Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ރިޒުގު ދެއްވުން

މާތް ﷲ އެމީހަކަށް ލިއުއްވާފައިވާ އެއްޗެއް އެމީހަކަށް ދެއްވާނެ

ރިޒްގާއި މަގާމުތަކުގެ މައްސަލައިގައި އެކަކު އަނެކަކަށް ހަސަދަވެރިނުވުމަށް އަންގަވާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 އެޕްރީލު 2022 | ހޮނިހިރު 14:45
ހުކުރު މިސްކިތުގެ ބޭރުގައި މީހަކު ނަމާދުކުރަނީ

ހުކުރު މިސްކިތުގެ ބޭރުގައި މީހަކު ނަމާދުކުރަނީ

މާތް ﷲ އެމީހަކަށް ލިއުއްވާފައިވާ އެއްޗެއް އެމީހަކަށް ދެއްވާނެއެވެ. ކީރިތި ގުރުއާނާއި ރަސޫލާﷺގެ ހަދީސްތަކަށް ބަލައިލަމާތޯއެވެ. ކީރިތި ރަސޫލާ ﷺ ހަދީސްކުރައްވާފައިވަނީ، "ތިމަންކަލޭގެފާނުގެ އުންމަތަށް ގަސްތަކާނުލައި ކުރެވޭ ކުށް މައާފުވެފައިވާކަމަށާއި, ހަނދާންނެތިގެން ކުރެވޭ ކުށާއި މަޖުބޫރުކުރުވައިގެން ކުރާ ކަންތައްވެސް މައާފުވެފައިވާ"ކަމަށެވެ.

މާތް ﷲގެ އިލްމުފުޅު ވަރަށް ތަނަވަހެވެ. އެކަލާނގެއީ ވާނޭކަންތަކާއި ނުވާނޭކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ތަގުދީރުގެ ތެރެއިން ބައެއް ކަންތައްތަކަކީ ބަދަލުވެގެންދާ ކަންތައްތަކެވެ. ސަހާބީންގެ ޒަމާނުގައި ހިނގައިދިޔަ ބައެއް ހާދިސާތަކަށް ބަލާއިރު, މާތް ﷲ ރިޒްގުދެއްވާނެކަމަށް މަސައްކަތެއް ނުކޮށް ހުރުމުގެ ބަދަލުގައި، މަސައްކަތްކޮށްގެން ރިޒްގު ހޯދުމަށްފަހު ދަތި ހާލަތުގައިވާމީހަކަށް، ނުވަތަ މީހުންނަށް އެހީތެރިވާތަން ފެނިގެން ގޮސްފައިވެއެވެ.

އެހެންކަމުން ރިޒްގާއި މަގާމުތަކުގެ މައްސަލައިގައި އެކަކު އަނެކަކަށް ހަސަދަވެރިނުވުމަށް އަންގަވާފައިވެއެވެ. މާތް ﷲށް ބަރޯސާވުމާއި, ވަކީލުކުރުމުގެ މުހިންމުކަމަށް, ސަހާބީންގެ ޒަމާނުން ގިނަ މިސާލުތައް ފެންނަން އެބަހުއްޓެވެ. އެއްވެސް މަޚުލޫގަކަށް ރިޒްގުދެއްވުމަށް މާތް ﷲ ހަނދުމަނެތިވެވޮޑިގެން ނުވެއެވެ.

ރިޒްގަކީ ހުރިހާ މަޚްލޫގުންނަށް ދެއްވާ އެއްޗެކެވެ. ނިކަމެތިންނާއި ފަގީރުންގެ ހާލަތު މާތްﷲ ދެނެވޮޑިގެންވެއެވެ. އަދި އެފަދަ މީހުންނަށް ގިޔާމަތްދުވަހުން އޭގެ ބަދަލު ދެއްވާނެކަމަށް ﷲ ތައާލާ ވަހީކުރައްވާފައިވެއެވެ. އެއްވެސް އިންސާނެއްގެ ރިޒްގު ހަމައަށް ނުލިބި, އެ އިންސާނާ މަރުނުވާނެކަމަށް ރަސޫލާ ﷺގެ ހަދީސް ބަސްފުޅެއްގައިވެއެވެ.

ފަގީރުންނަކީ 3 އިރު ކާން ނުލިބޭ މީހުންނެވެ. އަދި ކޮންމެ މީހަކުވެސް ފަގީރުކަމުން ސަލާމަތްވޭތޯ ދުއާވެސް ކުރަންޖެހެއެވެ. ރިޒްގު ތަނަވަސްވުމަށް ދުއާކުރާއިރު ރިޒްގު ތަނަވަސްވުމަށާއި ބަރަކާތްލެއްވުމަށާއި އަދި މާތް ﷲގެ މަގުގައި ހޭދަކުރުމުގެ ތައުފީގު ދެއްވުން އެދި ދުއާކުރަންޖެހެއެވެ. ރިޒުގު ހޯދުމުގައި ހާރާމެއް ހަލާލެއް ނުބަލާނެ ޒަމާނެއް އަންނާނެކަމަށް ރަސޫލާ ﷺ ހަދީސްކުރައްވާފައިވެއެވެ. ހަމަ އެހެންމެ, ރިބާ ކައިއުޅޭނެ ޒަމާނެއްވެސް އަންނާނެ ކަމަށްވެސް ހަދީސްގައިވެއެވެ.

މާތް ﷲގެ ރުއްސެވުމާއި ފުއްސެވުން ބޭނުންވާނަމަ އެކަލާނގެ އަންގަވާފައިވާ މަގުގައި ސާބިތުވެ ދެމިތިބުމުގެ ތައުފީގު ދެއްވުމަށް ވީހާވެސް ގިނައިން އެކަލާނގެ ހަޒުރަތުގައި ދަންނަވަންޖެހެއެވެ. ދުނިޔޭގެ މި ދިރިއުޅުމަކީ ތާއަބަދަށް އުފާވެރިކަން އެއިން ލިބިދޭ ދިރިއުޅުމެއް ނޫނެވެ. ކިތަންމެ އުފަލުގައި އުޅުނުނަމަވެސް, މި ދުނިޔޭގެ ވަގުތީ ހަޔާތުން އެ އުފާވެރިކަމަށް ނިމުން އަންނަ ވަގުތު އައިސް ޖެހޭނެއެވެ. ދުނިޔޭގެ ޒީނަތްތެރިކަމުގައި އަވަދިނެތި މާތްﷲ ހަނދުމަނެތިކޮށް އުޅެމުންދަނިކޮށް, މަރުއައިސް ތިމާއާ ބައްދަލުކުރާނެ ކަމަކީ ހަގީގަތެވެ.

އިންސާނުންގެ ދިރިއުޅުމުގައި ދަތި އުނދަގޫތައް ހުންނާނެއެވެ. އަދި އެކަންކަމުންވެސް ދޭހަކޮށްދެނީ އާޚިރަތަށް ތައްޔާރުވާންޖެހޭކަމެވެ. މިދުނިޔޭގައި ޔަގީންވާ ހަމައެކަނި ކަމަކީ މަރެވެ. އަދި އެންމެ ކާމިޔާބު މީހާއަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދަން ގަދައަޅައި މަސައްކަތްކުރާ މީހާއެވެ.

މިދުނިޔެއިން ކިތަންމެ މުދަލެއް، ލައްޒަތެއް ލިބުނުކަމުގައިވިޔަސް، އިންސާނާއަށް ހިތްހަމަޖެހުން ނުލިބޭނެކަމުގެ އެތައް މިސާލެއް ހުރީ ފެންނާށެވެ. މި ދުނިޔެއަކީ އުމުރަށް އުފަލާއި މަޖަލުގައި އުޅެވޭނެތަނެއް ނޫނެވެ. އިންސާނުންނަކީ ވަކި މުއްދަތެއް ހަޔާތުގައި ލިޔެވި, ދުނިޔެއަށް ފޮނުވިފައިވާ ބައެކެވެ. އަދި އެ ވަގުތު ހަމަވުމުން ހުރިހާ އިންސާނުންވެސް މާތް ﷲ ސުބްހާނަޙޫ ވަތައަލާގެ ހަޒުރަތަށް ދާންޖެހޭކަން ހަނދާންކުރަންޖެހެއެވެ.

އިސްލާމް ދީންރަމަޟާންރަމަޟާން 1443

ކޮމެންޓް

އިތުރަށް ކިޔާލަން

މި ދައުރުގައި ކުރެވޭ މަސައްކަތުން ކުރިއަށް އޮތް ގަރުނަށް އިސްލާމީ އަގީދާ ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ: މިނިސްޓަރު ޝަހީމް

މި ދައުރުގައި ކުރެވޭ މަސައްކަތުން ކުރިއަށް އޮތް ގަރުނަށް އިސްލާމީ އަގީދާ ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ: މިނިސްޓަރު ޝަހީމް

05 އޮކްޓޯބަރު 2024
އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލަނީ

އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލަނީ

22 ޖޫން 2024
އަމީންގެ ރޯދަވީއްލުން ބިމުގެ 800 މީޓަރު އަޑީގައި!

އަމީންގެ ރޯދަވީއްލުން ބިމުގެ 800 މީޓަރު އަޑީގައި!

23 މާރިޗު 2024
"ގިނަ ފަހަރަށް ކަދުރު ވިއްކަނީ ނު އަގުގަ"

"ގިނަ ފަހަރަށް ކަދުރު ވިއްކަނީ ނު އަގުގަ"

14 މާރިޗު 2024
ގެއަކީ ނިއުމަތެއް، ގެއާ ގުޅޭ ރީތި އާދަތައް ދަސްކުރަން ޖެހޭ: ޝެއިޚު އަލީ ޒާހިރު

ގެއަކީ ނިއުމަތެއް، ގެއާ ގުޅޭ ރީތި އާދަތައް ދަސްކުރަން ޖެހޭ: ޝެއިޚު އަލީ ޒާހިރު

05 އެޕްރީލު 2023

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު