Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަތަރު މައްސަލަ

ގަތަރާ ގުޅުން ކަނޑާލައި އިސްރާއިލާ ގުޅުން ގާއިމް ކޮށްފައި އޮތުމަކީ ސަރުކާރުގެ ދެކޮޅުނުޖެހޭކަން: ޑރ. އިޔާޒު

ދިވެހި ސަރުކާރުގެ ނިންމުން އަލުން މުރާޖައާކޮށް ކުރިއެކޭ އެއްގޮތަށް ގަތަރާއި އަލުން ގުޅުން ގާއިމް ކުރުމަށް ގޮވާލައްވާފައިވޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 7 ޖޫން 2017 | ބުދަ 12:09
ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފު

ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފު

މިދިޔަ ހޯމަދުވަހުގައި ގަތަރާއި ދިވެހި ސަރުކާރުން ގުޅުން ކަނޑާލައި ބޮޑެތި ޖަރީމާތައް ހިންގަމުންދާ ޓެރަރިސްޓު އިޒްރާއީލާ އެކު ސަރުކާރުން ގުޅުން ގާއިމުކޮށްފައި އޮތުމަކީ ސަރުކާރުގެ ދައުވާތަކުގެ ދެކޮޅު ނުޖެހޭކަން ސާބިތުކޮށްދޭ ކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު ވިދާޅުވީ ގަތަރަކީ ޓެރަރިޒަމާއި ހަރުކަށިކަމާއި ހައްދުފަހަނައަޅާ ދިއުމުގެ ގައުމެއް ކަމަށް ބުނެ ދިވެހި ސަރުކާރުން ގުޅުން ކަނޑާލާފައިވާއިރު ހާމަކަން ބޮޑު ޓެރަރިސްޓް ގައުމެއް ކަމަށްވާ އިސްރާއީލާ އެކު ގުޅުން ބަދަހިކުރުމަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫންކަމަށެވެ.

"ޓެރަރިޒަމާއި ހަރުކަށިކަމާ ހައްދުފަހަނައަޅާ ދިއުމުގެ ދެކޮޅުނުޖެހޭ އިލްޒާމް އެޅުވުމަށް ފަހު ސަރުކާރުން ގަތަރާއި ގުޅުން ކަނޑާލިކަން އިއުލާންކުރާހިނދު ހާމަކަންބޮޑު ގޮތެއްގައި ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދޭ މީހުން ހިމެނޭ ގޮތަށް އެއްވެސް ހައްގަކާ ނުލާ މަރާ ސުންނާފަތިކޮށް، މާތް ވެގެންވާ އަލްއަގްސާގެ ވަށައިގެންވާ ބިންތައް އެ ބިމުގެ އަހުލުވެރިންގެ ކިބައިން އަނިޔާވެރިކަމާއެކު ގަދަބާރުން ފޭރިގެން ބޮޑެތި ޖަރީމާތައް ހިންގަމުންދާ ޓެރަރިސްޓު އިޒްރާއީލާއެކު ސަރުކާރުން ގުޅުން ގާއިމުކޮށްފައި އޮތުމަކީ ސަރުކާރުގެ ދައުވާތަކުގެ ދެކޮޅު ނުޖެހޭކަން ސާބިތުކޮށްދޭ ކަމެއް،" ފިގުހު އެކަޑެމީގެ ނައިބު ރައީސްކަން ވެސް ކުރިން ކުރައްވާފައިވާ ޑރ. އިޔާޒު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައި ވެއެވެ.

ޑރ. އިޔާޒުގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވަނީ ގަތަރާއެކު ގުޅުން ކަނޑާލުމަށް ދިވެހި ސަރުކާރުން ދައްކާފައިވަނީ އެއްވެސް ހަގީގަތެއް ނެތް ދެކޮޅުނުޖެހޭ އުޒުރުތަކެއް ކަމަށެވެ.

ގަތަރަކީ ދިވެހި ރާއްޖެއަށް އެތައް އެހީތެރިކަން ފޯރުކޮށްދީ އަދި އެކި ގޮތްގޮތުން ހާލުގައިޖެހިފައިވާ އެތަށް މިލިއަން މުސްލިމުންނަށް ކާނާ އާއި އަންނައުނު ފޯރުކޮށްދީ އެހީތެރިވަމުން އަންނަ އިސްލާމީ ދައުލަތެއްކަމަށާއި އެއްވެސް ހައްގަކާނުލާ ބަދުނާމުކޮށް ގުޅުން ކަނޑާލުމަކީ އިސްލާމީ ޝަރީއަތުގައިއ އެއްވެސް ހައިސިއްޔަތަކުން ސާބިތު ކުރެވޭނެ އަދި އެއްވެސް މިންވަރަކަށް ހުއްދަކުރެވޭނެ ކަމެއް ނޫންކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

ޑރ. އިޔާޒު ވިދާޅުވީ ދައުލަތް ހިންގުމާ ގުޅޭ ގޮތުން އިސްލާމީ ޝަރީއަތުގެ އިރުޝާދަކީ އިސްލާމުން ބައިބައިކޮށް ގުޅުންކަނޑާލުމުގެ ބަދަލުގައި ގުޅުންތައް އިތުރަށް ބަދަހިކޮށް އެއްބައިވަންތަ ކުރުން ކަމަށެވެ. އެހެން ކަމުން ދިވެހި ސަރުކާރުގެ ނިންމުން އަލުން މުރާޖައާކޮށް ކުރިއެކޭ އެއްގޮތަށް ގަތަރާ އަލުން ގުޅުން ގާއިމް ކުރުމަށް ގޮވާލާ އިލްތިމާސްކުރައްވާ ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި

29 މާރިޗު 2017
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި
23 މާރިޗު 2017

އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި

23 މާރިޗު 2017
އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި
19 މާރިޗު 2017

އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި

19 މާރިޗު 2017
އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
06 މާރިޗު 2017

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު
24 ފެބުރުއަރީ 2017

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

24 ފެބުރުއަރީ 2017
ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު