Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބައު ޖަމާލުއްދީން ސްކޫލް ހުސްކުރުން

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށް ބައު ޖަމާލުއްދީން ސްކޫލް އިމާރާތް ހުސްކުރަން ފަށައިފި

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މިހާރު ކިޔަވަމުން އަންނަނީ ހުޅުމާލެ ފެރީ ޓާރމިނަލް ކައިރީގައި ހުންނަ ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 18 މާރިޗު 2022 | ހުކުރު 15:59
ބާ ޖަމާލުއްދީން - އިލެކްޝަން ކޮމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒު ހިންގަމުން އަންނަ އިމާރާތް

ބާ ޖަމާލުއްދީން - އިލެކްޝަން ކޮމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒު ހިންގަމުން އަންނަ އިމާރާތް

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށް ބައު ޖަމާލުއްދީން އިމާރާތް ހުސްކުރަން ފަށައިފިއެވެ.

އެ އިމާރަތް ބޭނުން ކުރަމުން އައީ އިލެންޝަންސް ކޮމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒުގެ ގޮތުގައެވެ.

Advertisement - newsAdvertisement

ބައު ޖަމާލުއްދީން ހުސްކުރުމަށް އިލެކްޝަން ކޮމިޝަނަށް މުއްދަތު ދީފައިވަނީ ނިމުނު ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް ހުސްކުރަންޖެހޭ ސާމާނު ގިނަ ކަމުންނާއި އިތުރުތަނެއް ނުލިބުމުގެ ސަބަބުން މުއްދަތު އިތުރުވެގެން ދިޔައީ ކަމުގައި އިލެކްޝަން ކޮމިޝަނުން ބުނެއެވެ. އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ރާއްޖެއެމްވީއަށް ވިދާޅުވީ، ބައު ޖަމާލުއްދީން އިމާރާތުގައި މިވަގުތު ހުރިއިލެކްޝަން ކޮމިޝަންގެ ސާމާނު ވަގުތީގޮތުން އަރަބިއްޔާގެ އިމާރާތަށް ބަދަލު ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށާއި، އެ މަސައްކަތް މިހަރު ކުރަމުން އަންނަ ކަމަށެވެ. އިލެކްޝަން ކޮމިޝަންގެ މުދާތައް ބަދަލު ކުރަނީ އަރަބިއްޔާ ސްކޫލްގެ އުތުރު ފަރާތުގައި ހުންނަ އިމާރާތަށެވެ. މުވައްޒިފުންނަށް މިވަގުތަށް މަސައްކަތްކުރާނެ ތަނެއް ނެތްކަމަށާއި، އިލެކްޝަންގެ މައި އޮފީހުން ޖާގަ ހެދުމުގެ މަސައްކަތް މިވަގުތު ކުރަމުން އަންނަ ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި އިތުރު ތަނެއް ހޯދުމުގެ މަސައްކަތްވެސް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ކުރަމުންނެވެ.

ފުއާދު ވިދާޅުވީ، ބައު ޖަމާޅުއްދީންގެ 12 ކްލާސްރޫމެއް އިންތިޚާބާ ބެހޭ މަރުކަޒުގެ ސާމާނު ބެހެއްޓުމަށާއި، މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުން ކުރަމުން އައި ކަމަށެވެެ. އެތަނުގައި 1000ށްވުރެ ގިނަ ވޯޓު ފޮށްޓާއި، ވޯޓު ބޫތުތަކުގެ އިތުރުން ގިނަ އަދަދެއްގެ ލެޕްޓޮޕާއި، އިންތިޚާބުތަކަށް ބޭނުންވާ ސާމާނު ހުންނާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތްތަކުގައި ރެނދުލައި، އިމާރާތް ހަލާކުވެ ދަރިވަރުން އެތަނުގައި ތިމުބަށް ނުރައްކާތެރިކަމަށް ބުނެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމުން، އެތަނުގެ އެސެސްމެންޓްތަކަެއް ހަދައި، އެޑިއުކޭޝަން މިނިސްޓްރީންވަނީ އަރައްބިއްޔާ ސްކޫލް ހުސްކޮށްފައެވެ. އަރަބިއްޔާގެ ދަރިވަރުން މިހާރު ކިޔަވަމުން އަންނަނީ ހުޅުމާލެ ފެރީ ޓާރމިނަލް ކައިރީގަ ހުންނަ ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާ، އެސްކޫލްއަށް އައު އިމާރާތެއް ދެއްވުމަށާ އެއިމާރާތް ބިނާ ކުރެވޭނީ ބާ ޖަމާލުއްދީން ހުންނަ ބިމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިސްރު ސްކޮލަރޝިޕްގެ 12 ފުރުސަތަށް އެދި ހުށައެޅުމަށް ހުޅުވާލައިފި

މިސްރު ސްކޮލަރޝިޕްގެ 12 ފުރުސަތަށް އެދި ހުށައެޅުމަށް ހުޅުވާލައިފި

24 މާރިޗު 2017
ސައުދީ އަރަބިއްޔާގެ އަސްކަރީ މަނަވަރެއް މާލެ ކައިރީ!

ސައުދީ އަރަބިއްޔާގެ އަސްކަރީ މަނަވަރެއް މާލެ ކައިރީ!

10 މާރިޗު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު