Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ130 ކިލޯ ޑްރަގް މައްސަލަ

130 ކިލޯ ޑްރަގް މައްސަލަ: އަހުމަދު މޫސާއަށް ކުރާ ދައުވާގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައަޅައިފި

ކްރިމިނަލް ކޯޓުގައި ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 އެޕްރީލު 2022 | ބުދަ 07:39
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ 2 މީހުން

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ 2 މީހުން

ދިވެހިންގެ ބަޔަކު ބޭރު ބަޔަކާއި ގުޅިގެން ރާއްޖެއަށް އެތެެރެކުރި ކަމަށް ތުހުމަތު ކުރެވޭ 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލަައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންގެ ތެރެއިން މި މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ ހއ. ހޯރަފުށި، ވައިލެޓްވިލާ އަހުމަދު މޫސާއާއި، ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމްގެ މައްޗަށް ކުރާ ދައުވާގެ ބައެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ އެކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

މި އަޑުއެހުމުގައި ފުރަތަަމަ އޮތީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުމެވެ. އެގޮތުން ފުރަތަމަ ދައުލަތުން ހުށައެޅުންތައް ހުށައަޅާފައިވާއިރު، ދައުލަތުން ޝަހީބުއަށް ކުރާ ދައުވާއާއި ގުޅިގެން ހުށައެޅީ އެއް ހުށައެޅުމެކެވެ. އެއީ ޝަހީބުގެ ފަރާތުން ހުށައަޅާފައިވާ ބައެއް ހެކިން ބަލައިނުގަތުމަށް އެދި ހުށައަޅާފައިވާ ހުށައެޅުމެކެވެ.

ދައުލަތުން ބުނާ ގޮތުގައި އެ ހެކިންނަކީ ކުށްކުރި ތަނުގައި ނެތްކަމުގެ ދިފާއުގައި ޝަހީބު ހުށައަޅާ ހެކިތަކަކަށްވާއިރު، އެފަދަ ދިފާއެއް ނަގާނަމަ، އަމަލުކުރަން ޖެހޭ ވަކި އިޖުރާއަތުތަކެއް އޮންނަކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން އެފަދަ ދިފާއެއް ނަގާނަމަ ތަހުގީގު މަރުޙަލާގައި ބަޔާންދޭއިރު ފޯރުކޮށްދޭން ޖެހޭ މައުލޫމާތުތައް ހުންނާނެ ކަމަށާއި، ދައުވާ ކުރުމުގެ މަރުޙަލާގައިވެސް ޕީޖީ އޮފީހަށް ލިޔުމުން ހިއްސާ ކުރަންޖެހޭ މައުލޫމާތުތައް ހުންނާނެކަމަށް ވިދާޅުވިއެވެ. އެ ޙާލަތްތަކަށް އިސްތިސްނާއެއް ލިބިގަތުމުގައި ފުރިހަމަވާން ޖެހޭ ކަންކަންވެސް މި ޙާލަތުގައި ފުރިހަމަނުވާއިރު، އެ 4 ހެކިން ޝަރީއަތަަަށް ބަލައިނުގަތުމަށް އެދޭކަމަށް ވަކީލާ ވިދާޅުވިއެވެ.

އެ ހުށައެޅުމަށް ރައްދު ދެއްވުމަށް ފުރުސަތު ދެއްވުމުން ޝަހީބުގެ ވަކީލު އާދަމް އާސިފް ވިދާޅުވީ، ޝަހީބުގެ ފަރާތުންވެސް ދައުލަތުން ހުށައަޅާފައިވާ 16 ހެއްކެއް ބަލައިނުގަތުމަށް ހުށައެޅުމެއް ހުށައަޅާފައިވާނެ ކަމަށެވެ. ނަމަވެސް އެ ހުށައެޅުންތައް ހުށައަޅުއްވާ ވަކީލު މަހުފޫޒު ސައީދު އަޑުއެހުމަށް ހާޒިރުވެފައި ނުވާތީ، ދަތިތަކެއް ހުރިކަން ވަކީލު ފާހަގަކުރެއްވިއެވެ.

ވަކީލު އާދަމް އާސިފް ކުރިއަށް ގެންދަވަން އޮތީ ޝަހީބުގެ ބަންދު މުރާޖައާ އަޑުއެހުމުގެ ބައެވެ. ވުމާއެކު، ވަކީލު ވަނީ ހުށައެޅުންތަކަށް ރައްދު ދިނުމާއި، ދިފާއުން ހުށައަޅާ ހުށައެޅުންތައް އެހެން ދުވަހަކަށް ފަސް ކޮށްދިނުމަށް އެދިލައްވާފައެވެ.

ޝަރީއަތުން ވަނީ އެ ބައި އެހެން ދުވަހަކަށް ފަސްކޮށްދެއްވާފައެވެ.

ދެން ކުރިއަށް ދިޔައީ އަހުމަދު މޫސާގެ ބައެވެ. އެގޮތުން ދައުލަތުން ހުށައަޅާފައިވަނީ އޭނާގެ ފަރާތުން ހުށައެޅި 3 ދިފާއީ ހެއްކެއް ބަލައިނުގަތުމަށެވެ. އޭގެ ތެރެއިން އެއް ހެކިވެރިއަކީ ތަހުގީގާވެސް ހިއްސާކޮށްފައިވާ މައުލޫމާތަކާއި ގުޅޭ ހެއްކެއް ނޫންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެ ހުށައެޅުމަށް ދިފާއުން ވަނީ ރައްދު ދީފައެވެ. އަދި އެއަށްފަހު އޭނާގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުމުގެ ބައިވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އޭނާގެ ފަރާތުން 3 ހުށައެޅުމެއް ވަނީ ހުށައަޅާފައެވެ.

ފުރަތަަމަ ހުށައެޅުމަކީ ދައުލަތުގެ ބައެއް ހެކިން ބަލައިނުގަތުމަށް ހުށައަޅާފައިވާ ހުށައެޅުމެކެވެ. ދެވަނަ ހުށައެޅުމަކީ މި މައްސަލައިގެ ބައެއް ލިއުންތައް ހާމަކުރުމަށް ދައުލަތުގެ މައްޗަަށް އަމުރުކޮށް ދިނުމަށް އެދި ހުށައަޅާފައިވާ ހުށައެޅުމެކެވެ. އަދި ތިންވަނަ ހުށައެޅުމަކީ އަހުމަދު މޫސާގެ މައްޗަށް އެއް ކުށެއްގެ އަމަލުތަކެއްގެ މައްޗަށް 3 ދައުވާ އުފުލާފައިވާއިރު، އެއީ އެއް ކުށަކަށް ދެފަހަރު އަދަބު ނުދިނުމުގެ ޙައްޤަށް އުނިކަން އަންނަ ކަމެއްކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. އެ ހުށައެޅުންތަކަށް ވަކި ވަކިން ދައުލަތުން ވަނީ ރައްދުވެސް ދީފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު