Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަންހެނުން ބާރުވެރިކުރުވުން

ކުރެހުން މެދުވެރިކޮށް ރަސޫލީ މަސައްކަތްކުރަނީ އަންހެނުން ބާރުވެރިކުރުވުމަށް

19 މާރިޗު 2022 | ހޮނިހިރު 12:46

ރަސޫލީ ކުރަހަން ދަސްކުރީ މީގެ 3 އަހަރު ކުރިން، ގްރީސްއަށް ހިޖުރަކުރުމަށްފަހު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 19 މާރިޗު 2022 | ހޮނިހިރު 12:46
ރޯޔާ ރަސޫލީ

ރޯޔާ ރަސޫލީ

އަފްޣާނިސްތާނުން ގްރީސްއަށް ހިޖުރަކޮށްފައިވާ ރެފިއުޖީއެއް ކަމުގައިވާ އުމުރުން 18 އަހަރުގެ ރޯޔާ ރަސޫލީއަކީ ކުރެހުންތެރިއެކެވެ. އޭނާ ވަނީ ގްރީސްގެ މައިގްރޭންޓް ކޭމްޕެއްގައި އަންހެންކުދިންތަކަކަށް އާރޓް ކްލާހެއް ނަގައިދީފައެވެ. އެ ކްލާހުގައި ކިޔަވައިދެމުން އޭނާ ވަނީ, ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެންކުދިންނަށް ދޭން ބޭނުން ވަނީ ކޮން މެސެޖެއްތޯ ސުވާލުކޮށްފައެވެ. އެހެން ބުނުމުން އެ ކުލާހުގައި އިން ކުއްޖަކު ވަނީ, އަންހެންކުދިންނަކީ ހިތްވަރުގަދަ ބަޔަކަށް ވާންޖެހޭނެކަމަށް ބުނެފައެވެ.

އެކުއްޖާގެ ޖަވާބާއެކު އެ ކްލާސް ވެގެންދިޔައީ ރަސޫލީއަށްވެސް, އަންހެނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން އެތައް ފިލާވަޅެއް ލިބިގެންދިޔަ ކުލާހަކަށެވެ. ރަސޫލީ ވަނީ ކުރެހުން މެދުވެރިކޮށް އެ ބޭނުންވާ މެސެޖު ދެވޭނެކަމަށް ބުނެފައެވެ. ރަސޫލީ ވަނީ 1985 ވަނަ އަހަރު ނޭޝަނަލް ޖިއޯގްރެފިކް މެގަޒިންގެ ކަވަރުގައި އިން އަފްޣާނިސްތާނުގެ އަންހެން ކުއްޖާ ކުރަހަން ފަށާފައެވެ. އެއީ ފެހި ކުލައިގެ ކަޅިރަވައެއް ލިބިފައިވާ ކުއްޖެކެވެ.

އެ ކުރެހުން ކުރަހަމުން ރަސޫލީ ކިޔައިދޭ ގޮތުގައި, އޭނާ ބޭނުންވަނީ އަފްޣާނިސްތާނުގައި އަންހެނުން ދިރިއުޅޭ ހާލަތު ބަޔާންކޮށްދޭށެވެ. އެމީހުންނަށް ވާހަކަ ދެއްކުމުގެ ހައްގު ލިބިގެންނުވާކަމަށާއި، އެމީހުން ދައްކާ ވާހަކައިގެ އަޑުއަހާ ބަޔަކުވެސް ނޫޅޭ ކަމަށް ރަސޫލީ ކިޔައިދިނެވެ. އަފްޣާނިސްތާނުގައި އަންހެނުން ދިރިއުޅެމުންދަނީ އެ ހާލަތުގައިކަން މުޅި ދުނިޔެއަށް ދައްކައިދޭން ބޭނުންވާކަމަށް ރަސޫލީ ބުނެއެވެ.

ރަސޫލީ ކުރަހަން ފަށާފައިވަނީ މީގެ ތިން އަހަރު ކުރިން ގްރީސްއަށް ހިޖުރަކުރުމަށް ފަހުގައެވެ. އަދި އޭނާ ކުރަހަން ދަސްކޮށްފައިވަނީ އަމިއްލައަށެވެ. އޭނާ ބުނިގޮތުގައި ކުރެހުމަކީ އޭނާއަށް ހިތްހަމަޖެހުން ގެނުވާކަމެކެވެ. ކުރަހަން ފެށުމުން އޭނާއަށް އެހެން ދުނިޔެއަކަށް ދެވޭކަމުގެ އިހުސާސް ކުރެވޭ ކަމަށް ރަސޫލީ ބުނެފައިވެއެވެ.

އޭނާ ބޭނުންވަނީ އަންހެނުންނަށް އަންހެނުން ބޭނުންވާ ކޮންމެ ކަމެއްވެސް ކުރެވިދާނެކަން ކުރެހުމުން ދައްކުވައިދޭށެވެ. އަދި އަންހެނުން ކުރަން ބޭނުންވާ ކަމެއް ކުރެވޭނެކަން ގަބޫލުކުރުވުމަށް ކަމަށް ރަސޫލީ ބުނެފައިވެއެވެ.

ރަސޫލީ ބުނި ގޮތުގައި އޭނާ ބޭނުންވަނީ ކޭމްޕުގައި ތިބި އެހެން އަންހެނުންނަށްވެސް އެމީހުން ބޭނުންވާ ކަންކަން ކުރެވޭނެކަން ދައްކުވައިދޭށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2018

ކާރު އެކްސިޑެންޓެއްގައި މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ރަސުއަލް އާއި އަންހެނުން ލިއާ މަރުވެއްޖެ

01 ފެބުރުއަރީ 2018
ކާރު އެކްސިޑެންޓެއްގައި މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ރަސުއަލް އާއި އަންހެނުން ލިއާ މަރުވެއްޖެ
30 ޖެނުއަރީ 2018

ހަމަ އެކަނި އަންހެނުން ދިރިއުޅޭ ވިލެޖެއް މިސްރުގައި!

30 ޖެނުއަރީ 2018
ހަމަ އެކަނި އަންހެނުން ދިރިއުޅޭ ވިލެޖެއް މިސްރުގައި!
19 ޖެނުއަރީ 2018

އަހަރަކު އެއް ފަހަރު ފެންވަރާތީ ރުޅި އައިސްގެން އަންހެނުން ވަރިކޮށްފި

19 ޖެނުއަރީ 2018
އަހަރަކު އެއް ފަހަރު ފެންވަރާތީ ރުޅި އައިސްގެން އަންހެނުން ވަރިކޮށްފި
08 ނޮވެމްބަރު 2017

އަންހެނުންގެ އެމްއާރުއައި ހެދުމުގެ ކުރިން ވަނީ ވިހަ އިންޖެކްޝަނެއް ޖަހާފައި: ޗަކް ނޯރިސް

08 ނޮވެމްބަރު 2017
އަންހެނުންގެ އެމްއާރުއައި ހެދުމުގެ ކުރިން ވަނީ ވިހަ އިންޖެކްޝަނެއް ޖަހާފައި: ޗަކް ނޯރިސް
01 ނޮވެމްބަރު 2017

ހަތަރު އަންހެނުން ހަ ގަޑިއިރުގެ ތެރޭގައި އަށް ކުދިން ވިހައިފި

01 ނޮވެމްބަރު 2017
ހަތަރު އަންހެނުން ހަ ގަޑިއިރުގެ ތެރޭގައި އަށް ކުދިން ވިހައިފި
21 ސެޕްޓެމްބަރު 2017

"ހިތްހަމަ ނުޖެހޭ ފަހަރު މަގޭ ބޫޓްތަކުން އަންހެނުން ހަމަލާދޭ": ސަންޖޭ ދަތު

21 ސެޕްޓެމްބަރު 2017
"ހިތްހަމަ ނުޖެހޭ ފަހަރު މަގޭ ބޫޓްތަކުން އަންހެނުން ހަމަލާދޭ": ސަންޖޭ ދަތު
10 އޯގަސްޓު 2017

ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން ބާޗީގެ ކުރެހުންތައް ދައްކާލައިފި

10 އޯގަސްޓު 2017
ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން ބާޗީގެ ކުރެހުންތައް ދައްކާލައިފި
02 ޖުލައި 2017

ލަންކާގައި އަންހެނުން އޮޓޯއަށް އެރުން މަނާކޮށްފި

02 ޖުލައި 2017
ލަންކާގައި އަންހެނުން އޮޓޯއަށް އެރުން މަނާކޮށްފި
30 ޖޫން 2017

ފާކިސްތާނުގެ އަންހެނުން ދުއްވާ ޕިންކް ޓެކްސީ

30 ޖޫން 2017
ފާކިސްތާނުގެ އަންހެނުން ދުއްވާ ޕިންކް ޓެކްސީ
24 މެއި 2017

އަންހެނުންނާ ބެހޭގޮތުން ބޭއަދަބީ ވާހަކަ ޓްވީޓް ކުރުމުން އަބީޖީތުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފި

24 މެއި 2017
އަންހެނުންނާ ބެހޭގޮތުން ބޭއަދަބީ ވާހަކަ ޓްވީޓް ކުރުމުން އަބީޖީތުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް