Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓީޗަރުންގެ މުސާރަ ބޮޑުވުން

މުސާރަ ބޮޑުވުމުން ރަށްރަށަށް ޕްރިންސިޕަލުންނާއި ޓީޗަރުން ހޯދުމަށް އިތުރު ބާރެއް ލިބޭނެ: ރައީސް

1 މެއި 2022 | އާދީއްތަ 09:45

ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ސާލިހުގެ ރިޔާސީ ވައުދުފުޅެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 1 މެއި 2022 | އާދީއްތަ 09:45
އިޒްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު --- ފޮޓޯ : ޔޫސުފް ސޮފްވަލާން

އިޒްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު --- ފޮޓޯ : ޔޫސުފް ސޮފްވަލާން

ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލަކީ ރަށްރަށުގައި މަސައްކަތްކުރަންދާ ޓީޗަރުންނަށް އަދި ޕްރިންސިޕަލުންނަށްވެސް ލިބޭނެ އިތުރު ބާރަކަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުގެނެސް، އެމީހުންނަށް ލިބޭ މުސާރަ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމަވާފައިވާކަމަށް ރައީސް އިއުލާނުކުރެއްވީ މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ޓީޗަރުންގެ މުސާރައަށް 56 އިންސައްތައިގެ ކުރިއެރުމެއް އަންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ޓީޗަރުންގެ މުސާރަ ބޮޑުކުރެވިފައިވާކަން އިއުލާނުކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ލިބެން ނެތުން ކަމުގައެވެ. ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަކީ ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި، ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ބަދަލުތަކަކީ ހަމައެކަނި ވަކި ދާއިރާއަކަށް ގެންނަ ބަދަލުތަކެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ މި މަސައްކަތަކީ މުޅި ރާއްޖޭގެ ތަރައްގީއަށް، އަދި ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ގައުމު ކުރިއެރުވުމުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ފަށާފައިވާ މަސަައްކަތެއް ކަމަށެވެ.

ޓީޗަރުންގެ މުސާރަ ބޮޑުވުމުން ގައުމު ބިނާކުރުމުގެ މުޅިން އައު ބާބެއް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުގުވެރިވާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށާއި، މިއީ ގައުމު ބިނާކޮށް އާރާސްތު ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި

12 އެޕްރީލު 2017
ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި
17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
11 މާރިޗު 2017

މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން

11 މާރިޗު 2017
މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް