Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިމާރާތްތަކުގައި އަލިފާން ނިއްވާ ސިސްޓަމް

އިމާރާތްތައް އުސްވާވަރަކަށް އަލިފާން ނިއްވާ ސިސްޓަމްތައް ގާއިމްކުރުން މުުހިންމު: އެމްއެންޑީއެފް

3 މެއި 2022 | އަންގާރަ 07:33

ގިނަ އިމާރާތްތަކުގައި ސިސްޓަމްތައް ނުހުރޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 މެއި 2022 | އަންގާރަ 07:33
ލެފްޓިނެންޓް މުއައްމަރު މުހައްމަދު

ލެފްޓިނެންޓް މުއައްމަރު މުހައްމަދު

އުސް އިމާރާތްތައް ހަދާއިރު އަލިފާން ނިއްވާ ސިސްޓަމްތައް އެތަންތަނުގައި ހަރުކޮށްފައި ހުރުމަކީ މުހިންމު ކަމެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިއު ސާވިސަސް އިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަޔަރ އެންޑް ރެސްކިއު ސާވިސަސްގެ ލެފްޓިނެންޓް މުއައްމަރު މުހައްމަދު ވިދާޅުވީ ކޮންމެ އިމާރާތެއްގައި ވެސް އަލިފާން ނިއްވާ ސިސްޓަމްތައް ގާއިމް ކުރުން މުހިންމު ކަމަށެވެ. އެއީ އޭގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ވަގުތުން އަލިފާން ނިއްވަން ފަސޭހަވާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މުއައްމަރު ވިދާޅުވީ މިހާރު އިމާރާތްތައް އުސްވަމުންދާއިރު އަލިފާން ނިއްވާ ސިސްޓަމްތައް ނެތުމުން އަލިފާނުގެ ހާދިސާތަކުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާއިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާއި އެކަމަށް އާއްމުން ހޭލުންތެރި ކުރުމަށް ފަޔަރ އެންޑް ރެސްކިއު ސާވިސަސް އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގައި ހިނގާފައިވާ ގިނަ އަލިފާނުގެ ހާދިސާތަކުގައި ބޮޑެތި ގެއްލުން ވެފައިވަނީ އިމާރާތުގައި އަލިފާން ނިއްވާނެ ސާމާނު ގާއިމްކޮށްފައި ނެތުމުގެ ސަބަބުންނެވެ. އަދި އަލިފާން ރޯވެގެން އުޅޭ ކަމުގެ އިންޒާރު ދޭ ފަޔަރ ޑިޓެކްޓަރުތައް ވެސް ގިނަ އިމާރާތްތަކުގައި ހަރު ނުކުރާކަން ފާހަގަކުރެވިފައިވެއެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

06 މާރިޗު 2017

ކަނޑުއޮތްގިރީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

06 މާރިޗު 2017
ކަނޑުއޮތްގިރީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
05 މާރިޗު 2017

ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ

05 މާރިޗު 2017
ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ
03 މާރިޗު 2017

މާލޭ ގެއެއްގައި ރޯވި އަލިފާން ނިއްވާލެވިއްޖެ: އެމްއެންޑީއެފް

03 މާރިޗު 2017
މާލޭ ގެއެއްގައި ރޯވި އަލިފާން ނިއްވާލެވިއްޖެ: އެމްއެންޑީއެފް
03 މާރިޗު 2017

މާލޭ ގެއެއްގައި އަލިފާން ރޯވެއްޖެ

03 މާރިޗު 2017
މާލޭ ގެއެއްގައި އަލިފާން ރޯވެއްޖެ
23 ފެބުރުއަރީ 2017

ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

23 ފެބުރުއަރީ 2017
ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް
13 ފެބުރުއަރީ 2017

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ

13 ފެބުރުއަރީ 2017
ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ
11 ފެބުރުއަރީ 2017

ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

11 ފެބުރުއަރީ 2017
ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް