Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭސީސީގެ އަހަރީ ރިޕޯޓް

މިދިޔަ އަހަރު ކޮރަޕްޝަންގެ 22 މައްސަލައެއް އޭސީސީން ޕީޖީ އޮފީހަށް ފޮނުވި

2021 ވަނަ އަހަރު ތެރޭގައި 588 މައްސަލައެއް ނިންމާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 މާރިޗު 2022 | ހޯމަ 07:30
އޭސީސީން މައުލޫމާތު ދޭ ގޮތުގައި 2021 ވަނަ އަހަރު ތެރޭގައި 588 މައްސަލައެއް ނިންމާފައިވޭ

އޭސީސީން މައުލޫމާތު ދޭ ގޮތުގައި 2021 ވަނަ އަހަރު ތެރޭގައި 588 މައްސަލައެއް ނިންމާފައިވޭ

މިދިޔަ އަހަރު ކޮރަޕްޝަންގެ 22 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހޯމަ ދުވަހު އާންމު ކޮށްފައިވާއިރު، މި ރިޕޯޓުގައި، ކޮމިޝަނުގެ ޤާނޫނީ ޒިންމާތައް އަދާކުރުމަށް 2021 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކާއި، 2021 ވަނަ އަހަރުގައި ކުރެވުނު ޚާއްޞަ މަސައްކަތްތަކުގެ އިތުރުން ކޮމިޝަނަށް ދިމާވި ގޮންޖެހުންތައް ހިމަނާފައިވެއެވެ.

Advertisement - newsAdvertisement

އޭސީސީން މައުލޫމާތު ދޭ ގޮތުގައި 2021 ވަނަ އަހަރު ތެރޭގައި 588 މައްސަލައެއް ނިންމާފައިވާއިރު، ކޮރަޕްޝަނުގެ ޢަމަލެއް އެކުލެވިގެންވާ 22 މައްސަލައެއް ޝަރީޢަތަށް ހުށަހެޅުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. މިއީ ވޭތުވެދިޔަ 5 އަހަރު ދުވަހަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި އަހަރުކަންވެސް އޭސީސީން ފާހަގަކުރެއެވެ.

މީގެއިތުރުން، ވޭތުވެދިޔަ އަހަރު ތެރޭގައި ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގައި ދައުލަތަށް އަނބުރާ ހޯދަންޖެހޭ 2,182,565.78 (ދެ މިލިއަން އެއް ލައްކަ އައްޑިހަ ދެހާސް ފަސްސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ހަތްދިހަ އަށް ލާރި) ދައުލަތަށް އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެކަމަށްވެސް އޭސީސީން މައުލޫމާތު ދެއެވެ.

ހަމައެއާއެކު، މިދިޔަ އަހަރު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރެއްގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާނެ ޕޮލިސީއެއް އެކުލަވާލައި ޢަމަލުކުރަން ފެށިފައިވާކަންވެސް އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިދިޔަ އަހަރު ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ޤާނޫނީ ގޮތުން ހުރި ގޮންޖެހުންތަކާއި، ކޮވިޑް-19 ގެ ސަބަބުން އަދި ތަޙުޤީޤުކުރުމަށް ބޭނުންވާ އެކަށީގެންވާ ވަޞީލަތްތައް ނެތުމުގެ ސަބަބުން ތަޙުޤީޤުކުރުމުގެ ދާއިރާއިންވެސް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު