Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޙައްޖަށް މީހުން ގެންދިޔުން

ޙައްޖަށް މީހުން ގެންދިޔުމަށް ލިބޭ ކޯޓާ މަދުވާނެ ކަމަށް ރަސްމީކޮށް އަންގާފައެއް ނުވޭ: އިސްލާމިކް މިނިސްޓަރ

22 އެޕްރީލު 2022 | ހުކުރު 12:15

އަންނަ ހަފްތާގައި ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ލިބޭ ކޯޓާގެ އަދަދު ޔަޤީންވެގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 އެޕްރީލު 2022 | ހުކުރު 12:15
ސައޫދީއާއި އެ ގައުމުން ބޭރުގެ މީހުންވެސް ހިމެނޭގޮތަށް، ޖުމުލަ 1 މިލިއަން މީހުންނަށް ހައްޖުވުމުގެ ފުރުސަތު ދިނުމަށް އެގައުމުން ވަނީ ނިންމާފައި

ސައޫދީއާއި އެ ގައުމުން ބޭރުގެ މީހުންވެސް ހިމެނޭގޮތަށް، ޖުމުލަ 1 މިލިއަން މީހުންނަށް ހައްޖުވުމުގެ ފުރުސަތު ދިނުމަށް އެގައުމުން ވަނީ ނިންމާފައި

މިއަހަރު ޙައްޖުގައި ބައިވެރިކުރާ އަދަދު ސައުދީން މަދުކުރުމުން ރާއްޖެއަށް ލިބޭ ކޯޓާގެ އަދަދު ދަށްވާނެކަން ސައުދީ ސަރުކާރުން ރަސްމީކޮށް އަންގާފައިނުވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީން ފޮނުވާފައިވާ ސިޓީއެއްގައި އާންމުކޮށް ދޭ ކޯޓާގެ 45 އިންސައްތަ ލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް މިއަހަރު ލިބިފައިވާ އަދަދަކީ ޔަޤީން އަދަދު ނޫން ކަމަށާއި އެ އަދަދަށްވުރެ ކޯޓާ އިތުރު ވެސް ވެދާނެ ކަމަށެވެ.

Advertisement - newsAdvertisement

އަންނަ ހަފްތާގައި ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ލިބޭ ކޯޓާގެ އަދަދު ޔަޤީންވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.   

ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލުމަށްފަހު މިއަހަރުގެ ޙައްޖުގައި ބައިވެރިކުރާ ޢަދަދަކީ 1 މިލިއަން މީހުން ކަމަށް ސަޢުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ކޮވިޑްގެ ކުރިން ސައުދީން ރަސްމީކޮށް ރާއްޖެއަށް ދެމުން އައީ 1000 ކޯޓާއެވެ. އަދި ބައެއްފަހަރު އެ 1000 ކޯޓާގެ އިތުރަށް އިތުރު ކޯޓާވެސް ވަނީ ދީފައެވެ.

ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޖުގެ އަޅުކަން އަދާކުރާއިރު، 2019 ވަނަ އަހަރުވެސް 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ. އެހެންނަމަވެސް، ކޮވިޑުގެ ހާލަތުގެ ސަބަބުން ފާއިތުވި 2 އަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގެންގޮސްފައިވަނީ އާންމު އުސޫލުން ހުއްދަދޭ މިންވަރަށްވުރެ މަދު މީހުންނާއެކުގައެވެ. އެގޮތުން 2020 ވަނަ އަހަރު މި އަޅުކަން އަދާ ކުރުމަށް ހުއްދަ ދީފައިވަނީ 1000 މީހުންނަށެވެ.

އަދި ނިމިދިޔަ 2021 ވަނަ އަހަރު 60،000 މީހުންނަށް ހައްޖުވުމުގެ ފުރުސަތު ސައޫދީން ވަނީ ދީފައެވެ.

މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފުރުސަތު ލިބޭނީ އުމުރުން 65 އަހަރުން ދަށުގެ, ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. އޭގެ އިތުރުން، ސައޫދީން ބޭރުން ދާ ފަރާތްތަކެއްނަމަ، 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއްވެސް ހުށަހަޅަންޖެހެއެވެ.

ހައްޖުމިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
10 ސެޕްޓެމްބަރު 2025

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

10 ސެޕްޓެމްބަރު 2025
އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި
05 އޯގަސްޓު 2025

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި
06 ޖޫން 2025

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

06 ޖޫން 2025
އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ
05 ޖޫން 2025

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ
05 ޖޫން 2025

ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

05 ޖޫން 2025
ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ
04 ޖޫން 2025

ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު

04 ޖޫން 2025
ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު
19 އެޕްރީލު 2025

ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

19 އެޕްރީލު 2025
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި
16 އެޕްރީލު 2025

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
19 މާރިޗު 2025

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި

19 މާރިޗު 2025
ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް