Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހުށިހެއި ސަރވިސް

"ހުށިހެއި ސަރވިސް" : ކޮންމެ ކަމަކަށްވެސް ހޭވައްލާ ތައްޔާރު

މީހުން އެދޭ ކުދިކުދި ކަންކަމުން ފެށިގެން އެންމެ ބޮޑެތި ކަންކަމުގައި ވެސް ޚިދުމަތް ފޯރުކޮށްދޭ

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު, ރާއްޖެ އެމްވީ | 13 މާރިޗު 2022 | އާދީއްތަ 02:38
ހުށިހެއި ސަރވިސް

ހުށިހެއި ސަރވިސް

ދާދި ފަހުން މާގިނައިން ލޮލުގައި އަޅައިގަތް "ހުށިހެއި ސަރވިސް" އަކީ ސޯޝަލް މީޑިއާގެ މަންސަތަކުން ވަރަށް ވިދާލި ނަމެކެވެ. ފެންނަނީ ކޯމަސް ބަލާލަން ދާ މަންޒަރެވެ. ރަށު ޕިކަޕަށް މުދާއަރުވާ ތަނެވެ. ދަތުރު ފަތުރުގެ ކަންތަކާއި ބޭސްފަރުވާ ހޯދޭނެ މަގެވެ. ދައްކަމުން ދިޔައީ ހިސާބުކިތާބު ބަލަހައްޓައި ދޭނެ ވާހަކައެވެ. ބިލް ދައްކައިދޭނެ ކަމާއި ރޯޑްވާދިނެސް އާއި އިންޝުއަރެންސްގެ ކަންކަންވެސް ކޮށްދޭ ވާހަކައެވެ. ޖުމްލަ ގޮތެއްގައި ނަމަ ހުށިހެއި ސަރވިސްގެ ކިބައިން ކަމަކު ކިޔަން ފަސްނުޖެހޭށޭ ބުނާ ކަހަލައެވެ.

މިވާހަކަތައް އަޑުއިވި ފެނުނު ކަމުގައިވިޔަސް ހަގީގަތް ގަބޫލު ކުރެވޭނީ ތަޖުރިބާއަކަށް ފަހުއޭ ހިތަށް އެރިއެވެ. އޭގެ ދުވަސްކޮޅެއްފަހެވެ. ރައްޓެއްސެއްގެ ގެއަށް ޖައްސާލި ދުވަހަކު ޑެލިވަރީއެއް އައިތަން ފެނުނެވެ. ގެއަށް ބޭނުންވާނެ މުހިއްމު ސާމާނުތަކެއް ފޯރުކޮށްދިނުމަށްފަހު އެބަޔަކު އެނބުރި ދިޔައީ އެކުވެރިޔާއަށްވެސް ސިހުން ގެނުވާފައެވެ. ކުޑަ ވަގުތުކޮޅެއްގެ ފިކުރު ބޮޑުވުމަކަށްފަހު އެކުވެރިޔާ ހޭންފެށީ ކަންވީ ގޮތް އެނގުމުންނެވެ. އެތައް މޭލެއްގެ ދުރުގައި އޮތް ރިސޯޓެއްގައި ހުރި އޭނާގެ ޙަޔާތުގެ ބައިވެރިޔާ އެހެރީ ގެއަށް ބޭނުންވާނެހެން ހީވާ ހުރިހާ ސާމާނެއް އިތުރު ތަކުލީފަކާއި ނުލާ ފޯރުކޮށްދީފައެވެ. އެއީ "ހުށިހެއި ސަރވިސް" މެދުވެރިކޮށް އަބަދުވެސް އެގޭގައި ކަންކުރަމުން އަންނަ ގޮތެވެ.

އަނެއްކާވެސް އެހެން ދުވަހެކެވެ. ޗުއްޓީ ހޭދަކޮށްލަން ރަށަށް އައި ގޭ ކުދިންތަކެއް މަސްދަތުރެއް ނުރޭވިގެން އައްޑޫގެ "ކަޑަ" ކަމުގެ ވާހަކަ ދައްކަނީއެވެ. އެވާހަކަތަކަށް ނިމުން ގެނުވީވެސް މިދެންނެވި "ހުށިހެއި ސަރވިސް" ގެ އަގުހުރި ޚިދުމަތެވެ. އައްޑޫއަކީ "ކަޑަ" ތަނެކޭ ނުބުނެވޭހައި ފުރިހަމަ އެތައް ޚިދުމަތެއް 'ހުށިހެއި' އިން ފޯރުކޮށް ދޭއިރު މިގެނެސްދެވުނީ "ހުށިހެއި ސަރވިސް" ގެ ޚިދުމަތުގެ ތެރެއިން އަދި ޒައްރެއްގެ މިންވަރެވެ. މިއީ އެއަށްވުރެ މާ ޚިދުމަތްތެރި، މާ ހީވާގި ބަޔެކެވެ.

އަބަދުވެސް އަމިއްލަ ވަޒަނުގައި ހުރެގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ދެގޮތެއްނުވެ ސާބިތުވެ ހުންނެވި ސ. ހިތަދޫ ކުދިމާގޭ ޙަސަން ޝާޠިރަކީ "ހުށިހެއި ސަރވިސް" ގެ މޭސްތިރިއާއެވެ. ހުށިހެއި ސަރވިސް އަކީ އޭނާގެ ކިބައިގައިވާ، މީހުންނަށް ހެޔޮފޯރުވުމާއި އެހީވުމުގެ ތެރެއިން، ހެދި ފޯދިގެން އައި ޚިދުމަތެކެވެ.  

ސްކޫލް ދުވަސްވަރުން ފެށިގެންވެސް އަވަށު މީހުންނަށް ސިޓީބިޓީ ލިޔެދީ ކަންކަން ގެންދާނެ ގޮތުގެ ލަފާ އަރުވާ ހަނދާނަކީ މިއަދުވެސް އެހެންމީހުން އޭނާ ފެނުމުން ކޮނޑުގައި އަތްޖަހާލައި ފަޚުރުވެރިކަމާއެކު ބުނެލާ "ސަޅި" ބަހެކެވެ.

ރާއްޖޭގެ އިސްރަށްވެހިންނަށް އެލަވަންސެއް ހަމަޖެހި ބޭންކު އެކައުންޓް ހުޅުވަން ޖެހުނު ދަނޑިވަޅަކީވެސް ހުށިހެއި ސަރވިސް ގެ އެހީތެރިކަން "ﷲއަށްޓަކައި" ގުރުބާން ކުރެވުނު މުހިއްމު ދަނޑިވަޅެކެވެ.

ހުށިހެއި ސަރވިސް ވުޖޫދަށް އައިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު އެ ޚިދުމަތުގެ ބޮޑުބައި ހޭދަކުރަން ޖެހުނީ ކޮވިޑްގެ ނުރައްކާތެރި ދަނޑިވަޅުގެ ތެރޭގައެވެ. އޭރު ތިބެން ޖެހުނީ ލޮކްޑައުންގެ ޙާލަތުގައި ކަމަށްވެފައި އެދުވަސްވަރު ކޮންމެ ބަޔަކުވެސް އެންމެ ގާތް އެކުވެރިއަކަށް ހެދީ "ހުށިހެއި ސަރވިސް" އެވެ. ކަރަންޓީންގައި ތިބެގެން ކާއެއްޗިހި އޯޑަރ ކުރުމާއި އަންނައުނާއި ބޭސްފަދަ ތަކެތި ހޯދުމަށާއި އެނޫންވެސް ޒަރޫރީ އެތައް ބޭނުމެއްގައި "ހުށިހެއި ސަރވިސް" ގެ ރަށު ޕިކަޕު ދުއްވަން ޖެހުނީ ބާރު ސްޕީޑްގައެވެ. އެކަމުގެ ތެރޭ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތި ލުމަށްފަހުވެސް ކޮންމެ ދުވަހަކުވެސް ރޭގަނޑަށް ޚިދުމަތް މެދުކަނޑާލަނީ ކޮންމެވެސް ބަޔަކަށް ހެވެއް ފޯރުކޮށްދެވުނު ކަމުގެ ހިތްހަމަޖެހުމާއެކުކަން ޝާޠިރު ފާހަގަކުރެއްވިއެވެ.

ޝާތިރުގެ "ހުށިހެއި ސަރވިސް" ގެ ބޭނުން އޭނާ ފުރަތަމަ ކުރީ ހަމައެކަނި ރައްޓެހިންގެ "ރިކުއެސްޓް" ތަކަށް ނަމަވެސް މިއަދު މިވަނީ މިޚިދުމަތް ޢާއްމުކޮށް ހުރިހާ އެންމެންނަށް ހުޅުވާލާފައެވެ. "ހުށިހެއި" އަކީ އައްޑޫ ބަހަކަށްވެފައި މިބަހުން ވެސް ދޭހަވާ ފަދައިން ހުރިހާ ޚިދުމަތެއް ދޭ ތަނަކަށް "ހުށިހެއި ސަރވިސް" ވެގެން ދިޔައިރު، ކައިވެނީގެ ވަލީމާއިން ފެށިގެން، ގެސްޓްހައުސްތަކާއި ސިއްޙީ ފަރުވާއާއި މަސްދަތުރުތަކާއެކު، އައްޑޫގެ އެތެރެވަރީގައި އޮތް ޝިޕްވުރެކަށް ދިއުމާއި، ޕިކްނިކުގެ މަންޒިލެއް ޚިޔާރު ކުރުމާއި  އައްޑޫގެ ފަޚުރުކަމަށްވާ އީދިގަލި ކިޅިއާއި ކޯއްޓޭގެ ޤުދްރަތީ ރީތި މަންޒަރު ބަލާލަންވިޔަސް ހުށިހެއި ސަރވިސް ވަރެއް ހަމަ ނެތެވެ.

ހުށިހެއި ސަރވިސްގެ ނަން ބުނުމުން މިއަދު އައްޑޫސިޓީގެ މުވައްސަސާތަކަށް އެއީ  އާނަމަކަށް ނުވާނެއެވެ. ގޯތިގެދޮރުގެ ރަޖިސްޓްރީތަކުގެ ކަންތަކާއި އިންވަކިކުރުމާއި ކޯޓު މަރްޙަލާގެ އެތައް މުޢާމަލާތެއްގައި ހުށިހެއި ސަރވިސްއިން ކޮންމެ ދުވަހަކު ޙަރަކާތްތެރިވެއެވެ. ހަމައެއާއެކު މުވައްސަސާތަކުގެ ކުޅަދާނަކަމާއި ދޯހޮޅިކަންވެސް ކިރާ ވަޒަން ކުރަން މި ސަރވިސްއަށްވުރެން ވަކި ހުށިޔާރު ބަޔަކު ދެން ތިބޭނެހެނެއް ހިޔެއް ނުވެއެވެ. ތަކުރާރުކޮށް އެހާގިނަ އޮޅި ގިރާކުރާ ބައެއްގެ ޙައިސިއްޔަތުންނެވެ.

ޝާތިރު ވިދާޅުވީ ޖުމްލަ ގޮތެއްގައި ހުރިހާ ތަނެއްގައިވެސް ކަން އޮންނަނީ އާދައިގެ މިނެއްގައި ނަމަވެސް ޚިދުމަތް ހޯދަން ދާ މީހާގެ މުޅި ދުވަސް ކިއުގައި މަޑު ކުރަން ނުޖެހޭ ގޮތަށް ކަންކަން ބައްޓަން ވެވިއްޖެ ނަމަ ވަރަށް ބޮޑުތަން ފަސޭހަ ވެގެންދާނެކަމަށެވެ. އަދި ހަމަ އެހެންމެ އެބަޔަކު އެއައި ބޭނުމެއް ފަހިކޮށްދެވޭތޯ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން މަސައްކަތް ކޮށްދިނުމަކީ މީހުންގެ މުހުތާދުތަކަށް އަވަސް ޙައްލެއް ލިބޭނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ހުށިހެއި ސަރވިސް އިން ލިބެންހުރި ޚިދުމަތްތައް އެސަރވިސްގެވެބްސައިޓުންވެސް ބަލާލެވޭނެއެވެ. 24 ގަޑިއިރު ޗެޓް ކުރެވޭ ފީޗަރ އަކާއެކު ވެބްސައިޓް ފަރުމާ ކުރެވިފައިވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ ހުރިހާ ގޮތަކަށް ވިސްނާފައިކަން ފާހަގަކޮށްލެވެއެވެ.

މިއީ އައްޑޫގެ ބިމުން އުފަންވި ޚިދުމަތަކަށްވީ ނަމަވެސް މިއަދު މި ޚިދުމަތް ހޯދަން އެދި ރާއްޖޭގެ އެކި ރަށްރަށުން ގުޅާ ގުޅުމަކީ މި ސަރވިސް ޢާއްމުން ބަލައިގަތްކަމުގެ ހެޔޮ ފާލެކެވެ. އައްޑޫގައި ހުށިހެއި ސަރވިސް އިން ދެވޭ ޚިދުމަތްތައްވެސް ފޯރުކޮށްދެވެނީ އެކަމަކާއި ގުޅުންހުރި އެހެން ފަރާތްތަކާއެކު ވެވޭ އެއްބަސްވުން ތަކެއްގެ ތެރެއިންކަމަށްވެފައި ރާއްޖޭގެ އެހެން ހިސާބުތަކުން ވެސް ހުށިހެއި ސަރވިސް އާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ދޮރުވަނީ ތަންމިނަށް ހުޅުވިފައެވެ. މިހާރުވެސް ޕޯސްޓް ޚިދުމަތްދޭ ބޮޑެތި ކުންފުނިތަކުން ހުށިހެއި ސަރވިސް ބަލައިގެންފައިވާ ފަދައިން މިއީ ތުރާކުނުން ފެށިގެން  އައްޑޫއާއި ދެމެދު ވެވޭ ގިނަ މުޢާމަލާތްތައް ކާމިޔާބުކުރުމުގައި ބޭނުން ހިފިދާނެ މުހިއްމު ވަސީލަތެކެވެ.

ހުށިހެއި ސަރވިސްއައްްޑޫ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު