Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ޕާޓީގެ އެތެރޭގައި ރޯވި ހުޅުކޮޅު އަދި ނުނިވޭ

ކޮމަންޑޫ ދައިރާގެ ބައި އިލެކްޝަންގައިވެސް ދެ ލީޑަރުން ފެނުނީ ވަރަށް އެކުވެރިކޮށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 9 މާރިޗު 2022 | ބުދަ 11:08
އެމްޑިޕީގެ ގައުމީ މަޖިލިސް

އެމްޑިޕީގެ ގައުމީ މަޖިލިސް

އެމްޑީޕީގެ އެތެރޭގައި އޮތް ސިޔާސީ ކޯޅުމުގެ ވާހަކަ އެކި ފަހަރު އެކި ގޮތަށް ދެކެވެއެވެ. ރައްޔިތުންގެ ޝައުގުވެރިކަން މިކަމަށް ހުއްޓިފައި އޮންނަ މިންވަރުވެސް ބޮޑެވެ. ޕާޓީގެ އެތެރޭގައި އޮތް ޚިޔާލު ތަފާތުވުން އާންމު ރައްޔިތުންނަށް ނުދެއްކުމަށް ޕާޓީގެ ލީޑަރޝިޕުންވެސް މަސައްކަތްތަކެއް ކުރެއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެތެރެއިންނާއި، މެމްބަރުން އެކި ޕްލެޓްފޯމް ތަކުގައި ދައްކާ ވަހަކަތަކުގެ ސަބަބުން މާ ގިނަ ދުވަހަކު އެކަން ސިއްރުކޮށްފައި ބޭއްވެ ގޮތެއް ނުވިއެވެ.

ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ހުންނަވައި ރައީސް ސާލިހަށް އަމާޒުކުރެއްވި ބަހުގެ ހަމަލާތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ރައީސް ސާލިހުގެ އިސްތިއުފާއަށްވެސް ގޮވިއެވެ. ރައީސް ސާލިހާއެކީ ދެން އިތުރަށް ސިޔާސީ މަސައްކަތް ކުރައްވަން ބޭނުންފުޅު ނުވާކަމަށްވެސް އޭރު ރައީސް ނަޝީދު ވިދާޅުވިއެވެ.  

ރައީސް ނަޝީދު އަމާޒު ކުރެއްވި ބަސްފުޅުތަކަށް ރައީސް ސާލިހު ދެއްވީ ވަރަށް ކުރު ސާދާ ޖަވާބެކެވެ. ރައީސް ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހާއި އަދި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީވެސް އެމަނިކުފާނުގެ އަތްޕުޅުގައި އޮތްކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އޭގެ ދުވަސްކޮޅެއް  ފަހުން ރައީސް ނަޝީދު މާލެ ވަޑައިގެން ބަސްމަގު ބަދަލު ކުރެއްވިއެވެ. މިއާއެކު ގިނަބަޔަކަށް ހީވެގެން ދިޔައީ ޕާޓީގެ އެތެރޭގެ އޮތް ކޯޅުންގަނޑު ނިމުމަކަށް އައީ ކަމަށެވެ.

ކޮމަންޑޫ ދައިރާގެ ބައި އިލެކްޝަންގައިވެސް ދެ ލީޑަރުން ފެނުނީ ވަރަށް އެކުވެރިކޮށެވެ. މުޅި ޕާޓީ އެކައްޗެއް ކިޔައިގެން ތެދުވި ތަނެވެ. އެހެން ނަމަވެސް މެމްބަރުންނަށް ކުރިމަތިވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުން އަނެއްކާވެސް ޕާޓީގެ އެތެރެ ހަލަބޮލިވެގެން ހިނގައްޖެއެވެ.

ޗެއަރޕާސަން ކަމަށް ވާދަ ކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ. އިމްތިޔާޒު ފަހުމީއަކީ ރައްޔިތުންގެ މަޖިލިހުގައި ރައީސް ނަޝީދުގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރައްވާ އެއް މެމްބަރެވެ. ފައްޔާޒު އިސްމާއީލަކީ ރައީސް ސާލިހު އެންމެ އިތުބާރު ކުރައްވާ ވަޒީރެވެ.

މި އިންތިޚާބިގެ ވާދަވެރިކަމާއި، ދެ ކެންޑިޑޭޓުންގެ މެދުގައި އޮތް ވާދަވެރިކަން އޮތް މިންވަރު ފެނިގެން ދިޔައީ އަންގާރަ ދުވަހުގެރޭ އޮތް ގައުމީ މަޖިލީހުގެ ޖަލްސާއިންނެވެ.

މި ބައްދަލުވުމުގައި، ފައްޔާޒު އިސްމާއިލަށާއި އިންތިއަށް ތާޢީދުކުރާ ގައުމީ މަޖިލިސް މެމްބަރުންނާއި، މަޖިލިސް މެމްބަރުންވަނީ ބަހުގެ ހޫނު ހަމަލާތައް ދީފައެވެ. އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުތައް ރައްދުކުރިއެވެ. ގައުމީ މަޖިލީހުގެ ޖަލްސާ ތެރެއިން އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތްލާ ހިސާބަށް ކަންތައް ދިޔައެވެ.

ބައްދަލުވުމުގައި ޕާޓީގެ ދެ ލީޑަރުން ބައިވެރިވވަޑައެއް ނުގަންނަވައެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ބޭއްވީ، ކުރިޔަށް އޮތް ޗެއަރޕާރސަން އިންތިޚާބު ބާއްވާނޭ ތާރީޚު ރަމަޟާން މަހާއި ދިމާވާތީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ފަރާތުން މި އިންތިޚާބު ރަމަޟާން މަހުގެ ފަހުގެ ތަރީޚެއްގައި ބޭއްވުމަށް ހުށައެޅުމުން އެކަމަށް ގޮތެއް ނިންމުމަށެވެ. މިއިންތިޚާބުގައި ނުފޫޒާއި ބާރުގެ ބޭނުންކުރަމުންދާ ކަމުގެ ތުހުމަތު ފައްޔާޒަށް އަމާޒު ކުރިއެވެ.  މިއާއެކު ހޫނު ޒުވާބެއް މެމްބަރުންގެ މެދުގައި ދިޔައެވެ. މި ބައްދަލުވުމުގެ އިންތިއަށް ތާއީދު ކުރައްވާ މެމްބަރުން މި ތާރީޚު ލަސްކުރުމާއި ދެކޮޅަށް ވަހަކަދެއްކެވި ނަމަވެސް ފާސްވީ ފައްޔަޒު ހުށައެޅުއްވި ގޮތަށެވެ.

މި ނިންމުމުން، ގައުމީ މަޖިލިހުގެ މެޖޯރިޓީ އޮތް ގޮތްވެސް ވަރަށް ރަގަޅަށް ސާފެވެ. ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުންނާއި، ގައުމީ މަޖިލުހުގެ ގިނަ މެމްބަރުންގެވެސް ތާއީދު ސަރުކާރަށާއި ރައީސް ސާލިހަށް އޮތް ކަން މިކަމުން ދޭހަވެއެވެ. މިއީ ކުރިއަށް އޮތް ރިޔާސީ ރޭހުގައި ރައީސް ސާލިހަށް ކާމިޔަބީ ލިބޭނެ ކަމުގެ ފާލެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ދެން އޮތީ ޗެއާރޕާސަންގެ ގޮނޑީގައި އިށީދެވަޑައިގަންނަވަނީ ކޮން ބޭފުޅެއްތޯ ބެލުމެވެ.

ގައުމީ މަޖިލީހުން ފެނިގެން ދިޔަ މަންޒަރުން ދައްކައިދެނީ ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލްމާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުކުރީގެ ރައީސް، މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު