Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭރިޕޯޓް

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

11 މާރިޗު 2022 | ހުކުރު 13:59

މާލޭގެ އިންޑަސްޓްރިއަލް ޒޯނުން ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދަށް ކުރާ ދަތުރަކީ ގާތްގަނޑަކަށް 12 ކިލޯ މީޓަރު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 11 މާރިޗު 2022 | ހުކުރު 13:59
ޓެކްސީ ޑްރައިވަރުުން ކުރި މުޒާހަރާގެ ތެރެއިން

ޓެކްސީ ޑްރައިވަރުުން ކުރި މުޒާހަރާގެ ތެރެއިން

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ތަކެއްޗާއި ޚިދުމަތުގެ އަގަށް  ބަދަލު އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ތެލުގެ އަގަށް ބަދަލު އައުމާއެކު، އެހެން ބުނެ މަލޭގައި ޓެކްސީތަކުން ނަގާ ފީ އަގު ބޮޑު ކުރުމަށް ޓެކްސީ ޑްރައިވަރުން މި ވަނީ ޑިމާންޑް ކުރަން ފަށާފައެވެ. ޓެކްސީ ޑްރައިވަރުން އަމިއްލަ އަމިއްލަ އަށް މިކަން ނިންމައި ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށައެޅި ނަމަވެސް އަގު ބޮޑު ކުރުމަށް މިނިސްޓްރީން ނިންމާފައެއް ނުވެއެވެ. މިކަމާއި މަޝްވަރާތައްކޮށް ވަކި ގޮތްތަކެއް ނިންމާނެ ކަމަށް މިނިސްޓްރީން ބުނެފައިވާއިރު، ޓެކްސީ ޑްރައިވަރުން މިވަނީ އެމީހުންގެ ޑިމާންޑްތަކާއެކު އިހުތިޖާޖު ފަށާފައެވެ.

ބުރާސްފަތި ދުވަހުގެ މެންދުރުން ފެށިގެން ޓެކްސީ ސެންޓަރުތައް ބަންދުކޮށް ފެށި މި އިހުތިޖާޖުގެ ސަބަބުންވެސް އާންމު ރައްޔިތުންނަށް ވަނީ ދަތި އުނނދަގޫތަކެއް ކުރިމަތިވެފައެވެ. މިގޮތުން ހުޅުމާލެއިން މާލެއަށް ދިޔުމަށް އަރަންޖެހޭ ހައިވޭ 2 ގަޑިއެއްހާއިރަށް އެއްކޮން ބްލޮކްވެ މުޅި ޓްރެފިކް ފްލޯ ހުއްޓުމަކަށް އައިސްފައިވެއެވެ.

ތެލުގެ އަގަށް ބަދަލު އަންނަ ކޮންމެ ފަހަރަކު ޓެކްސީތަކުން ނަގާ ފީގެ އަގު ބޮޑު ކުރުމަށް ޑިމާންޑް ކުރުމަކީ އެމީހުންގެ އާދައެކެވެ. އަގު ބޮޑު ކުރުމަށް ޑިމާންޑް ކުރާއިރު މާލެގައި ދުއްވާ ބައެއް ޓެކްސީތަކަކީ މަގުމަތީގައި ދުއްވަން އެކަށީގެންވާ ހާލަތުގައި ހުންނަ ޓެކްސީ ތަކެއްވެސް ނޫނެވެ. ޓެކްސީ ކުރާ ބައެއް ކާރުތައް ހުންނަނީ މީހުން އަރަންވެސް ބިރު ގަންނަ ދަރަޖައަށް ބާވެފައެވެ. މިހެން މިކަން އޮތް އިރު ކޮންމެ ފަހަރަކު ޓެކްސީ ދަތުރުގެ އަގު ބޮޑު ކުރަން ޑިމާންޑުކޮށް އެމީހުން ބެނުންވާ ގޮތަށް އަގުތައް ނެގުމަށް ޖާގަ ދޭންވީ ސަބަބެއް ނެތެވެ. ސަރުކާރުން އަގު ކަނޑައަޅާފައި އޮތް ނަމަވެސް ބައެއް ޓެކްސީތަކުން އެމީހުން ހިތުހުރި އަގެއް ނަގާކަމުގެ ޝަކުވާވެސް އާންމުން ކުރެއެވެ.

ދެން އޮތީ ތެލުގެ އަގަށް އަންނަ ބަދަލުން ޓެކްސީތަކުން ނެގުމަށް ސަރުކާރުން މިހާރުވެސް ކަނޑައަޅާފައި އޮންނަ އަގުން ގެއްލުން ވާނެތޯ އުފެދޭ ސުވާލެވެ. ހިސާބުތަކަށް ބަލާލުމުން ތެލުގެ އަގަށް އައި ބަދަލާއެކުވެސް ޓެކްސީ ޑްރައިވަރުންނަށް ގެއްލުމެއް ނުވެއެވެ. ޓެކްސީ ޑްރައިވަރުން ކުރާ ޑިމާންޑަކީ އެއްވެސް ބުރަދަނެއް ނެތް ޑިމާންޑްތަކެއްކަން ހިސާބު ޖަހާލުމުން އެނގެއެވެ. މާލޭގެ އިންޑަސްޓްރިއަލް ޒޯނުން ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދަށް ކުރާ ދަތުރަކީ ގާތްގަނޑަކަށް 12 ކިލޯ މީޓަރެވެ. ޓްރެފިކް ފްލޯ ބާރު ބޮޑުވާ ވަގުތުވެސް މި ދަތުރަށް ހޭދަވާނީ ގިނަވެގެން 30 ވަރަކަށް މިނިޓެވެ. އާންމުކޮށް މާލޭގައި ޓެކްސީ ކުރަން ބެނުން ކުރާ ކާރަކުން ތެޔޮ އަނދާނީ 10 ކިލޯ މީޓަރަށް ލީޓަރެއްގެ ރޭޓުންނެވެ. އެހެން ކަމަށްވާނަމަ މާލޭގެ އެންމެ ދެކުނުކޮޅު ކަމުގައިވާ މާލޭގެ އިންޑަސްޓްރިއަލް ޒޯނުން ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓަށް ދަތުރު ކުރުމަށް 2 ލީޓަރުގެ ޕެޓްރޯލްވެސް ނުއަނދާނެއެވެ. މިހެން މިކަން އޮތް އިރު 12 ކިލޯ މީޓަރުގެ ދަތުރަކަށް މިހާރު ނަގާ 90 ރުފިޔާއިން ގެއްލުމެއް ނުވާނެއެވެ.

އެސްޓީއޯއިން މިހާރު ވިއްކާ ތެލުގެ އަގު ހުރީ ލީޓަރަކަށް 14.60 ރުފިޔާއަށެވެ. އަގަށް އައި ބަދަލާއެކު ލީޓަރަކުން ބޮޑުވެފައިވަނީ 1.62 ރުފިޔާއެވެ.

ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުތަކަށް ބަލާއިރު، މާލޭ ސިޓީގެ އެތެރޭގެ ދަތުރަކަށް 30 ރުފިޔާ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ އެތެރޭ ދަތުރަކަށް 25 ރުފިޔާ، ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް 40 ރުފިޔާ ނެގުމަށްވަނީ ނިންމާފައެވެ. އަދި ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް 120 ރުފިޔާ، މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް 100 ރުފިޔާ، އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް 80 ރުފިޔާ، ހުޅުމާލެއިން އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ، މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ އަދި، ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް 120 ރުފިޔާއެވެ. މިއީ ބޮޑު އަގުތަކެކެވެ.   

ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރަން ފަށާފައިވާއިރު ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިހާރު ސަރުކާރުން ކަނޑައަޅާފައި ހުރި އަގުތަކަކީވެސް އެމީހުންނަށް ފައިދާވާނެ އަގުތަކެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކޮށްފައިވާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، މިހާރު މާލެއާއި ހުޅުމާލޭގެ ފޭސް އަކަކާ ދެމެދު ޓެކްސީ ދަތުރު ކުރެވޭނީ 75 ރުފިޔާއަށެވެ. އަދި މާލެއިން އެއާޕޯޓަށް އަދި އެއާޕޯޓުން މާލެއަށް ކުރާ ޓެކްސީ ދަތުރަކަށް އެންމެ ގިނަވެގެން ނެގޭނީ 60 ރުފިޔާއެވެ. ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް 90 ރުފިޔާއެވެ. އަދި ޑިކީއަށް އަރުވާ ދާގީނާ ހިމެނޭހެން، މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް އެންމެ ބޮޑުކޮށް ނެގޭނީ 25 ރުފިޔާއެވެ. ނަމަވެސް ރޭގަނޑު 12:00 އާއި ހެދުނު 06:00 ދެމެދު ކުރާ ދަތުރުތަކުން އިތުރު 5 ރުފިޔާ ނެގިދާނެއެވެ. ސަރުކާރު އަގުތައް މިހެން ހުރި ނަމަވެސް މިހާރުވެސް ގިނަ ޓެކްސީތަކުން އާންމު ގޮތެއްގައި ނަގަމުން އަންނަނީ ބޮޑު އަގެވެ. މިގޮތުން ރިސޯޓެއްގައި މަސައްކަތްކުރާ، އެއާޕޯޓަށް ގިނަގިނައިން ދާންޖެހޭ ޒުވާނަކު ބުނީ އެއާޕޯޓަށް އެންމެ ފަހަރަކުވެސް 60 ރުފިޔާއަށް ދަތުރު ކޮށްދީފައި ނުވާ ކަމުގައެވެ.

ޓެކްސީ ޑްރައިވަރުން ގަވާއިދަށް ބެލުމެއްނެތި ހިތުހުރި އަގެއް ނަގަމުން ދިއުމުގެ އިތުރުން ޓެކްސީތަކަށް ފުރަތަމަ އަރާ އިންނަ މީހާ ނުވަތަ މީހުން ގަބޫލްނުވި ނަމަވެސް ދެވަނަ މީހަކު އެދަތުރުގައި ބައިވެރިކުރުން މީ ވަރަށް ގިނަ ޓެކްސީތަކުން ކުރާކަމެކެވެ. އަދި ޓެކްސީއަށް އަރުވާ ދެފަރާތުންވެސް ނަގަނީ ދަތުރުގެ ފުލް އަގެވެ، މާނައަކީ 25 ރުފިޔާގެ ދަތުރުން އެ ޑްރައިވަރު ފަންސާސް ރުފިޔާ ނަގައެވެ.

ގިނަ ޓެކްސީތަކުން ކަންތައް ކުރާގޮތަށް ބަލާއިރު، އާންމުންނަށް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއް ދިނުމުގެ ބަދަލުގައި އެމީހުންގެ އަމިއްލަ ވަގުތުގައި ޓެކްސީ ކޮށްގެން ކޮންމެ ދުވަހަކު ވަކި ޓާރގެޓެއް ހާސިލްކުރަން މަސައްކަތްކުރެއެވެ. މިއީ ޓެކްސީ ޑްރައިވަރުން އަމިއްލައަށް ބުނާ ވާހަކައެކެވެ. ޓެކްސީ ޑްރައިވަރުންގެ ޑިމާންޑްތައް އަތްފޯރާ ފަށުން މަތީގައި ހުރިއިރު، ޓެކްސީން ދަތުރު ކުރަނީ އާންމު ރައްޔިތުންނެވެ. ޓެކްސީ ދަތުރުގެ އަގު ބޮޑު ކުރި ނަމަވެސް އެމީހުންގެ އާމްދަނީއަށް ބަދަލެއް ނާދެއެވެ. މުސާރައަށް މަސައްކަތްކުރާ މީހުންގެ މުސާރައަށް ބަދަލެއް ނާދެއެވެ. ދުވާލު 8 ގަޑިއިރު މަސައްކަތްކުރާ މީހަކަށް އެންމެ ގިނަވެގެން ދުވާލަކަށް ޖެހެނީ 200 ރުފިޔާއެވެ. އެހެންކަމުން ޓެކްސީ ޑްރައިވަރުންނަށް ދުވާލަކަށް ލިބޭ އާމްދަނީ އަކީ މީގެ އެތައް ގުނައެއް އިތުރު އާމްދަނީ އެއްކަން ހަދާންކުރަން ޖެހެއެވެ.

މިކަންތައް މިހެން އޮތުމުން ޓެކްސީ ޑްރައިވަރުން ޑިމާންޑު ކުރާ ގޮތަށް އަގުތަކަށް ބަދަލު ގެނައުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް އާންމުން ބުނެއެވެ. ތެލުގެ އަގަށް ބަދަލު އަންނަ ކޮންމެ ދަނޑިވަޅެއްގައި ޓެކްސީތަކުގެ އަގު ބޮޑު ކުރުމުން ދަތުރުކުރާ އާންމު ރައްޔިތުން ފައިސާ ހޯދަނީ ކިހިނނެތްތޯ ސުވާލު ކޮށްލުން މުހިންމެވެ. އަދި ޓެކްސީތަކުގައި މިހާރު ހުރި އަގުތައްވެސް މުރަޖާކޮށް އާންމު ރައްޔިތުންނަށްވެސް އަތްފޯރާ ފަށެއްގައި ފަސޭހަ ނިޒާމެއްގެ ތެރެއިން އަގު ކަނޑައެޅިގެން ދިޔުމަކީ މުހިންމު ކަމެކެވެ.

އަގު ބޮޑު ކުރުމަކީ ހައްލެއް ނޫނެވެ. ހުޅުމާލޭ ފޭސް 2ގައި ދިރިއުޅޭ ގިނަ ބަޔަކު ބުނާ ގޮތުގައިވެސް ސަރުކާރުން މިފަހަރު ބޯތިރި ކޮށްގެން ނުވާނެއެވެ. ސަރުކާރުން ވިސްނަން ޖެހޭނީ އާންމު ރައްޔިތުންގެ ފައިދާ އަށެވެ. ޓެކްސީ ޑްރައިވަރުންގެ ފައިދާއަކަށް ނޫނެވެ.   

ޓެކްސީ ޚިދުމަތްޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
18 ނޮވެމްބަރު 2025

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް
18 ނޮވެމްބަރު 2025

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
27 އޮކްޓޯބަރު 2025

މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް

27 އޮކްޓޯބަރު 2025
މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް
10 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

10 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް