Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނަމާލްއަށް ކުރެވޭ ހިޔާނާތުގެ ތުހުމަތު

ހިޔާނާތުގެ ގޮތުގައި ނަމާލްއަށް 82 މިލިއަން ޔޫރޯ ލިބިފައިވާކަމަށް ބުނާ މައްސަލައެއް

ނަމާލް ވަނީ މި ހުރިހާ ތުހުމަތުތައް ދޮގު ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 މެއި 2022 | ބުދަ 09:17
ސްރީލަންކާގެ ސްޕޯޓްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ނަމާލް ރާޖަޕަކްސަ

ސްރީލަންކާގެ ސްޕޯޓްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ނަމާލް ރާޖަޕަކްސަ

ސްރީލަންކާގެ ސްޕޯޓްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ނަމާލް ރާޖަޕަކްސަގެ ހިޔާނާތުގެ އިތުރު މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

ލަންކާގެ ނޫހެއްކަމަށްވާ ޑެއިލީ މެއިލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަރުކާރުން ހިންގި މަޝްރޫއުތަކާއި ގުޅުވައިގެން ނަމާލްއަށް ވަނީ ދެ ކުންފުންޏަކުން ފައިސާ ލިބިވަޑައިގެންފައެވެ. އެއީ ނެދަލަންޑްސްގެ ކުންފުންޏެއް ކަމަށްވާ "އެންއާރް ޕްރޮޖެކްޓްސް" އާއި އޮސްޓްރޭލިއާގެ ކުންފުންޏެއްކަމަށްވާ "އެސްޕަން މެޑިކަލް" ގެ ފަރާތުންނެވެ.

އެ މަޝްރޫއުތަކަކީ ނޫރަލިއާއާއި، ހެމްބަންޓޯޓާގެ ހޮސްޕިޓަލުތަކެއް ޤާއިމު ކުރުމާގުޅޭ މަޝްރޫއުތަކެކެވެ. އެގޮތުން އެ ފައިސާ ލިބުމުގައި މެދުވެރިއަކަށްވުމުގެ ތުހުމަތު ކުރެވިފައިވަނީ ނިމާލް ޕެރޭރާގެ މައްޗަށެވެ.

ކޮރަޕްޝަނާ ދެކޮޅު މަސައްކަތް ކުރާ "ވޮއިސް އެގެއިންސްޓް ކޮރަޕްޝަން" ގެ ފަރާތުން ވާހަކަ ދައްކަވަމުން ވަސަންތާ ސަމަރްސިންހާ ވިދާޅުވާ ގޮތުގައި، މި ހިޔާނާތުގެ މައްސަލަ ފެންމަތިވެގެން އައީ އެފަރާތުން ކުރަމުން ދިޔަ ތަހުގީގެއްގެ ތެރެއިންނެވެ. އެއީ "ކްރީޝް ޑީލް" ގެ މައްސަލައެވެ.

ކްރީޝް ޑީލްގެ ތަހުގީގުގައި ނަމާލް ވިދާޅުވެފައިވަނީ، އޭނާއަށް 60 މިލިއަން ރުޕީސް ލިބުނު ކަމަށާއި، އެ ފައިސާ އޭނާ ރަގްބީ މުބާރާތަށް ހަދިޔާ ކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވެސް، ރަގްބީ ފައުންޑޭޝަނުން ވަނީ އެކަން ދޮގުކޮށްފައެވެ.

ކްރީޝް ޑީލްގެ ތަހުގީގު ހިންގަމުން ދަނިކޮށް މިހާރު މި ފެންމަތިވެގެން އުޅޭ ހިޔާނަތުގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާއިރު، ނަމާލްއަށް 82 މިލިއަން ޔޫރޯ ލިބިވަޑަައިގެންފައިވާކަމަށް ތަހުގީގުން ވަނީ ހޯދިފައެވެ. އެއީ ހައްތަހާވެސް ނޫރަލިއާއާއި، ހެމްބަންޓޯޓާގެ ހޮސްޕިޓަލުތަކެއް ޤާއިމު ކުރުމާގުޅޭ މަޝްރޫއުތަކާއި ގުޅިގެން ލިބިވަޑައިގެންފައިވާ ފައިސާކަމަށް ވަސަންތާ ސަމަރްސިންހާ ވިދާޅުވެއެވެ.

އެހެންނަމަވެސް، "އެސްޕަން މެޑިކަލް" އަކީ ސިންގަޕޫރުގައި އެއްވެސް މަޝްރޫއެއް ހިންގާ ކުންފުންޏެއްވެސް ނޫންކަމަށް ޑެއިލީ މެއިލް ލަންކާގައި ރިޕޯޓު ކޮށްފައިވެއެވެ.

ވަސަންތާ ވިދާޅުވާ ގޮތުގައި އެ ފައިސާ ޖަމާކޮށްފައިވަނީ ނިމާލް ޕެރޭރާގެ "ސަބްރޭ ވިޝަން ހޯލްޑިންގްސް" ގެ އެކައުންޓަކަށެވެ. ސިންގަޕޫރުގައި ހުޅުވާފައިވާ މި އެކައުންޓަށް ފައިސާ ޖަމާކުރުމުން، އެ ފައިސާ ނަމާލްގެ އެކައުންޓަށް ފޮނުވާފައިވާކަމަށް ތަހުގީގުން ދައްކާކަމަށް އޭނާ ވިދާޅުވެއެވެ.

ނަމާލް ވަނީ މި ހުރިހާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

ނަމަލް ރާޖަޕަކްސަސްރީލަންކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު