Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

އިންސާފަށް އެޅޭ ހުރިހާ ހުރަހެއް ނައްތާލަން ޖެހެއެވެ.

ފަނޑިޔާރުގޭގެ ދޮރަކީ އަބަދުވެސް ހުޅުވިފައި ހުންނަ ދޮރަކަށް ވާންޖެހޭ

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 31 މާރިޗު 2022 | ބުރާސްފަތި 14:17
ޖޭއެސްސީގެ މަސައްކަތްތައް

ޖޭއެސްސީގެ މަސައްކަތްތައް

ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ލަނޑުދަނޑިތައް ނުވަތަ އަމާޒުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ފަނޑިޔާރުގެޔަކީ ރޭވުންތެރި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭ ތަނަކަށް ހެދުން ހިމެނެއެވެ. ފަނޑިޔާރުގެއޭ މި ދެންނެވީ ދިވެހިރާއްޖޭގެ ހުރިހާ ކޯޓުތަކެެއް ހިމެނޭ ގޮތުންނެވެ. އެތަންތަނުގެ މަސައްކަތްތަކުގެ އިތުބާރު ކަށަވަރުކުރުމާއި ގާނޫނުގެ ބާރު ކުރިއެރުވުމުގައި ބައިވެރިވުމަކީވެސް އެ ކޮމިޝަނުގެ އަމާޒެކެވެ. އިންސާފު ކަށަވަރުކޮށްދޭ އިތުބާރު ހިފޭ އަދި ޖަވާބުދާރީވާ ވިސްނުންފަހި ފަނޑިޔާރުގެއެއް ދެމެހެއްޓުމަކީވެސް އެކޮމިޝަނުގެ ލަނޑުދަނޑިއެކެވެ. ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުގައި އެ ކޮމިޝަނުގެ ތައާރަފުގައި އަދި މިނޫންވެސް ވަރަށް ގިނަ ވާހަކަތައް ލިޔެފައިވެއެވެ. މިއިން ކޮންމެ ވާހަކައެއްވެސް ވަރަށް މުހިއްމެވެ.

އަދުލުވެރިކަން ގާއިމުވެފައި އޮތުމަކީ ގައުމެއްގެ ސުލްހަ މަސަލަސްކަން ދެމިއޮތުމާއި އެންމެ ބޮޑަށް ގުޅިފައިވާ ކަންތަކެވެ. އެހެންވީމާ ދިވެހިރާއްޖޭގައި އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކޮށް އިންސާފުގެ ކަށަވަރުކަން ރައްޔިތުންނަށް ހޯދައިދިނުމުގައި ޖޭއެސްސީން ކަނޑައަޅާފައިވާ އަމާޒުތަކާއި ލަނޑުދަނޑިތައް ކިތަންމެހައިވެސް މުހިއްމެވެ. އަދުލު އިންސާފުގެ ކަށަވަރުކަން ނެތްތަނެއްގައި ސުލްހަ މަސަލަސްކަމާއި ހަމަޖެހުން އޮތުމަކީ ނާދިރު ކަމެކެވެ. ކިތަންމެ ބޮޑު މައްސަލަޔަކަށް ވިޔަސް އަދި ކިތަންމެ ކުޑަ މައްސަލަޔަކަށް ވިޔަސް އިންސާފުގެ އެންމެ ފުނަށް ވާސިލްވުމުގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ. އެކަން އެމަގުން ކުރުމަށްޓަކައި ފަނޑިޔާރުގޭގެ ދޮރަކީ އަބަދުވެސް ހުޅުވިފައި ހުންނަ ދޮރަކަށް ވާންޖެހެއެވެ.

އިންސާފު ލިބިގަތުމަކީ އަދި އިންސާފު ހޯދާން އުޅުމަކީ އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ތަކުލީފަކަށް ނުވާނޭ މަގުން ކަންކަން އިންތިޒާމް ކުރެވި ތަރުތީބު ކުރުމަކީ ފެންވަރު ރަނގަޅު އަދި އިތުބާރު ހިފެވޭ އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ކޮންމެހެންވެސް ބޭނުންތެރި ކަމެކެވެ. ޖުޑީޝަލް ސާރވިސް ކޮމިޝަން ވުޖޫދުކުރުމުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި މިކަންވެސް ހިމެނެއެވެ. އަދި އިންސާފު ލިބިގަތުމުގައި އުނދަގޫވާ ކަންކަން ކުރިމަތިވާނަމަ އެކަމުގެ ޝަކުވާ އުފުލީމާ އެކަން ބަލައި ރަނގަޅު ކުރެވޭން ހުންނަ ކަންކަން ރަނގަޅު ކުރުމަކީވެސް ބޭނުމެކެވެ. މިއަދު ލިޔާންކަމަށް ގަސްތު މިކުރަނީ އިންސާފު ލިބިގަތުމުގައި ނުވަތަ ފަނޑިޔާރުގެ މެދުވެރިކޮށް ހައްގުތައް ލިބިގަތުމުގައި އެތައް ބަޔަކަށް ތަކުލީފުތަކެއް އުފުލާން މެދުވެރިވެފައިވާ ކަމެއްގެ ވާހަކަ ބަޔާން ކުރުމަށެވެ.

މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް ފަހަކަށް އައިސް ރާއްޖޭގައި ވަރަށް ގިނައެވެ. ކަމާބެހޭ މުއައްސަސާތަކަށް ހުށައެޅޭ އެފަދަ މައްސަލަތައް ވަރަށްވެސް ގިނައެވެ. މިފަދަ މައްސަލަތަކުގެ ބާވަތްތައް ގިންތި ކުރެވިފައި އޮންނަ ގޮތުން ބައެއް މައްސަލަތަކަކީ ތަހުގީގު ބޭނުންވާ މައްސަލަތަކެވެ. އެހެންވީމާ އެފަދަ މައްސަލަތައް އެންމެ ފުރަތަމަ ހުށައަޅަން ޖެހެނީ ފުލުހަށެވެ. ފުލުހުންގެ ތަހުގީގަކާ ނުލައި ސީދާ ފަނޑިޔާރުގެޔަށް ހުށައެޅޭ މައްސަލަތައްވެސް ހުރެއެވެ. މިސާލަކަށް ބޮޑު އަހުދުނާމާއެއްވެފައި ތަނެއް ކުއްޔަށް ނެގުމަށްފަހު އެތަނަކަށް ކުލިނުދައްކައި އެތައް ދުވަހަކު އުޅުމަށްފަހު ފިލުން ކަހަލަ މައްސަލަތަކެވެ. މިބާވަތުގެ ކަންކަންވެސް މިހާރު ކޯޓުތަކަށް ހުށައެޅޭ ނިސްބަތް ވަރަށް ގިނަކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ފައިސާދޭން ވައުދުވެފައި އެކަމަށް ފަސްޖެހި އެންމެފަހުން ފިލައި ރައްކާވާ މީހުންގެ މައްސަލަތައް ކޯޓުތަކަށް ހުށައެޅޭ ނިސްބަތް މަތިކަމުން ތޯއްޗެކެވެ. ނުވަތަ އެ މައްސަލަތައް ރައްދުވާ މީހުން ނުވަތަ ޖަވާބުދާރީވާންޖެހޭ މީހުން ގިނަވުމާއި އެމީހުން ހޯދައި ފަނޑިޔާރު ގެޔަށް ގެނައުމުގައި އުފުލާންޖެހޭ ތަކުލީފުތަކުގެ ބޮޑުކަމުންވެސް ތޯއްޗެކެވެ. ސިވިލް ކޯޓުން ގަވައިދެއް ހަދާފައި އެބައޮވެއެވެ. އެގަވައިދުގެ ދަށުން ސިވިލް ކޯޓަށް މައްސަލަ ބަލައިގަންނަނީ ފިލައިގެން އުޅޭ މީހާ ނުވަތަ ފައިސާ ނުދައްކާންވެގެން އެކަހެރިވެގެން އުޅޭ މީހާ މިހާރު ދިރިއުޅޭ އެޑްރެސް ސާފުކޮށް ބަޔާންކޮށްފައި އޮވެގެންނެވެ. ދައުވާ ކުރާ ފަރާތަށް ނުވަތަ އިންސާފު ހޯދަން އުޅޭ ފަރާތަށް ތަކުލީފަކަށްވާ ކަމަކީ އެއީއެވެ. އައިޑީ ކާޑުގައި އޮންނަ ނަމާއި ދާއިމީ އެޑްރެސް އެނގުނަސް ފިލައިގެން އުޅޭ އެޑްރެހެއް ނޭނގެއެވެ.

ފިލައިގެން އުޅޭ މީހަކު މިހާރު އުޅޭ ތަނެއް ނޭނގުމަކީ ފަނޑިޔާރުގެއިން އިންސާފު ލިބިގަތުމަށް އޮތް ހުރަހަކަށްވަންޏާ އެއޮތީ އިންސާފަށް ހުރަސްއެޅިފައެވެ. މީސްމީހުން ދިރިއުޅޭ ތަންތަން ހޯދައި ބެލުމަކީ އިންސާފު ލިބިގަތުމަށް އެދޭ މީހާޔަށްވުރެ ފަނޑިޔާރުގެޔަށް ފަސޭހަ ކަމެކެވެ. މުއައްސަސާތައް ވުޖޫދުކޮށްގެން މިތިބީ އެބޭނުމުގައެވެ. މައްސަލަ ބަލައިގަންނަނީ މިހާރު ދިރިއުޅޭ އެޑްރެސް އެކަމަށް އޮންނަ ގޮޅީގައި ޖަހައިގެން ކަމަށްވާތީ ގޮޅި ފުރައިލުމަށް ހަމަ ކޮންމެ އެޑްރެހެއް ލިޔެގެން މައްސަލަ ވެއްދުމަށް ފަރުދުންނަށް އެބަ މަޖުބޫރުވެއެވެ. މިހާރު އުޅޭ ހަގީގީ އެޑްރެސް ނޭނގުނުކަމަށްވިޔަސްމެއެވެ. ގޮތްހުސްވެގެން މާޔޫސްވެގެން ފަނޑިޔާރުގެޔަށްދާ މީހާއަށް އިންސާފު ލިބިދިނުމުގައި މި އުސޫލު ހުރަހަކަށް އެބަވެއެވެ. އަދި ނޭނގޭ މައުލޫމާތެއް އެނގޭކަމަށް ބަޔާންކޮށް ދޮގުހަދާންވެސް މަޖުބޫރުވެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންސިވިލް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު