Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސްލީގު

ޔުވެންޓަސް ޗެމްޕިއަންސްލީގުން ކަޓައިފި

ވިޔަރެއާލް ކްއާޓަރ ފައިނަލަށް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 17 މާރިޗު 2022 | ބުރާސްފަތި 02:35
ލަނޑު ޖެހުމަށްފަހު ވިޔަރެއާލް ކުޅުންތެރިން އުފާފާޅުކުރަނީ

ލަނޑު ޖެހުމަށްފަހު ވިޔަރެއާލް ކުޅުންތެރިން އުފާފާޅުކުރަނީ

ދެވަނަ ބުރުގެ ދެވަނަ ލެގުގައި ވިޔަރެއާލް އަތުން ބަލިވެ, ޗެމްޕިއަންސްލީގުން ޔުވެންޓަސް ކަޓައިފިއެވެ. ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ވިޔަރެއާލްއިން ކުރި ހޯދީ 3-0 ގެ ބޮޑު ތަފާތަކުންނެވެ. މިއާއެކު ދެ ލެގުން ވިޔަރެއާލް ކުރި ހޯދީ 4-1 ގެ އެގްރިގޭޓުންނެވެ.

މެޗުގައި ވިޔަރެއާލްއިން ތިން ލަނޑު ޖެހީ އިތުވަގުތާއެކު ފަހު ބާރަވަރަކަށް މިނިޓްގެ ތެރޭގައެވެ. ފުރަތަމަ ލަނޑު ޕެނަލްޓީއަކުން ޖެހީ މޮރޭނޯއެވެ. ބަދަލުކުޅުންތެރިއެއްގެ ގޮތުގައި މޮރޭނީ ނިކުމެ ގޯލް ޖެހުމާ ހަމައަށް ވިޔަ ރެއާލްއަށް ޔުވެންޓަސްގެ ގޯލާ އަމާޒުކޮށް ބޯޅައެއް ފޮނުވާ ނުލެވެއެވެ. ދެވަނަ ލަނޑު ޑިފެންޑަރ ޓޮރޭޒް ޖެހީ 85 ވަނަ މިނިޓްގައެވެ. ތިންވަނަ ލަނޑު އިތުރުވަގުތުގައި ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މިމޮޅާއެކު ވިޔަ ރެއާލްއިން ކްއާޓަރ ފައިނަލްގެ ޖާގަ ޔަޤީންކުރީއެވެ. އެކަމަކު މިއީ ދެވަނަ ބުރުން ޔުވެންޓަން ވިދިވިދިގެން ކެޓި ތިންވަނަ ފަހަރެވެ.

މެޗަށްފަހު ޔުވެންޓަސްގެ ކޯޗު އެލެގްރީ ބުނީ 75 ވަނަ މިނިޓާ ހަމައަށް އޭނާގެ ޓީމް ރަނގަޅަށް ކުޅުނު ކަމަށެވެ. ވިޔަރެއާލްގެ 11 ކުޅުންތެރިން މަސައްކަތްކުރީ ޑިފެންސްކޮށްގެން މެޗު އިތުވަގުތަށް ގެންދަންކަމަށް އެލެގްރީ ތުހުމަތު ކުރިއެވެ. ވިޔަރެއާލްގެ ކޯޗު އުނެއި އެމެރީ ބުނީ މެޗަށް ނިކުތީ ގޭމް ޕްލޭނަކާ އެކުކަމަށާއި, ވަގުތު ލިބޭނެކަން ކުރިންވެސް އިނގޭކަމަށެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

ލީގު ތައްޓާ އެކު ޔުވެންޓަސް އަށް ރެކޯޑެއް

22 މެއި 2017
ލީގު ތައްޓާ އެކު ޔުވެންޓަސް އަށް ރެކޯޑެއް
18 މެއި 2017

ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި

18 މެއި 2017
ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި
10 މެއި 2017

ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް

10 މެއި 2017
ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް
04 މެއި 2017

ހިގުއައިންގެ ދެލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް

04 މެއި 2017
ހިގުއައިންގެ ދެލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް
03 މެއި 2017

ޔުވެންޓަސް ކޮޅަށް ގޯލު ޖަހަން ފަސޭހައެއް ނުވާނެ: ފަލްކާއޯ

03 މެއި 2017
ޔުވެންޓަސް ކޮޅަށް ގޯލު ޖަހަން ފަސޭހައެއް ނުވާނެ: ފަލްކާއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު