Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަފާރީތަކުން ނަގާ ފީ ބޮޑުކުރުން

ފުވައްމުލައް ސިޓީގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑުކުރުމުން ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފި

ސަފާރީތަކުން މީގެ ކުރިން ނަގަމުން އައި 50 ޑޮލަރުގެ ބަދަލުގައި މިހާރު ނަގަނީ 500 ޑޮލަރު

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 11 އެޕްރީލު 2022 | ހޯމަ 03:58
ފުވައްމުލައް ސިޓީ

ފުވައްމުލައް ސިޓީ

ފުވައްމުލައް ސިޓީގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑު ކުރުމުން، ގިނަ ބަޔަކު އެކަމުގެ ނުރުހުން ފާޅުކުރަމުން އެބަދެއެވެ. ފުވައްމުލައް ސިޓީގެ ބައެއް ރައްޔިތުންވެސް ހިމެނޭހެން ސޯޝަލް މީޑިއާގައި ފާޅުކުރަމުން އަންނަ ޝުއޫރުތަކަށް ބަލާއިރު ފީނެގުމުގައި  އެހާ ބޮޑު ތަފާތެއް ސަފާރީތަކަށް އައުމަކީ މުޅި ސިޓީއަށްވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަމަށް ބުނަމުން ދެއެވެ. ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވެސްވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮޑު ފީއެއް ނަގަން ނިންމުމަކީ ދެރަކަމެއް ކަމަށާއި ފީއެއް ނަގާނަމަ ވެސް ހަމަހަމަ އުސޫލަކުން ފީ ނެގުމަކީ އެންމެ ރަނގަޅު ގޮތެއްކަމަށެވެ.

އޭނާ ވިދާޅުވީ ރަށްރަށަށް އާމްދަނީ ލިބޭ މިންވަރު އިތުރުކުރުމަށް ނިންމާ ނިންމުންތަކަށް އިޙުތިރާމް ކުރައްވާ ކަމަށާއި އެހެން ނަމަވެސް ހަމަހަމަ ކަމެއް ނެތި ތަފާތު ކުރުން ގެންގުޅެވޭފަދަ ގޮތަކަށް ނިންމާ ނިންމުންތަކާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ފުވައްމުލައް ސިޓީގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގަމުން އައި 50 ޑޮލަރުގެ ބަދަލުގައި 500 ޑޮލަރު ނަގަން ނިންމާފައިވާ ނިންމުން މިހިނގާ އޭޕްރީލް މަހުގެ 1އިން ފެށިގެން ތަންފީޒު ކުރަން ފަށާފައެވެ.

2022 ޖެނުއަރީ 12 ވަނަ ދުވަހު ބޭއްވި ސިޓީ ކައުންސިލްގެ 33 ވަނަ ޖަލްސާއިން ނިންމި މި ނިންމުމަކީ ފުވައްމުލައް ސިޓީގެ ބަނދަރުގެ ޖާގައިގެ ދަތިކަން އޮތުމާއެކު ކޮންމެހެން ބަނދަރަށް ކައިރިކުރަން މަޖުބޫރު އުޅަނދުތައް ފިޔަވައި ސަފާރީ ފަދަ  އުޅަނދުފަހަރު އައުން މަދުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއެވެ.

ފުވައްމުލަކުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ފީއެއްގެ ގޮތުގައި މިހާތަނަށް ނަގަމުން އައީ 50 ޑޮލަރު (771ރ.) އެވެ.

ފުވައްމުލަކަކީ ރާއްޖޭގައި އެންމެ ގިނައިން ސަފާރީތައް ބަނދަރުކުރާ އެއް ތަނެވެ. ފަތުރުވެރިކަމުގެ ޞިނާޢަތްވެސް ފުޅާވަމުން އަންނަ އެސިޓީގެ ބަނދަރަށް އާންމު ގޮތެއްގައި ދުވާލަކު ހައެއްކަ ސަފާރީ ވަދެއެވެ. ބައެއް ދުވަސްތަކުގައި ބަނދަރުގެ ޖާގަ ފުރުމުން، ރަށާ ކައިރީގައި ކަނޑުމަތީގައި ވެސް ގިނަ ސަފާރީތައް ބަނދަރުކުރަން ޖެހިފައިވެއެވެ. ކޮވިޑް 19 އަށް ފަހު އެސިޓީގެ ރައްޔިތުންވެސް ޢާއްމު ޙާލަތަށް ރުޖޫޢަވުމަށްޓަކައި ބުރަ ކޮށް މަސައްކަތް ކުރަމުން އަންނަ މިދަނޑިވަޅާއި ދިމާކޮށް އެކިއެކި ބޭނުންތަކަށް ލަފާފުރާ އުޅަނދު އިތުރުވަމުން އަންނަ ކަން ފުވައްމުލައް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ. އޭގެ އިތުރުން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ވެސް ހިނގަމުންދާތީ ބަނދަރުގެ ދަތިކަން އެސިޓީއަށް ވަރަށްބޮޑަށް ކުރިމަތިވެފައިވެއެވެ.

މާރޗް މަހުގެ ފަހުކޮޅު ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީއަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ކުރެއްވި ދަތުރުފުޅުގައި ފުވައްމުލައް ސިޓީއަށް ވަޑައިގެން އެމަނިކުފާނުވަނީ އެސިޓީގެ ބަނދަރު ބޮޑު ކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. ރަށް ގިރުމުގެ މައްސަލަ އިންތިހާއަށް އޮންނަ އެސިޓީގައި މިހާރުވެސް ދަނީ ނެދަލޭންޑްސްގެ އެމްޓީ ހޯގާޑް ކުންފުންޏާއި ހަވާލުކޮށްގެން ބަނދަރުގެ އުތުރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއްލުމަށް ތިންސަތޭކަ މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ.

ފުވައްމުލައް ސިޓީފުވައްމުލަކު ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
18 ނޮވެމްބަރު 2025

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ
14 ނޮވެމްބަރު 2025

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް
13 ނޮވެމްބަރު 2025

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު