Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ހަގީގަތުގައިވެސް 19ވަނަ މަޖިލިސް ތަފާތު

29 މާރިޗު 2022 | އަންގާރަ 14:40

އިދިކޮޅުން ހުށަހެޅި މައްސަލަ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު ތަޅުމުގައި ބަހުސް ކުރުމަށް ފާސްވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 މާރިޗު 2022 | އަންގާރަ 14:40
ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންތެރެއިން

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ކެމްޕެއިން ކުރިއިރު އެންމެ ގިނައިން އަޑު އިވުނު އެއްވާހަކައަކީ 19ވަނަ މަޖިލިސް ތަފާތުވާނެ ކަމުގެ ވާހަކައެވެ. އެކަން އަމަލާ ބަހުން ދައްކާނެ ކަމުގެ ވާހަކައެވެ. ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށް ބުންޏެވެ. ތެދެކެވެ. މިއަދު ރައްޔިތުންގެ މަޖިލީހުން ފެންނަނީ އެ މަންޒަރެވެ. އިދިކޮޅުން އޭރުވެސް މިހާރުވެސް އެ ވާހަކަތައް ދޮގުކުރި ނަމަވެސް އޭރު އެމްޑީޕީން ބުނަމުން ދިޔަ ވާހަކަތައް މިހާރު މަޖިލީހުގައި ތިބި އެމްޑީޕީ މެމްބަރުންގެ ފަރާތުންދަނީ ފެންނަމުންނެވެ.

ސަރުކާރުން ކައްޗަށް ފިޔަވަޅެއް އަޅާތޯ މަޖިލީހުން ފާރަވެރިވެއެވެ. ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ރައްޔިތުންނަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ސުވާލުކޮށް އެކަމާ ބަހުސް ކުރެއެވެ. މިއީ މީގެ ކުރީގެ ސަރުކާރުން ފެނުނު މަންޒަރެއް ނޫނެނެވެ. ޕީޕީއެމްގެ ވެރިކަމުގައި ވަޒީރުން ޖަވާބުދާރީ ކުރުމުގެ ބަދަލުގައި ފެނުނީ، އޭރުގެ އިދިކޮޅު މެމްބަރުން މަޖިލީހުން ބޭރުކޮށް ބޭނުން ގޮތަކަށް ކަން ކުރަމުން ދިޔަ މަންޒަރެވެ. ވަޒީރަކާ ސުވާލު ނުކޮށްލާ ތަނުގައި، އޭރު އިދިކޮޅުގެ ގޮތުގައި އޮތް އެމްޑީޕީގެ މެމްބަރުންނަށް ބަސް ބުނުގެ ފުރުސަތުވެސް އޮތީ ނިގުޅައިގެންފައެވެ.

މި ހަފްތާތެރޭގައި އިދިކޮޅުގެ ދެ މެމްބަރަކު މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަވެސް ތަޅުމުގައި ބަހުސް ކުރުމަށް ބަލައިގަތީ އެމްޑީޕީގެ މެމްބަރުންގެވެސް ތާއީދާއެކުގައެވެ. މިކަމުން އެނގެނީ، އެމްޑީޕީގެ ހިއްސާ އޮތް ސަރުކާރެއްގެ ވާހަކަ ދައްކަން މަޖިލީހުގައި ތެދުވެ، ޖެހިލުމެއް ނެތި އެވާހަކަތައް ދެއްކުމުގެ ޖާގަ މިއަދު އޮތްކަމެވެ. ސަރުކާރު ތެރޭގައި ގޯސް ކަމެއް އޮތްކަން ގަބޫލުކުރެވޭ ހިނދު އެވާހަކަ ދައްކައި، ހައްލު ކުރުމަށް މަސައްކަތް ކުރާ ކަމެވެ. އެއީ ރައްޔިތުން އެ މެމްބަރުން މަޖިލީހަށް ފޮނުވި ސަބަބުވެސްމެއެވެ. ރައްޔިތުންގެ މެމްބަރުންގެ ގޮތުގައި، އެތައް ހާސް ވޯޓެއް ދިނުމަށްފަހު އެ ތަނަށް ފޮނުވީ، ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުގެ ވާހަކަ ދައްކާށެވެ. ރައްޔިތުންނާ ދޭތެރޭގައި ބޭއިންސާފުން ކަމެއް ކުރާނަމަ އެ ކަންތައްތަކުގެ ވާހަކަ ދައްކާށެވެ. އެހެން ކަމުން، ކަމެއް ރަނގަޅުކުރެވޭނީ ގޯސް ކަންތައްތައް އެކަމުގައި ހުރިކަން ގަބޫލުކޮށްގެން ކަމަށް އެ މެމްބަރުން އަމިއްލަފުޅަށް ގަބޫލް ކުރައްވައެވެ.  

އަންގާރަ ދުވަހުގެ ޖަލްސާގައި، ލ.އަތޮޅު ހޮސްޕިޓަލްގެ ހިދުމަތުގެ ފެންވަރު ދަށްވުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުން ހުށަހެޅި މައްސަލަ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު ތަޅުމުގައި ބަހުސް ކުރުމަށް ފާސް ކުރިއެވެ. އިދިކޮޅު ޕާޓީގެ މެންބަރަކުކަމުގައިވިޔަސް އަމިއްލަ ދާއިރާގެ ތަރައްގީއާ ބެހޭ މައްސަލައެއް، ކަންބޮޑުވެޔޭ ވިދާޅުވެ ހުށަހެޅުއްވުމުން އެމްޑީޕީގެ އަގުލަބިއްޔަތު ބޭނުންކޮށްގެން ބަހުސް ކުރިޔަ ނުދޭންވީ ސަބަބެއްނެތްކަމަށް އެ މެމްބަރުން ގަބޫލް ކުރައްވައެވެ. މިއީ ކުރިންއޮތް 18ވަނަ މަޖިލީހުގައި ފެނުނު މަންޒަރެއް ނޫނެވެ.

ޕީއެންސީންގެ ނައިބް ރައީސް އަދާމް ޝަރީފް, ހޯމަ ދުވަހު ހުށައެޅުއްވި މައްސަލަވެސް ވަނީ ބަލައިގަނެފައެވެ. މިއީ ރައްޔިތުން ސަރުކާރާމެދު އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ. އިދިކޮޅުގެ މެމްބަރުންނަށް މަޖިލީހުގައި ފުރުސަތު ނެތްކަމަށް އެ މެމްބަރުން ވިދާޅުވާ ވިދާޅުވުން މިއީ ހަގީގަތެއް ނޫން ކަން މިކަމުން ހާމަވެއެވެ. ހަގީގަތުގައިވެސް 19ވަނަ މަޖިލިސް ތަފާތެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް