Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާ އައުޓް ހަރަކާތް

އިންޑިއާ އައުޓް ހަރަކާތް ހިންގަނީ ޒުވާން ޖީލު ހަލާކުކޮށްލައި، މާލީ އަދި ސިޔާސީ މަންފާއެއް ހޯދުމަށް - މެމްބަރުން

އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ސަރުކާރުން ހުއްޓުވަން ނުޖެހޭ ސަބަބެއް ނުވިސްނޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 23 މާރިޗު 2022 | ބުދަ 06:36
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އިންޑިއާ އައުޓްގެ ނަމުގައި ކުރީގެ ރައީސް ޔާމިން ހިންގަވާ ހަރަކާތަކީ، ރާއްޖޭގެ ޒުވާން ޖީލް ހަލާކުކޮށް، އަމިއްލަ މާލީ އަދި ސިޔާސީ މަންފާއަށް ހިންގަވަމުން ގެންދަވާ ހަރަކާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

މެމްބަރުން މިހެން ވިދާޅުވީ، ސަލާމަތީ ބާރުތަކުން ނުކުމެ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި ކުއްލި މައްސަަލައަށް ވާހަކަފުޅުދައްކަވަމުންނެވެ.

ވިލުފުށި ދާއިރާގެ މެމްބަރު ހުސެއިން އަފީފު ވިދާޅުވީ، ރާއްޖޭގެ ގައުމީ ސަލާމަތަށް މިކަމުން ނުރައްކާތެރިކަން އެބައޮތް ކަމަށެވެ. މިހަރަކާތް ހުއްޓުވުމުން ދިވެހި ރައްޔިތުންނަށް ކުރާނީ ފައިދާ ކަމަށެވެ. އެގޮތުން އިންޑިއާގެ އިންޓެލިޖެންސާއި ގުޅިގެން ޑްރަގް ނެޓްވޯކުތައް ހުއްޓުވުމަށް ދިވެހިން ފުލުހުން ކުރާ މަސައްކަތަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މިއީ ޒުވާން ޖީލު ހަލާކުކޮށްލުމަށް ހިންގާ ހަރަކާތެއްކަމުގައި އަފީފުގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ހުއްޓުވަން ޖެހޭ ހަރަކާތެއް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދަޅުވިއެވެ. އަދި މި ހަރަކާތަކީ އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ގެއްލުން ހުރި އަދި ރާއްޖޭގެ ސަލާމަތަށް ނުރައްކާތެރި ހަރަކާތެއް ކަމަށް ކަމާއި ބެހޭ މުއައްސަސާތަކުން ގަބޫލު ކުރާއިރު މިކަން ނުހުއްޓުވޭ ކަމަށާއި، މިކަން މިހާރު އަރަތަކަށް ވެފައިވާ ކަމަށްވެސް މެމްބަރު ހަސަން ލަތީފް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ސަރުކާރުން ހުއްޓުވަން ނުޖެހޭ ސަބަބެއް ނުވިސްނޭ ކަމުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވިއެވެ.

ރާއްޖެއަށް ދިމާވި ބޮޑެތި ހާދިސާތަކުގައާއި، އެންމެ ދަތި ދުވަސްތަކުގައިވެސް އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމަކީ އިންޑިއާކަމަށް އެހެން މެމްބަރުން ވިދާޅުވި ވާހަކަ އީވާވެސް ތަކުރާރު ކުރެއްވިއެވެ. އިދިކޮޅު ފަރާތްތަކުން ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ޕީޕީއެމްގެ މެމްބަރުންނަށްވެސް ވަރަށް ބޮޑަށް އޮޅުވާލައިގެން އަމިއްލަ މާލީ އަދި ސިޔާސީ މަންފާއަށް ހިންގަމުންދާ ހަރަކާތެއްކަމަށާއި، މިހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ސަލާމަތީ ބާރުތަކުން ބުނެފައިވާއިރު މިކަން ހުއްޓުވަން ޖެހޭކަމުގައި އީވާ ވިދާޅުވިއެވެ.

ޖާބިރު ހުށައެޅުއްވި މައްސަލަައިގައި ބުނެފައިވަނީ، އަވަށްޓެރި ގައުމަކާމެދު ނަފްރަތު އުފެދޭ ގޮތަށް "އިންޑިއާ އައުޓް" ނަމުގައި ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި އަތޮޅުތަކުުން މީހުން މާލެ ގެނެސްގެން ހިންގާ މި ހަރަކާތުގެ ސަބަބުން އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުން ގޯސްވެގެން ދިޔަ ނުދީ ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި މިއީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަން ޖެހޭ ކަމެއް ކަމަށެވެ. ސަލާމަތީ ބާރުތަކުން މަޝްވަރާކުރުމަށްފަހު މާލޭގައި ހިންގާ މި ހަރަކާތް ހުއްޓުވުމަށް މިހާރުން މިހާރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ، އިންޑިއާ ފަސްޓް ޕޮލިސީއަކީ ހަމައެކަނި އެމްޑީޕީގެ ވެރިކަމުގައި ދަމަހައްޓާ ޕޮލިސީއެއް ނޫންކަމަށެވެ. މިއީ ޒަމާނުއްސުރެ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮތްގޮތް ކަމުގައެވެ. މިހާރު ފެށިގެން އުޅޭ އިންޑިއާ އައުޓް ކެމްޕެއިނަކީ، ވަކި ބަޔަކު އެމީހުންގެ ކަޅު ފައިސާ ދޮވުމާއި، ޑްރަގް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރުން ހުއްޓުމަކަށް އައިސްދާނެތީ ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. މި ފިތުނަވެރި ކެމްޕެއިންގެ ސަބަބުން ގެއްލުންވަނީ އާދައިގެ ރައްޔިތު މީހާއަށް ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަނީ މިފަދަ ހަރަކާތް ކުރިއަށްގެންދާއިރު، އެތައް ސަތޭކަ ރައްޔިތުންނެއް އިންޑިއާގައި ދިރިއުޅެމުންދާކަމާމެދު ވިސްނާ ނުލާތީ އެކަމާއި ސުވާލު އުފައްދަވާފަައެވެ. މިއީ ކަންބޮޑުވާކަމެއް ކަމެއް ކަމަށާއި، މީގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް އިންތި ވިދާޅުވިއެވެ.

މި މައްސަލައަށް ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ އެ ހަރަކާތާއި ދެކޮޅަށް ވާހަކަދައްކަވާފައެވެ.

އިންޑިއާ އައުޓްރައްޔިތުންގެ މަޖިލިސްކުރީގެ ރައީސް ޢަބްދުﷲ ޔާމީންޕީޕީއެމް-ޕީއެންސީއެމްޑީޕީރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲމެމްބަރު އަފީފްމާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު