިސޯސް ގެކަންތައް ރަގަޅު ކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަންދީފައިވާ ކަމެއް
 
މިހާރު ހުރި ގިނަ ޖަލުތަކަކީ ފެށުމުގައި އެހެން ކަމަކަށް ބިނާކުރެވިފައި ހުރި އިމާރާތްތަކެއް

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހުގެ ސަރުކާރު އައީ ޒަމާނުއްސުރެ ޖަލުތަކާމެދު ދިވެހިންގެ ހިތުގައި އުފެދިފައިވާ ކިލަނބު ތަޞައްވަރު ދިރާސާ ކުރުމުގެ ފުރިހަމަ ތަޞައްވުރަކާއެކުގައެވެ. ޖަލުތަކުގެ ޙާލު ރަނގަޅަށް އެނގިތިބެގެންނެވެ. ޤައިދީން ތަޙައްމަލު ކުރަންޖެހޭ ދަތިތަކާއި ހިތްދަތި ކަމަކީ ފަރުވާ ހޯދަން ޖެހިފައިވާ ޤައުމީ މައްސަލައެއްކަން މި ސަރުކާރުން ފުރިހަމައަށް ޤަބޫލުކުރެއެވެ.

މި ސަބަބާހުރެ ޖަލުތައް ހިންގުމުގެ މުޅި ނިޒާމު އިސްލާހު ކޮށް އިންސާނީ ކަރާމަތާ އަސާސީ ޙައްޤުތައް ކަށަވަރުވާނޭ ފަދައިން ޖަލުގެ ކަންކަން ތަރުތީބުކޮށް ހިންގުމަށް ބޭނުންވާނެ ސްޓެރެޓެޖިކް ޑައިރެކްޝަން ސަރުކާރުން އަންނަނީ ދެމުންނެވެ. ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން މިކަމަށް ނުކުރާ މަސައްކަތް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މި ސަބަބާހުރެ ސަރުކާރުގެ އެންމެ ފުރަތަމަ ދުވަސްކޮޅުގައި ޖަލު އޮޑިޓްކޮށް ފުރިހަމަ ރިޕޯޓެއް ވަނީ އެކުލަވާލެވިފައެވެ. ޖަލުތަކުގެ ހާލަތު މިއަދު އޮތް ގޮތުން އަރައިގަނެ ކުރިއަށްދާ ގޮތް މި ޑޮކިއުމެންޓުން ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ. ޖަލު އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މުހިންމު ކަންކަން މިހާރުވެސް ވަނީ ކަރެކްޝަނަލް ސަރވިސް އިން ކޮށްފައެވެ. އަދި ނުކުރެވި ހުރި ކަންކަންވެސް ކުރެވޭނެ މަގު ދަނީ ފަހި ކުރަމުންނެވެ.

ހަމަ އެހެންމެ ޖަލު އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރެއިން ކުރަމުންދާ ކަންކަން ނުވަތަ ކޮށްފައިވާ ކަންކަން އެކަމަށް ޚާއްސަ ކުރެވިފައިވާ ކޮމެޓީއަކާއެކީ ގާތުން ބަލަމުންދެއެވެ. އެކަމުގައި ދޭންވާ ފުރިހަމަ އިރުޝާދާއި މަޝްވަރާއާއި ފަހިކޮށްދޭންޖެހޭ މަގުތައް ބެލެނިވެރިފަރާތުން ދަނީ ކަރެކްޝަނަލް ސަރވިސްއަށް ފަހި ކޮށްދެމުންނެވެ.

ރާއްޖޭގައި މިހާރު ހުރި ގިނަ ޖަލުތަކަކީ ފެށުމުގައި އެހެން ކަމަކަށް ބިނާކުރެވިފައި ހުރި އިމާރާތްތަކެކެވެ. މިސާލަކަށް މަސްކިރާ ގުދަނެއް ނުވަތަ ކާށި އެއްކުރާ ޖަގަހައެއްގެ ގޮތުގައެވެ. މި ތަންތަނުގައި ގައިދީން ގެންގުޅެން ޖެހުމުން އެކަމުގައި އުފުލަންޖެހޭނެ ބުރައާއި ލިބޭނެ ނިކަމެތިކަން ތަސައްވަރުކޮށްލައްވާށެވެ. ޖަލުގައި ބޭނުން ކުރެވޭ ބައެއް މަދު އިމާރާތްތަކަކީ ޖަލަށްޓަކައި ކުރިން އެޅިފައިހުރި އިމާރާތް ކަމުގައި ވީނަމަވެސް އެތަންތަން ހުރީ އިންސާނީ ކަރާމަތާއި އަސާސީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ މިންގަނޑުތަކުން ބަލައިގަތުމަށް އެކަށީގެން ނުވާ ދަށްފެންވަރެއްގައެވެ. ހަމަ އެހެންމެ އޮފިސަރުންގެ ބެރެކް ތަކާއި ޤައިދީންނަށް ޚިދުމަތް ދިނުމަށް އިދާރީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ މާޙައުލަކީ މިފަދަ ސްޓްރެސްފުލް މަސައްކަތެއް ކުރުމުގައި އެންމެ އެކަށީގެން ނުވާ ތަންތަނެވެ.

މި ދައުރު ނިމުމުގެ ކުރިން މި ޙަޤީޤަތް މި ސަރުކާރުން އެއްކޮށް ބަދަލު ކޮށްލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ކަރެކްޝަންސްގައި ޓްރޭނިން ދިނުމުގައި އެންމެ އެކަށޭނެ ވަޞީލަތްތައް ނެތުން އެއީ ހިތާމަކުރަންޖެހޭ ކަމެކެވެ. ފަންސާސް އަހަރުވީ މި ޚިދުމަތުގައި ޒަމާނާ އެއްވަރަށް ޓްރޭނިން ދެވޭނެ މަގުތަށް ފަހިކޮށްދިނުމަކީ ވަރަށް މުހިންމުކަމެކެވެ.

މިއަދު ދައުލަތުގެ މާލިއްޔަތަށް ކެރިފޯރުންތެރިކަން އޮތް މިންވަރުން އަދި މިފަދަ ޓްރޭނިންތައް ދިނުމުގައި ގަބޫލުކުރާ ސިޔާސަތާއި ފަލްސަފާގެ ތެރެއިން މިހާރު ވަނީ ބޮޑު ޙައްލެއް ހޯދައިދެވިފައެވެ. ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓްގެ ތެރެއިން ޤާނޫނު ތަންފީޒުކުރާ ހުރިހާ މުއައްސަސާތަކަށް ބޭނުންވާ ތަމްރީނު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމުގައި މިއަދު ވަނީ އެކަށީގެންވާ ނިޒާމެއް ޤާއިމް ކުރެވިފައެވެ.

ރާއްޖޭގެ ޖަލުތަކުގައި ނުވަތަ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ދެހާހެއްހާ ގައިދީން ނުވަތަ ކަރެކްޝަނަލް ސަރިވިސް އިން ބަލަހައްޓަންޖެހޭ ފަރާތްތައް ތިބިހިނދު ހައެއްކަސަތޭކަ އޮފިސަރުންނަކީ މިކަން ކުރުމަށް އެންމެ އެކަށީގެންވާ އަދަދެއް ނޫނެވެ. މި ސަބަބާހުރި ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ގައިދީންނަށް ދޭންޖެހޭ ޚިދުމަތްތަކަށް އަދި ވަކިން ޚާއްސަކޮށް ރިހެބިލިޓޭޝަންގެ މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ނުދެވި އެކަން އެންމެ ފުރިހަމަ ގޮތުގައި ނުކުރެވުމުން ޖަލުތަކުން ނެރޭ ޤައިދީންނަށް އެންމެ ފުރިހަމަ ގޮތުގައި ޕްރޮގްރާމް ހިންގިފައެއް ނުވެއެވެ.

ކަރެކްޝަނަލް ސަރވިސްގައި ހިއުމަން ރިސޯސް ގެކަންތައް ރަގަލު ކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަންދީފައިވާ ކަމެކެވެ. ސަރުކާރު އައިސް ފުރަތަމަ އަހަރު ކޮވިޑްގެ ޙާލަތާ ބައްދަލު ކުރުމުގެ ކުރިން ފަސްދޮޅަސް އޮފިސަރުން އަލަށް އިތުރުކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ ހަތަރު އަހަރަށްފަހުގައި ދުއިސައްތައެއްހާ އޮފިސަރުންނަށް ވަނީ ޕްރޮމޯޝަން ދީފައެވެ. އެހެން ނަމަވެސް ކޮވިޑްގެ ދަތި ޙާލަތާގުޅިގެން ދެހާސް ވިހިވަނަ އަހަރާއި އެކާވީސް ވަނަ އަހަރު މިކަން ކުރުން އޮތީ ވަރަށް ބޮޑު ދަތިކަމަކަމަށް ވެފައެވެ. އެހެން ނަމަވެސް ކޮވިޑްގެ މި ޙާލަތުން އަރައިގަނެ މިއަހަރު އާންމު ޙާލަތަކަށް ރުޖޫއަ ވާން ފެށުމާއެކު ކަރެކްޝަނަލް ސަރވިސް އަށް އޮފިސަރުން ނެގުމަށްޓަކައި ވަރަށް ފުޅާ ޕްރޮގްރާމެއް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހުގެ ދީލަތި އެހީތެރިކަމާއެކު ވަނީ ފަށާފައެވެ.  

ގައިދީން ބެލެހެއްޓުމާއި ރިހެބިލިޓޭޓް ކުރުމުގެ އެންމެ މުހިންމު މަސައްކަތަކީ ފުރިހަމަ ތަމްރީނާއި ފަންނާއި ހުނަރާއި ޤާބިލްކަމެވެ. އެހެންވެ، އެކަން އެގޮތުގައި ޤަބޫލުކުރެވޭތީ އެންމެ ފުރަތަމަވެސް މި ޓްރޭނިން ބެޗްތަކަށް ދެވޭ ތަމްރީނުގައި އެންމެ އިސްކަމެއް ދީގެން ބަލަމުން ގެންގޮސްފައިވަނީ އިންސާނީ ޙައްގުތައް ކަށަވަރު ކުރެވޭގޮތަށް ނެލްސަން މަންޑޭލާ ރޫލްސްގައި ބަޔާންކޮށްފައިވާ އަސާސްތަކުގެ މައްޗަށް ބިނާކޮށް އިންސާނީ ކަރާމަތާއި ޙައްގަށް އެންމެ ފުރިހަމަވާ ގޮތަށް އެތަމްރީނުތައް ދެވޭކަން ކަށަވަރު ކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
"ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ދޫކޮށްލުން ގޯސް، ނަމަވެސް ވާނުވާ ޖަހާފައި ތިބޭ ތިބުން ނިމުމަކަށް ގެންނާނެ"
މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި މޯބައިލް ފޯނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
ދިވެހި ސަގާފީ މަސައްކަތްތައް އަލާކުރުމަށް، މާފުށީ ޖަލުގައި ކަސަބު ގެތުމުގެ ކޯހެއް ފަށައިފި
އިގްތިސާދީ ގޮންޖެހުންތަކެއް ހުރިނަމަވެސް، ޖަލުތަކުގެ މަޝްރޫއުތައް ފުޅާކުރުމުގެ ވިސްނުން ގެންގުޅެން - ސީޕީ
ހަފުތާ 14ގެ ތެރޭގައި، އެންޑީއޭއާ ގުޅުންހުރި މާ މުހިންމު މަސައްކަތްތަކެއް ނެތް: އިމާދު
މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިހުރި ބިދޭސީއެއް މަރުވެއްޖެ
ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުރެވުނު ކޮންމެ ކަމެއް ކުރާނަން، ފަހަތައްޖެހޭނެކަމަށް ހީނުކުރައްވާ: އިމްރާން
ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް އާއި އޯޝަން ވޮރިއަރސް އިންސްޓިޓިއުޓް ގުޅިގެން ހިންގި ޔޫތް ރެޒިލިއެންސް ޕްރޮގްރާމް ނިންމާލައިފި