Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގަތަރު މައްސަލަ

ގަލްފު ސަރަހައްދުގެ އެއްބައިވަންތަ ކަމަށް ގޮވާލެއްވުމަށް ރަސްގެފާނު ސަލްމާން އަރިހުން ރައީސް ޓްރަމްޕް އެދިވަޑައިގެންފި

ގަތަރުގެ މައްސަލާގައި ސަރަހައްދުގެ ހަލަބޮލިކަން މިފަހުގެ އަހަރުތަކުގައި އިތުރު ނުވާހާ މިންވަރަށް ވަނީ އިތުރުވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 7 ޖޫން 2017 | ބުދަ 08:19
ރަސްގެފާނު ސަލްމާން (ކ) އަދި ރައީސް ޓްރަމްޕް

ރަސްގެފާނު ސަލްމާން (ކ) އަދި ރައީސް ޓްރަމްޕް

ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލުމާ ގުޅިގެން ސަރަހައްދުގެ މަޝްރަހު ހަލަބޮލިވެފައިވާއިރު، ގަލްފު ސަރަހައްދުގެ އެއްބައިވަންތަ ކަމަށް ގޮވާލެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދްގެ އަރިހުން އެދިވަޑައިގެންފިއެވެ.

އެމެރިކާގެ އޮފިޝަަލަކާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނީ ރައީސް ޓްރަމްޕްގެ "މެސެޖަކީ ހައްދުފަހަނައަޅައިފާ ފިކުރާއި ޓެރަރިޒަމަށް ފަންޑު ކުރުމާ" ދެކޮޅަށް ގަލްފު ސަރަހައްދުގެ އެއްބައިވަންތަކަން މުހިންމު ކަން ކަމަށެވެ. ދާދިފަހުން ގަތަރު މައްސަލާގައި ރައީސް ޓްރަމްޕް ވިދާޅުވީ ސައުދީން ގަތަރު އެކަހެރި ކުރުމަކީ "ޓެރަރިޒަމުގެ ބިރުވެރިކަމުގެ ނިމުމުގެ، ފެށުން ކަމަށެވެ."

ގަތަރުގެ މައްސަލާގައި ކުވައިތުގެ އަމީރު މެދުވެރިއެއްގެ ރޯލް އަދާކުރައްވާއިރު ތުރުކީގެ ރައީސް ވަނީ މައްސަލަ ހައްލު ކުރުމަށްޓަކައި އެހީ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

ގަލްފުގެ ހަލަބޮލި ކަމާ ގުޅިގެން ތެލުގެ އަގަށް ބަދަލު އައިސް، ސަރަހައްދުގެ ދަތުރުފަތުރަށް ބަދަލު އައިސް، ގަތަރު ސުޕަމާކެޓްތަކުގައި ވަނީ ކާބޯތަކެތީގެ ތަދުކަން ފެންނަން ފަށާފައެވެ.

ހޯމަ ދުވަހު ރައީސް ޓްރަމްޕް ވަނީ ގަަތަރު ޓެރަރިޒަމަށް ފަންޑު ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ދާދިފަހުން އެމަނިކުފާނު މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުގައި ހައްދުފަހަނައަޅައިފައިވާ ފިކުރަށް މީގެ ފަހުން ފަންޑު ނުކުރެވޭނެ ކަމަށް ދަންނަވާފައިވާ ކަމަށެވެ. ލީޑަރުން އިނގިލި ދިއްުކުރެއްވީ ގަތަރާ ދިމާލަށް ކަމަށް ރައީސް ޓްރަމްޕްގެ ޓްވީޓްތަކުގައި ވިދާޅުވެފައި ވެއެވެ.

ރައީސް ޓްރަމްޕްގެ ބަސްފަޅުތައް މިމޭރުމުން ބެހެއްޓެވިއަސް ގަތަރުގެ މައްސަލާގައި އެމެރިކާގެ ދިފާއީ އިދާރާ ކަމަށްވާ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ މައިމަރުކަޒު ކަމަށްވާ ޕެންޓަގަން އިން ބުނެފައި ވަނީ ގަތަރަކީ "ދެމެހެއްޓެނެވި ގޮތެއްގައި ސަރަހައްދުގެ ސަލާމަތަށް މަސައްކަތް ކުރާ" ގައުމެއް ކަމަށެވެ.

މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އެއާ ފޯސް ބޭސް ހުންނަނީ ގަތަރުގައެވެ. ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އެމެެރިކާ ގެ އަސްކަރިއްޔާގެ އޮފިޝަލަކު އަލްޖަޒީރާ އަށް ވިދާޅުވީ މިލިޓަރީ ނަޒަރިއްޔާތަކުން ބަލާއިރު، މިހާރު ލިބެމުންދާ ޚަބަރުތަކުން އެއްވެސް އަސަރެއްް ނުކުރާ ކަމަށެވެ.

މެރިކާގެ އަސްކަރިއްޔާގެ "އެއާ ފޯސަސް ސެންޓްރަލް ކޮމާންޑް" ގެ ތަރުޖަމާނު ލެފްޓެނެންޓް ކާނަލް ޑެމިއަން ޕިކްކާޓް ވިދާޅުވީ ގަތަރުގައި ހުންނަ މިލިޓަރީ ބޭސް އަށް އެއްވެސް އަސަރެއް ނުކުރާ ކަމަށާއި ހުރިހާ ފްލައިޓެއް ވެސް ޝެޑިއުލް ކުރެވިފައިވާ ގޮތަށް ކުރިއަށް ދާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ގަތަރުގައި އެމެރިކާގެ އަސްކަރިއްޔާ އިން ތިބޭ ތިބުމަށް، ގަތަރުން ދޭ އެއްބާރުލުމަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށާއި އަދި ގަތަރު ސަރަހައްދުގެ ސަލާމަތްތެރިކަމަށްޓަކައި ދޭ އަހްމިއްޔަތު ކަމަށް ވެސް ޝުކުރުވެރިވާ ކަމަށެވެ.

ޕިކްކާޓް ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާ ނުވަތަ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް އިން ގަތަރާ މެދު އަމަލު ކުރާ އުސޫލަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ގަތަރުން ޓެރަރިޒަމަށް ހިއްވަރު ދޭ ކަމަށް ބުނެ ގަތަރާ އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ވަނީ ކަނޑާލާފައެވެ. ގަތަރާ ގުޅުން ކަނޑާލި ހަ ގައުމަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. މި ސަރަހައްދުން ބޭރުން ގުޅުން ކަނޑައިލީ ދިވެހި ރާއްޖެއިންނެވެ. ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން ބުނާގޮތުން ގަތަރު ދަނީ ހަނގުރާމަވެރި ޖަމާއަތްތައް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)، އަލް ގައިދާ އަދި މުސްލިމު ބްރަދާ ހޫޑް ފަދަ ޖަމާއަތްތަކަށް ވާގިވެރިވަމުންނެވެ.

ގަތަރާއެކު އޮންނަ ގުޅުން ބައެއް އަރަބި ގައުމުތަކުން ކަނޑާލުމާއި ގުޅިގެން، ގަތަރުގެ ފޮރިން މިނިސްޓްރީން ބުނީ ގަތަރާ މެދު އެ ގައުމުތަކުން ކަންކުރި ގޮތަކީ އެގައުމުތަކަށް މަގްބޫލު ސަބަބެއް ދެއްކޭނެ ކަމެއް ނޫން ކަމަށާއި އަދި ގަަތަރާ މެދު ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު، ހީތަކެއްގެ މައްޗަށް ދައްކާ ވާހަކަތަކެއް ކަަމަށެވެ. ގަަތަރުގެ ބަޔާނުގައި އިތުރަށް ބުނީ މިހާރު ހިނގާ ކަންކަމުން ދޭހަވެގެން ދަނީ ގަތަރުގެ ދައުލަތް ނިކަމެތިކޮށްލަން މަސައްކަތް ކުރާ ކަން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ ރަސްގެފާނު ކަލާންގެއާއި އެއްފަދަކުރި ނޫސްވެރިޔަކު ސަސްޕެންޑުކޮށްފި

ސައުދީ ރަސްގެފާނު ކަލާންގެއާއި އެއްފަދަކުރި ނޫސްވެރިޔަކު ސަސްޕެންޑުކޮށްފި

02 ޖުލައި 2017
ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު

ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު

24 ޖޫން 2017
ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު

ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު

12 ޖޫން 2017
އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު

އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު

03 ޖޫން 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު