Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިނަދޫއިން މީހުން ބޭލި މައްސަލަ

ތިނަދޫއިން މީހުން ބޭލި މައްސަލަ: ލިބުނު އަނިޔާތައް، ބަޔާން ދިން މީހުންގެ ދުލުން

19 މާރިޗު 2022 | ހޮނިހިރު 09:21

ތިނަދޫ ކެމްޕަހުގައި ހޮނިހިރު ދުވަހު މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 މާރިޗު 2022 | ހޮނިހިރު 09:21
ގދ. ތިނަދޫ ކެމްޕަހުގައި ހޮނިހިރު ދުވަހު މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފައިވޭ

ގދ. ތިނަދޫ ކެމްޕަހުގައި ހޮނިހިރު ދުވަހު މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފައިވޭ

ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާއާ ގުޅިގެން ބާއްވާ ޕަބްލިކް ހިޔަރިންގ ހޮނިހިރު ދުވަހު ފަށައިފިއެވެ.

މި މައްސަލައަކީ 1962 ވަނަ އަހަރު ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާގައި, ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ, އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށައެޅިފައިވާ މައްސަލައެކެވެ.

Advertisement - newsAdvertisement

އެމް.އެން.ޔޫ ގދ. ތިނަދޫ ކެމްޕަހުގައި ހޮނިހިރު ދުވަހު މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފައިވާއިރު، ސެޝަންތަކަކަށް ބަހާލައިގެން މި އަޑުއެހުމުގެ ބައިތައް ތިނަދޫއާއި މާލޭގައިވެސް ކުރިއަށްދާނެއެވެ.

ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފްވެސް ބެންޗުގައި ހިމެނިވަޑައިގެންނެވި މި އަޑުއެހުމަށް ބަޔާން ދެމުން ގދ. ތިނަދޫ, ތިނަދޫގޭ އާދަމް ހުސައިން ބުނީ އޭނާއަކީ މި ހާދިސާގެ ސީދާ އަނިޔާލިބުނު މީހެއްކަމަށެވެ. އޭނާ ބުނި ގޮތުގައި އޭރު އޭނާގެ އުމުރުން 3 އަހަރެވެ. އޭރު ސިފައިން އެ ރަށަށް އައިސް، ރަށުގެ ރައްޔިތުންގެ ގަޔަށް ބަޑިޖަހައި، ލާއިންސާނީ އެތައް ކަންކަންތަކެއް ކޮށްފައިވާކަން ފާހަގަކޮށް އޭނާ ބުނީ، ދިވެހި ޒުވާނުންނަށް މި އަނިޔާވެރި ތާރީޚާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް ނޭނގޭކަމަށެވެ.

އޭނާ ވަނީ މި މައްސަލަ ބަލަމުންދާތީ މިއަދުގެ ސަރުކާރަށްވެސް ޝުކުރު އަދާކޮށްފައެވެ. އަދި މި މަސައްކަތް އެއްވެސް ރައްޔިތަކު ސިޔާސީކުރުމަކީ ރަނގަޅު ގޮތެއް ނޫންކަން އޭނާ ފާހަގަ ކުރެއެވެ.

މި ހާދިސާގެ ތެރެއިން އޭނާއާ އެއްބަނޑު އެއްބަފާ 3 ބެއިން ނިޔާވެފައިވާއިރު، އޭނާގެ ދައްތަ ނިޔާވީ ކާނެ އެއްޗެއް ނުލިބި، އެކި ގޮތްގޮތުން ކާނެއެއްޗެއް ހޯދަމުންގޮސް މީދާ ވިހަވެގެންނެވެ.

މި ބައްދަލުވުމުގައި އެރަށު އާއިޝަތު ހުސައިންވެސް ބަޔާން ދީފައިވާއިރު، އޭނާ ވަނީ އެ ހާދިސާއާ ގުޅިގެން ތަހައްމަލު ކުރަންޖެހުނު ކަންކަން ހިއްސާ ކޮށްފައެވެ. އޭނާ ބުނާ ގޮތުގައި މި ހާދިސާގައި އޭނާގެ ބައްޕަވެސް ވަނީ ސިފައިންގެ ބަޑީގެ ހަމަލާތަކުގައި ނިޔާވެފައެވެ. އެ ކަންކަމުގެ ބަދަލު އޭނާ ސަރުކާރުގެ ކިބައިން ބޭނުންވާކަންވެސް ފާހަގަކުރިއެވެ. އެކަމަށް އެދި އޭނާ ވަނީ ސަރުކާރުގެ އިދާރާތަކަށް ސިޓީވެސް ފޮނުވާފައެވެ.

އޭނާގެ އިތުރުންވެސް އިތުރު މީހުން ބަޔާން ދީފައިވާއިރު، އެންމެންވެސް ވަނީ އެރަށުން މީހުން ބޭލީ ނުހަނު އަނިޔާވެރިކަމާއި ލާއިންސާނީ އަނިޔާތަކަށްފަހު ކަމަށް ބުނެފައެވެ.

އެ ފަރާތްތަކުން ބަޔާން ދެމުން ގެންދިޔައިރު އޮމްބަޑްސްޕަރސަން އޮފީހުގެ ބޭފުޅުން ވަނީ އިތުރަށް ސާފުކުރަން ބޭނުންވާ ކަންކަން އޮޅުންފިލުވާފައެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލަތަކަށް ބަލާއިރު، މައްސަލާގައި އަނިޔާ ލިބިފައިވާ މީހުން ކަމަށް ބަލަނީ, ސީދާގޮތުންނާއި ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބުނު މީހުންނާއި, ނުސީދާ ގޮތުން ނަފްސާނީ އަނިޔާ ލިބުނު މީހުންނާއި, އެއިރުގައި ރަށުގައި ދިރިއުޅުނު މީހުންގެ ތެރެއިން އެ ހާދިސާ ފެނި ތަޖުރިބާކުރެވުނު މީހުންނެވެ. މައްސަލަ ރައްދުވާ ފަރާތްތައްކަމަށް ބަލަނީ ހާދިސާގައި ދައުލަތުގެ ފަރާތުން ހަރަކާތްތެރިވި މީހުންނަށެވެ. 

އޮމްބަޑްސްޕަރސަން އޮފީހުން މި މައްސަލަ ބަލަމުންދާއިރު، މިހާރު މަޝްވަރާ ކުރެވިފައި އޮތީ, ތަހުގީގު ނިމޭތާ 2 މަސް ދުވަހުގެ ތެރޭގައި އެ އޮފީހުގެ ހޯދުންތައް ހިއްސާކުރާގޮތަށެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް