Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދީނަށް ފުރައްސާރަކުރުން

ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ދީނުން ބޭރުވާ މީހުންނަށް ދޭނެ އަދަބެއް ކަނޑައެޅިފައި އޮންނަން ޖެހޭ: ގާސިމް

2021 ވަނަ އަހަރު ގާނޫނުލްއުގޫބާތުގައި އެ ކުށް ބަޔާންކޮށްފައިވީނަމަވެސް ކުށުގެ އަދަބުގެ މިންވަރަށް ބަދަލެއްނާދޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2022 | ހޯމަ 08:31
މާމިގިލި ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް

މާމިގިލި ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް

ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ދީނުން ބޭރުވާ މީހުންނަށް ދޭނެ އަދަބެއް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް އެފަދައިން ވިދާޅުވީ އިސްލާމް ދީނާ ދެކޮޅު އަމަލުތަކަކީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއްކަމަށް ކަނޑައަޅަން އޭނާ ހުށަހަޅުއްވާފައިވާ ބިލު މަޖިލީހަށް ހުށަހަޅުއްވާ ދެއްވާ ވާހަކަދައްކަވަމުންނެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި އެއްވެސް މެމްބަރަކު ވާހަކަދައްކަވަން ފުރުސަތަކަށް އެދިވަޑައިގަންނަވާފައެއް ނުވެއެވެ.

Advertisement - newsAdvertisement

ގާސިމް ވިދާޅުވީ އެ މައްސަލަ ހުށަހެޅުއްވީ އިސްލާމް ދީނަށް ތައުހީނުކުރުމާއި، މާތްﷲއާއި ކީރި ޤުރުއާން އަދި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން އާއްމުވެ އިތުރުވަމުންދާތީ ކަމަށެވެ. ޚާއްސަކޮށް މުވާސަލާތީ ޕްލެޓްފޯމްތަކުގައި އެފަދަ އަމަލުތައް ހިންގުން އިތުރުވެފައިވާކަން ގާސިމް ވަނީ ފާހަގަކުރައްވާފައެވެ. ގާސިމް ވަނީ އެ ބިލާ މެދު މެމްބަރުން ވިސްނެވުމަށް ފަހު ވޯޓުދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. ގާސިމް ހުށަހެޅުއްވި މައްސަލައިގައި ހަދީސްތަކުގެ އަލީގައި ދީނަށް ފުރައްސާރަކުރުމާއި ދީނުން ބޭރުވުމުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި، ގާނޫނުލްއުގޫބާތުގެ އިސްލާމް ދީނާ އިދިކޮޅު އަމަލުތައް ބަޔާންކޮށްފައިވާ ގޮތުން، އެ ކުށުގެ އަދަބަކީ ޖުނަހުގެ 1 ވަނަ ދަރަޖައެވެ. 2021 ވަނަ އަހަރު ގާނޫނުލްއުގޫބާތުގައި އެކުށް ބަޔާންކޮށްފައިވީ ނަމަވެސް ކުށުގެ އަދަބުގެ މިންވަރަށް ބަދަލެއްނާދެއެވެ. ޤާސިމް ހުށަހެޅުއްވި މައްސަލައިގައި ވަނީ، އެ މާއްދާ އެގޮތަށް އޮތުމުން އިސްލާމް ދީނާއި، ކީރިތި ޤުރުއާން އަދި ރަސޫލާއަށް ފުރައްސާރަކުރާ މީހުންނަށް އެކަށީގެންވާ އަދަބެއް ނުދެވޭކަމަށާއި، އެކަން އެގޮތަށް ދިމާވާ އެއް ސަބަބަކީ މިހާރު އެފަދަ އަމަލަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަބު ކުޑަވުމުންކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން އެފަދަ ކަންކަން ހައްލުކުރަން ގާނޫނުލްއުގޫބާތުގައި "އިސްލާމް ދީނާ އިދިކޮޅު އަމަލު" ކަމުގައި ބަޔާންކޮށްފައިވާ ކުށުގެ ދަރަޖަ ކަނޑައަޅައި، އެއީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ކަނޑައަޅަން ޤާސިމް ވަނީ ހުށަހަޅުއްވާފައެވެ. އެ ބިލް ފާސްވެއްޖެނަމަ، ބިލް ތަސްދީގުކޮށް ގެޒެޓުގައި ސޮއިކުރާ ހިސާބުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށާނެއެވެ.

މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްއިސްލާމް ދީން

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

16 ފެބުރުއަރީ 2025
ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

31 އޮކްޓޯބަރު 2024
މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް: ޤާސިމް

މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް: ޤާސިމް

28 އޮކްޓޯބަރު 2024
މި ދައުރުގައި ކުރެވޭ މަސައްކަތުން ކުރިއަށް އޮތް ގަރުނަށް އިސްލާމީ އަގީދާ ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ: މިނިސްޓަރު ޝަހީމް

މި ދައުރުގައި ކުރެވޭ މަސައްކަތުން ކުރިއަށް އޮތް ގަރުނަށް އިސްލާމީ އަގީދާ ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ: މިނިސްޓަރު ޝަހީމް

05 އޮކްޓޯބަރު 2024
ދިވެހިންނަށް ގަރުދިޔަ ކާން ޖެއްސީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވުމުން، ގާސިމް އަކީ ވެސް އެ ސަރުކާރުގެ ބައިވެރިއެއްކަން އާންމުން ހަނދާން ކޮށްދީފި

ދިވެހިންނަށް ގަރުދިޔަ ކާން ޖެއްސީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވުމުން، ގާސިމް އަކީ ވެސް އެ ސަރުކާރުގެ ބައިވެރިއެއްކަން އާންމުން ހަނދާން ކޮށްދީފި

22 ޖުލައި 2024

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު