Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްވިޑެން އިން ނޭޓޯއަށް ވަނުމަށް ދެކޮޅު ހެދުން

ނޭޓޯއަށް ވަނުމަށް އިދިކޮޅުން ގޮވާލުމުން ސްވިޑެންގެ ބޮޑުވަޒީރު ވިދާޅުވީ ނޫނެކޭ

މިދަނޑިވަޅުގައި ނޭޓޯއަށް ގުޅުމަށް މަސައްކަތްކުރަމަކީ ޔޫރަޕު އިތުރަށް ނުރައްކަލުގެ ތެރެއަށް ވައްޓާލުންފަދަ ކަމެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 މާރިޗު 2022 | ބުދަ 05:44
ސްވެޑެންގެ ބޮޑުވަޒީރު މަގްޑަލީނާ އެންޑަރސަން

ސްވެޑެންގެ ބޮޑުވަޒީރު މަގްޑަލީނާ އެންޑަރސަން

ނޯރތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އާއި ގުޅުމަށް ސްވިޑެންގެ އިދިކޮޅު ލީޑަރުން ގޮވާލުމުން އެގައުމުގެ ބޮޑުވަޒީރު މަގްޑަލީނާ އެންޑަރސަން އެކަމަށް ނޫނެކޭ ވިދާޅުވެއްޖެއެވެ.

ރަޝިއާ އާއި ޔޫކްރެއިނާއި ދެމެދު ހަނގުރާމަ ކުރިއަށްދާ މިދަނޑިވަޅުގައި ނޭޓޯއާއި ގުޅުމަށް މަސައްކަތްކުރަމަކީ ޔޫރަޕު އިތުރަށް ނުރައްކަލުގެ ތެރެއަށް ވައްޓާލުންފަދަ ކަމެއްކަމަށް އެންޑަރސަން ވިދާޅުވިއެވެ.

1814 ވަނަ އަހަރުގެ ފަހުން ސްވިޑެން އެއްވެސް ހަނގުރާމައެއްގައި ބައިވެރިވެފައެއް ނުވެއެވެ. އެގައުމުން ގައުމުތަކާއެކު ޚާރިޖީގުޅުން ގާއިމުކުރަނީ ގައުމުތަކާއެކު އަސްކަރީ ގުޅުން ބާއްވަން ނުޖެހޭ ގޮތަށެވެ. ނަމަވެސް މިފަހަކަށް އައިސް ސްވިޑެންއިން ވެސް ނޭޓޯއާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް މަސައްކަތްކުރާތަން ވަނީ ފެނިފައެވެ.

އަސްކަރީ އޮޕަރޭޝަނެއްކަމަށް ބުނެ ރަޝިއާއިން ޔޫކްރެއިނަށް އަރައި އެގައުމުގައި ދެމުންގެންދާ ހަމަލާތަކާއެކު ސްވިޑެން އަދި ފިންލޭންޑްވެސް ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް ގޮވާލާ ގޮވުންތައް ވަނީ އިތުރުވާން ފަށާފައެވެ. ފިންލޭންޑަކީވެސް ސްވިޑެން އާއި އެއްގޮތަށް އެއްފަރާތުގައި އޮންނަން ނިންމާފައިވާ ގައުމެކެވެ.

ސްވިޑެންގެ ބޮޑުވަޒީރު އެންޑަރސަން ވަނީ ސްވިޑެންގެ ވެސް އަދި އުތުރު ޔޫރަޕްގެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ މިހާރު އެގައުމުން ގެންގުޅެމުންދާ ޕޮލިސީތައް ބަދަލުނުކޮށް އެގޮތުގައި ދެމިހުރުން ކަމަށް އެކަމަނާއި އަބަދުވެސް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.

ސްވިޑެން އަދި ފިންލޭންޑް ނޭޓޯ އާއި ގުޅުމަކީ ރަޝިއާއިން ބޭނުންވާ ގޮތެއް ނޫނެވެ. އަދި އެގޮތަށް އެކަން ނުކުރުމަށް ގޮވާލާފައިވާއިރު ނޭޓޯގެ މެމްބަރު ގައުމަކަށްވެއްޖެ ނަމަ ރަޝިއާއިން މަޑުންނޯންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ބޮޑުވަޒީރު އެންޑަރސަން މިގޮތަށް ވިދާޅުވެފައިވާއިރު ސްވިޑެންގެ ދެ ނޫހަކުން ކުރިއަށްގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓެއްގައި އެގައުމުގެ 51 އިންސައްތަ ރައްޔިތުން ވަނީ ނޭޓޯ އާއި ގުޅުމަށް ބޭނުންވާކަމަށް ބުނެފައެވެ. އަދި ނޭޓޯއާއި ގުޅެން އެއްބަސްނުވާކަމަށް ބުނެފައި ވަނީ 27 އިންސައްތަ މީހުންނެވެ. މިއީ އެގައުމުގެ މެޖޯރިޓީ މިފަދަ ކަމަކަށް އެއްބަސްވާކަމަށް ދެއްކި ފުރަތަމަ ވޯޓެވެ.

ޖެނުއަރީ މަހު ނެގި ވޯޓެއްގެ ނަތީޖާއަށް ބަލާއިރު، ނޭޓޯގެ މެމްބަރު ގައުމަކަށްވުމަށް އެއްބަސްވާކަމަށް ބުނެފައި ވަނީ 42 އިންސައްތަ މީހުންނެވެ. އަދި 37 އިންސައްތަ މީހުން ވަނީ ނޭޓޯއާއި ގުޅެން އެއްބަސްނުވާކަމަށް ބުނެފައެވެ.

ނޭޓޯއާއި ގުޅުމާއި ގުޅޭގޮތުން ސްވިޑެންގައި ސިޔާސީ މަޝްވަރާތައް މިހާރު ފަށަން ޖެހޭކަމަށް އެގައުމުގެ އިދިކޮޅު ލީޑަރުން އަންނަނީ ބުނަމުންނެވެ. ވަކިން ހާއްސަކޮށް ފިންލޭންޑް އަދި ސްވިޑެންއަކީ އަސްކަރީ ގޮތުން ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމަށްވެފައި އެގައުމުން މިހާރު ނޭޓޯއާއި ގުޅުމުގެ މަޝްވަރާތައް ކުރަމުންދާއިރު، އެގައުމުން ނޭޓޯއާއި ގުޅިއްޖެ ނަމަ ސްވިޑެންއަށް ވެސް އޭގެ ޕްރެޝަރު ކުރާނެކަން އިދިކޮޅުން ފާހަގަކުރެއެވެ. އަދި މިގޮތަށް ކަން ހިނގުމުގެ ކުރިން ސްވިޑެން އިން ގޮތެއް ނިންމުން ބުއްދިވެރިކަމަށް އިދިކޮޅުން ބުނެއެވެ.

ސްވިޑްން

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2025

ސްވީޑަންގެ ސްކޫލެއްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާ އެއްގައި މަދުވެގެން 10 މީހުން މަރުވެއްޖެ

04 ފެބުރުއަރީ 2025
ސްވީޑަންގެ ސްކޫލެއްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާ އެއްގައި މަދުވެގެން 10 މީހުން މަރުވެއްޖެ
30 ޖެނުއަރީ 2025

ކީރިތި ޤުރުއާން އެންދި މީހާ ސްވިޑްންގައި ބަޑިޖަހާ މަރާލައިފި

30 ޖެނުއަރީ 2025
ކީރިތި ޤުރުއާން އެންދި މީހާ ސްވިޑްންގައި ބަޑިޖަހާ މަރާލައިފި
28 ޖޫން 2023

ސްވިޑްން ސަރުކާރުން ޤުރުއާނަށް އިހާނެތިކޮށް ހިތުމަށް ފުރުސަތު ދިނުމުން، ތުރުކީގެ ރައީސް އެކަން ކުށްވެރިކުރައްވައިފި

28 ޖޫން 2023
ސްވިޑްން ސަރުކާރުން ޤުރުއާނަށް އިހާނެތިކޮށް ހިތުމަށް ފުރުސަތު ދިނުމުން، ތުރުކީގެ ރައީސް އެކަން ކުށްވެރިކުރައްވައިފި
07 އެޕްރީލު 2023

ސްވިޑްން ނޭޓޯއާ ގުޅުމަށް ތުރުކީ އާއި ހަންގޭރީ ދެކޮޅުހަދަނީ ކީއްވެ؟

07 އެޕްރީލު 2023
ސްވިޑްން ނޭޓޯއާ ގުޅުމަށް ތުރުކީ އާއި ހަންގޭރީ ދެކޮޅުހަދަނީ ކީއްވެ؟
25 މާރިޗު 2023

ލުކަކޫ އެނބުރި އަތުވެއްޖެ، ސްވިޑުން ބަލިކުރަން ހެދީ ހެޓްރިކް!

25 މާރިޗު 2023
ލުކަކޫ އެނބުރި އަތުވެއްޖެ، ސްވިޑުން ބަލިކުރަން ހެދީ ހެޓްރިކް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު