Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ފައިނަލާއި ގާތަށް

ދެވަނަ ލެގުން އެއްވަރުކޮށްގެން ނުވަތަ އެއް ލަނޑުގެ ތަފާތުން ބަލިވިޔަސް ލިވަޕޫލްއަށް ފައިނަލަށް ދެވޭނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 28 އެޕްރީލު 2022 | ބުރާސްފަތި 02:37
ލިވަޕޫލް އާއި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

ލިވަޕޫލް އާއި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވާޕޫލް އާއި ވިޔަރެއާލް ބައްދަލުކުރި ސެމީ ފައިނަލުގެ ފުރަތަމަ މެޗުން މޮޅުވެ, މުބާރާތުގެ ފައިނަލާއި ގާތަށް ލިވަޕޫލް ޖެހިލައިފިއެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކުރީ 2-0 ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ލަނޑު ޖެހުމަށް ތަނަވަސްކުރި ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް ލިވަޕޫލްގެ ފަބީނިއޯ ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑު ލަނޑެއް ކަމަށެވެ. ލިވަޕޫލްއަށް ލީޑު ލިބުނީ މެޗުގެ 53 ވަނަ މިނެޓުގައި ވިޔަރެއާލްގެ ޑިފެންޑަރު ޕާވިސް އެސްޓޫޕީނިއާން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އޭގެ ދެމިނެޓު ފަހުން މުހައްމަދު ސަލާހް ދިން ބޯޅައަކުން ސާޑިއޯ މާނޭ ލިވަޕޫލްއަށް ލީޑު ފުޅާކޮށްދިނެވެ. މެޗުގައި ލިވަޕޫލްގެ އެންޑީ ރޮބަޓްސަންވެސް ލަނޑެއް ޖެހިއެވެ. ނަމަވެސް ރެފްރީ ވަނީ އެލަނޑުވެސް އޮފްސައިޑު ލަނޑެއްގެ ގޮތުގައި ނިންމާފައެވެ.

މި ދެޓީމު ބައްދަލުކުރާ ސެމީ ފައިނަލުގެ ދެވަނަ ލެގު އޮންނާނީ މިއަންނަ ހަފްތާގައެވެ. މި މެޗު ކުޅޭނީ ވިޔަރެއާލްގެ ދަނޑުގައެވެ. މި މެޗުން އެއްވަރުކޮށްގެން ނުވަތަ އެއް ލަނޑުގެ ތަފާތުން ބަލިވިޔަސް ލިވަޕޫލްއަށް އެގްރިގޭޓުން ކުރި ހޯދައިގެން ފައިނަލުގެ ޖާގައެއް ކަށަވަރު ކުރެވޭނެއެވެ. މެޗުގައި ދެލަނޑުގެ ތަފާތުން ވިޔަރެއާލް މޮޅުވެއްޖެނަމަ އިތުރު ވަގުުތުގެ ދެހާފު ކުޅޭނެއެވެ. ވިޔަރެއާލްއަށް ފައިނަލުގެ ޖާގައެއް ލިބެން އޮތީ ތިން ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ.

ލިވަޕޫލްވިޔަރެއާލްޗެމްޕިއަންސް ލީގު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު