Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޮއިން ޓީމް އެމްޓީސީސީ ކެމްޕެއިން 2022

ޖޮއިން ޓީމް އެމްޓީސީސީ ކެމްޕެއިން 2022 އިފްތިތާޙުކޮށްފި

28 އެޕްރީލު 2022 | ބުރާސްފަތި 08:49

ރެކްރޫޓްމަންޓް އޯޕަން ޑޭ ގެ މަޤްސަދަކީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ޑްރެޖަރުތަކާއި ކުންފުނީގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމް ފުޅާކުރުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 އެޕްރީލު 2022 | ބުރާސްފަތި 08:49
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

"ޖޮއިން ޓީމް އެމްޓީސީސީ ކެމްޕެއިން 2022" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޓީސީސީގެ ފަރާތުން މިއަހަރުގެ 3 މެއި އިން 22 މެއި އަށް ބޭއްވުމަށް ހަމަޖެހިފައިވާ ރެކްރޫޓްމަންޓް އޯޕަން ޑޭގެ މައުލޫމާތު ޙިއްސާކޮށްދެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

Advertisement - newsAdvertisement

ރެކްރޫޓްމަންޓް އޯޕަން ޑޭގެ މަޤްސަދަކީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ޑްރެޖަރުތަކާއި ކުންފުނީގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމް ފުޅާކުރުމަށްޓަކައި މިއަހަރުގެ ޖޫން މަހު ގެނައުމަށް ހަމަޖެހިފައިވާ 34 ބަސް ދުއްވާނެ މުވައްޒަފުން ރެކްރޫޓް ކުރުން ކަމަށް އެކުންފުނިން ބުނެއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ ވަޒީފާތައް ދިނުމުގައި އަންހެނުންނަށް އިސްކަން ދޭނެ ކަމަށާއި އަންހެނުންނަކީ މިނިވަން ޤާބިލް ބަޔަކަށް ހެދުމަށް މަސައްކަތް ކުރުމަކީ އެމްޓީސީސީގެ އަމާޒެއް ކަމަށެވެ. އަދި އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ދިވެހިންގެ އިންސައްތަ މިހާރު އިތުރު ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން، ޑްރެޖަރު ބޭނުންކުރުމަށްޓަކައި، ޖުމްލަ 65 ފަރާތެއް ތަމްރީން ކުރެވިގެންދާނެ ކަމަށާއި، ޑްރެޖް މާސްޓަރ، ޑްރެޖް އޮޕަރޭޓަރު، ޑްރެޖް މެކޭނިކް، ޑްރެޖް ކްރޫ، ޓަގް އޮޕަރޭޓަރު، ޓަގް ކްރޫ، ވެލްޑަރު އަދި ޑްރެޖް ސުޕަވައިޒަރު ފަދަ ދާއިރާތަކަށް މީހުން ތަމްރީންކުރެވިގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި ތަމްރީން ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާ ފަރާތްތަކަށް 10,000 ރުފިޔާއާއި 33,000 ރުފިޔާއާއި ދެމެދުގެ މުސާރައަކާއެކު ކުންފުނީގެ ވަޒީފާ ހަމަޖެހިގެންދާނެ ކަމަށްވެސް އެމްޓީސީސީއިން ބުނެއެވެ.

މީގެއިތުރުން، ކުންފުނީގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމް ފުޅާކުރުމަށްޓަކައި ގެނެވޭ 34 ބަސް ދުއްވުމަށް ހަމަޖެހިފައިވަނީ، ސ. ފޭދޫ، ސ. ހުޅުމީދޫ، ޏ. ފުވައްމުލަށް. ގަން އަދި ލ. އިސްދޫގައެވެ. މިވަގުތު ބަހުގެ ޚިދުމަތް ލިބެނީ ހަމައެކަނި ސ. ފޭދޫގައި ކަމަށްވިޔަސް، އައު ބަސްތައް ގެނައުމާއެކު މި ޚިދުމަތް ފުޅާކުރެވިގެންދާނެކަމަށް އެމްޓީސީސީއިން ބުނެއެވެ.

އަދި ބަސް ދުއްވަން ނެގޭ ފަރާތްތައް ހުނަވަރު ޕްރޮގްރާމްގެ ދަށުން 3 މަސްދުވަސްތެރޭ ތަމްރީން ކުރެވި ލައިސެންސް ލިބޭނެއެވެ. އަދި މި ތަމްރީން ކާމިޔާބު ކަމާއެކު ނިންމާ ލައިސެންސް ލިބޭ ފަރާތްތަކަށް 14,000 ރުފިޔާއާއި 18،000 ރުފިޔާގެ މުސާރައަކާއެކު ބަސް ޑްރައިވަރުގެ ވަޒީފާ ހަމަޖެހިގެންދާނެކަމަށާއި މި ޕްރޮގްރާމްގެ ދަށުން، ޖުމްލަ 22 ބަސް ޑްރައިވަރުން ރެކްރޫޓް ކުރެވޭނެ ކަމުގައި އެމްޓީސީސީއިން ބުނެއެވެ.

ރެކްރޫޓްމަންޓް އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި، ހދ.ނޮޅިވަރަންފަރު، ސ.ފޭދޫ، ސ.ހިތަދޫ، ސ.ހުޅުމީދޫ، ޏ.ފުވައްމުލަށް، ޅ.ހިންނަވަރު އަދި ޅ.ނައިފަރުގައެވެ. މިގޮތުން މެއި 1 ގައި ހދ.ކުޅުދުއްފުށި، މެއި 4 ގައި ހދ.ނޮޅިވަރަންފަރު، މެއި 9 ގައި ސ.ފޭދޫ، މެއި 9 ގައި ސ.ހިތަދޫ، މެއި 10 ގައި ސ.ހުޅުމީދޫ، މެއި 12 ގައި ޏ.ފުވައްމުލަށް، މެއި 14 ގައި ލ.ގަން، މެއި 15 ގައި ލ.އިސްދޫ، މެއި 18 ގައި ށ.ފުނަދޫ، މެއި 21 ގައި ޅ.ހިންނަވަރު އަދި މެއި 22 ގައި ޅ.ނައިފަރުގައި އޯޕަންޑޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމާއި ބެހޭ އިތުރު މަޢުލޫމާތު ކުންފުނީގެ ހޮޓްލައިން ނަންބަރު 1650ށް ގުޅުމުން ލިބޭނެކަމަށްވެސް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް