Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތައުލީމާއި ތަމްރީނުގެ ފުރުސަތު

ހުވަފެނަކީ މަސައްކަތުގެ އާބާދީގެ ބޮޑު ބަޔަކީ ތައުލީމާއި ތަމްރީނު ލިބިގެން މަސައްކަތް ކުރަން ދަންނަ ބަޔަކަށް ވެގެންދިއުން - މިނިސްޓަރ

މި ސަރުކާރު ވެރިކަމަށް އައިސް މިނިސްޓްރީ އުފެދުމާއި ގުޅިގެން އެންމެ ފުރަތަމައަށް ކުރެވުނު އެއް މަސައްކަތަކީ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނެއް ވުޖޫދަށް ގެނައުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 އެޕްރީލު 2022 | ބުދަ 10:42
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

ހުވަފެނަކީ މަސައްކަތުގެ އާބާދީގެ ބޮޑު ބަޔަކީ ތައުލީމާއި ތަމްރީނު ލިބިގެން ހުނަރުވެރިކަމާއެކު މަސައްކަތް ކުރަން ދަންނަ ބަޔަކަށް ވެގެންދިއުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ނެޝަނަލް ކޮމްޕެޓެންސީ ސްޓޭންޑަރޑް ފޯ "ވޭސްޓު ޓު ވެލްތު" އިފްތިތާޙްކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ކުރާ މަސައްކަތަކީ އެ މަސައްކަތަކަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއަކުން ދޫކުރަންޖެހޭ ހުއްދަ ނުވަތަ ގައުމީ ސަނަދެއް ހިފައިގެން ނިކުންނަ ދަރިވަރަކަށް ވުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސް މިނިސްޓްރީ އުފެދުމާއި ގުޅިގެން އެންމެ ފުރަތަމައަށް ކުރެވުނު އެއް މަސައްކަތަކީ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނެއް ވުޖޫދަށް ގެނައުން ކަމަށެވެ. 16 މެއި 2021 ގައި މި ގާނޫނު ވުޖޫދަށް އައުމާއެކު ހުނަރުގެ މަސައްކަތާއި ތައުލީމުގެ ނިޒާމު ބައްޓަންކޮށް ރެގިއުލޭޓުކޮށް އެ ނިޒާމުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ޚާއްސަ މަރުކަޒެއް މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނަމުގައި އުފެދުނު ކަމަށާއި އެއީ ރާއްޖޭގައި ހުނަރުވެރި މަސައްކަތްތެރި ފަންނުވެރިން ބިނާކުރުމަށްޓަކައި އެމަސައްކަތްތައް ބޭނުންކުރާ ދާއިރާތައް ކަނޑައަޅައި އެ މަސައްކަތްތެރިންގެ ކިބައިގައި ހުންނަންޖެހޭ ހުނަރު ދެނެގަނެ އެ ހުނަރުތައް އަށަގަނުވުމަށްޓަކައި ބޭނުންވާނެ ވަސީލަތްތައް ތައްޔާރުކުރުން ކަމަށް ވިދާޅުވި އެވެ. އަދި މިއަދު  މި ލޯންޗުކުރާ "ވޭސްޓް ޓު ވެލްތު" އަކީ އޭގެތެރެއިން އެއް ދާއިރާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"ވޭސްޓް ޓު ވެލްތު" ޓްރެއިނިންގ އަކީ ވޯލްޑް ބޭންކުގެ މާލީ އެހީގައި ހިންގާ މޯލްޑިވްސް އެންހޭންސިންގް އެންމްޕްލޯޔަބިލިޓީ އެންޑް ރިޒިލިއަންސް (މީރީ) ޕްރޮޖެކްޓުގެ ދަށުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އިން އެކުލަވާލި "ވޭސްޓު ޓު ވެލްތު" ޓްރޭނިންގް ޕެކޭޖް ގައި ހިމެނޭ ސްޓޭންޑަރޑެވެ. މި ޓްރޭނިންގް ޕެކޭޖްގައި ސްޓޭންޑަރޑްގެ އިތުރަށް މުޤައްރަރާއި، އެސެސްމަންޓް ރިސޯސް ފޮތާއި، ލަރނިންގ މެޓީރިއަލްސް އަދި ސްޓޫޑެންޓް ލޮގް ފޮތް ހިމެނޭނެއެވެ. "ވޭސްޓް ޓު ވެލްތު" ޓްރޭނިންގް ޕެކޭޖަކީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިންގ ހިންގުމަށްޓަކައި އެމް.އެން.އެސް.ޑީ.އޭ. އިން އުފެއްދި 104 ވަނަ ޓްރޭނިންގް ޕެކޭޖެވެ. ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި އިތުރު 70 ނެޝަނަލް ކޮމްޕީޓެންސީ ސްޓޭންޑާރޑް ޕެކޭޖް އަލަށް ތަރައްޤީ ކުރުމަށާއި، އަދި މިހާރު ބޭނުން ކުރަމުންދާ 53 ސްޓޭންޑަރޑް މުރާޖަޢާކުރުމަށް ވަނީ ނިންމާފަ އެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންހަޔަރ އެޑިއުކޭޝަން މިނިސްޓްރީނެޝަނަލް ކޮމްޕެޓެންސީ ސްޓޭންޑަރޑް ފޯ ވޭސްޓް ޓު ވެލްތުއެންވަޔަރަމަންޓް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

18 ޑިސެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު