Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާ

ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ އަޑިގަނޑުން އަރައިގަތުމަށް އިންޑިޔާގެ އެހީ

6 އެޕްރީލު 2022 | ބުދަ 02:43

މޯދީ ވަނީ ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އެހީވެދެއްވާނެ ކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 6 އެޕްރީލު 2022 | ބުދަ 02:43
ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ އެންމެފަހުން މަގު ބައްތިތައްވެސް ނިންވާލަން ޖެހިފައި

ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ އެންމެފަހުން މަގު ބައްތިތައްވެސް ނިންވާލަން ޖެހިފައި

ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ އަޑިގަނޑުން އަރައިގަތުމަށް އިންޑިޔާއިން އެހީތެރިވާން ނިންމައިފިއެވެ.

ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ އަޑިގަނޑުގެ ސަބަބުން އެގައުމުގެ ރައްޔިތުން އަންނަނީ މުޒާހަރާ ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އިގްތިސާދީ ގޮތުން ދިމާވެފައިވާ ދަތިކަމުގެ ސަބަބުން ލަންކާއަށް ވަނީ ތެޔޮ ހޯދުމުގައިވެސް ދަތިތަކަކާއި ކުރިމަތިވެފައެވެ. އަދި މިއިގްތިސާދީ ކާރިސާއާއި ގުޅިގެން އެގައުމުގެ ސިޔާސީ މަސްްރަހުވެސް ވަނީ ހޫނުވެފައެވެ.

އިގްތިސާދީ ކާރިސާގެ ސަބަބުން ލަންކާ ރުޕީސްގެ އަގުވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.

އިންޑިޔާއިން ހާމަކުރާ ގޮތުގައި ލަންކާގެ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އެގައުމުން ވަނީ އަނެއްކާވެސް އެއް ބިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމާފައެވެ. ލައިން އޮފް ކްރެޑިޓްގެ ދަށުން އިންޑިޔާއިން ދޭން ނިންމާފައިވާ އެއް ބިލިއަން ޑޮލަރުގެ އެހީގެ ދަށުން ލިބޭނީ ކާބޯތަކެތީގެ އިތުރުން ތެލެވެ.

ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާގެ ސަބަބުން އެގައުމުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވަނީ މިދިޔަ މަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި މޯދީ ވަނީ ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު މޯދީ ވިދާޅުވީ އިންޑިއާއިން އަބަދުވެސް އިސްކުރާނީ އަވައްޓެރި ގައުމުތަކަށް އެހީތެރިވުމުގެ ސިޔާސަތުކަމަށެވެ. އަދި އަވައްޓެރި ގައުމުތަކަށް ދިމާވާ މިފަދަ ކާރިސާތަކުގައި އިންޑިއާއިން އަބަދުވެސް އެހީވެދޭނެ ކަމަށް މޯދީ ވިދާޅުވިއެވެ.

އިންޑިޔާއިން ވަނީ މިދިޔަ ފެބްރުއަރީ މަހުވެސް ލަންކާއަށް 500 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ވެފައެވެ. އަދި މީގެ ކުރިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް އިންޑިޔާއިން ވަނީ 100 ޓަނުގެ ނެނޯ ނައިޓްރޮޖެން ލިކުއިޓް ފާޓިލައިޒާސް ވެސް ލަންކާއަށް ހަދިޔާކޮށްފައެވެ.

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2017

މެލޭޝިއާގެ ބޮޑުވަޒީރު ސްރީލަންކާއަށް ވަޑައިގެންފި

17 ޑިސެމްބަރު 2017
މެލޭޝިއާގެ ބޮޑުވަޒީރު ސްރީލަންކާއަށް ވަޑައިގެންފި
30 ނޮވެމްބަރު 2017

ކޮޅިގަނޑުގައި ލަންކާއަށް ބޮޑެތި ގެއްލުންތަކެއް!

30 ނޮވެމްބަރު 2017
ކޮޅިގަނޑުގައި ލަންކާއަށް ބޮޑެތި ގެއްލުންތަކެއް!
14 ނޮވެމްބަރު 2017

ލަންކާއަށް ފުލުފުލުގައި ނޭވީތައް ޒިޔާރަތްކުރަނީ!

14 ނޮވެމްބަރު 2017
ލަންކާއަށް ފުލުފުލުގައި ނޭވީތައް ޒިޔާރަތްކުރަނީ!
09 ނޮވެމްބަރު 2017

ލަންކާއަށް ވަރަށް އަވަހަށް ތެޔޮ ފޮނުވާނަން: މޯދީ

09 ނޮވެމްބަރު 2017
ލަންކާއަށް ވަރަށް އަވަހަށް ތެޔޮ ފޮނުވާނަން: މޯދީ
04 ނޮވެމްބަރު 2017

ލަންކާއަށް ތެލުގެ ތާށިކަން ކުރިމަތިވެއްޖެ

04 ނޮވެމްބަރު 2017
ލަންކާއަށް ތެލުގެ ތާށިކަން ކުރިމަތިވެއްޖެ
30 އޮކްޓޯބަރު 2017

ޑިމޮކްރަސީ ހަރުދަނާކުރުމަށް އެމެރިކާއިން ލަންކާއަށް 14 މިލިއަން ޑޮލަރު ދީފި

30 އޮކްޓޯބަރު 2017
ޑިމޮކްރަސީ ހަރުދަނާކުރުމަށް އެމެރިކާއިން ލަންކާއަށް 14 މިލިއަން ޑޮލަރު ދީފި
28 އޮކްޓޯބަރު 2017

އެމެރިކާގެ މަނަވަރުތަކެއް ލަންކާއަށް ޒިޔާރަތްކުރަނީ

28 އޮކްޓޯބަރު 2017
އެމެރިކާގެ މަނަވަރުތަކެއް ލަންކާއަށް ޒިޔާރަތްކުރަނީ
17 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުން ސްރީލަންކާއަށް ނުވެއްދުމަށް ގޮވާލާ ލަންކާ ބުޑިސްޓުން ޕެޓިޝަނެއްގައި ސޮއި ކުރަނީ

17 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން ސްރީލަންކާއަށް ނުވެއްދުމަށް ގޮވާލާ ލަންކާ ބުޑިސްޓުން ޕެޓިޝަނެއްގައި ސޮއި ކުރަނީ
28 މެއި 2017

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް